Advertisement
ކ. މާލެ
|
30 ޖެނުއަރީ 2017 | ހޯމަ 06:34
ރާއްޖެޓީވީގެ ޒުވާން ނޫސްވެރިޔާ ވިސާމް
ރާއްޖެޓީވީގެ ޒުވާން ނޫސްވެރިޔާ ވިސާމް
މުހައްމަދު ޝަރުހާން
މުހައްމަދު ވިސާމް
ވިސާމްގެ ދެވަނަ ޝަރީއަތުގެ އަޑުއެހުން މާދަމާ!
ވިސާމްގެ މައްޗަށް ކުރިޔަށްގެންދިޔަ އެއް މައްސަލަ ވަނީ ސާބިތުވެފަ
ވިސާމްއާ ދެކޮޅަށް ހެކިބަސްދީފައިވަނީ އެންމެ ފުލުހެއް
ވިސާމްގެ ދިފާއުގައި ތިން މީހަކުވަނީ ހެކިބަސްދީފަ

ފުލުހުންގެ ދައުރަށް ހުރަސް އެޅި ކަމަށް ބުނެ ރާއްޖެޓީވީގެ ނޫސްވެރިޔާ މުހައްމަދު ވިސާމްގެ މައްޗަށް އުފުލާފައިވާ ދައުވާގެ އަޑުއެހުމެއް އަންގާރަ ދުވަހަށް ތާވަލުކޮށްފި އެވެ.

ފުލުހުންގެ ދައުރަށް ހުރަސް އެޅި ކަމަށް ބުނާ މައްސަލައިގައި ވިސާމްގެ މައްޗަށް ދައުވާކޮށް ކުރިޔަށްގެންދާ ޝަރީއަތުގައި އަންގާރަ ދުވަހު އޮންނާނީ ވިސާމާ ދެކޮޅަށް ދައުލަތުން ހުށަހަޅާފައިވާ ވީޑިއޯއާ މެދު ވާހަކަދެއްކުމެވެ. މި ދައުވާއާ ގުޅިގެން އެންމެ ފަހުން ޝަރީއަތެއް ކުރިޔަށްގެންގޮސްފައިވަނީ މި މަހުގެ 18 ވަނަ ދުވަހުއެވެ. އެ ދުވަހު ވިސާމާ ދެކޮޅަށް ފުލުހަކު ވަނީ ހެކިބަސްދީފައެވެ. މީގެ އިތުރުން ވިސާމުގެ ދިފާއުގައި ހުށަހެޅި ތިން މީހެއްގެ ހެކިބަސް ވެސް އެދުވަހު ވަނީ ނަގާފައެވެ.

ވިސާމާ ދެކޮޅަށް އެދުވަހު ހެކިބަސްދިން ސްޕެޝަލިސްޓް އޮޕަރޭޝަންގައި މަސައްކަތްކުރާ ހުސެއިން ފަހުމީ ބުނީ ބުނީ، 2015 ވަނަ އަހަރުގެ މާޗް 25 ވަނަ ދުވަހު މުޒާހަރާކުރި ސަރަަހައްދުން ވިސާމް ހައްޔަރުކުރީ ބަންދުކޮށްފައިވާ ސަރަހައްދަށް ވަންނަން އުޅުމުން ކަމަށެވެ. އެކަން ކުރީ ރާއްޖެޓީވީގެ ކެމެރާމަން އާދަމް ޒަރީރު ހައްޔަރުކުރުމުން، ޒަރީރު ހައްޔަރުކުރީ ކީއްވެތޯ ސުވާލުކުރަމުން ގޮސް ކަމަށް ވެސް އޭނާ ބުންޏެވެ.

ވިސާމުގެ ދިފާއުގައި ހެކި ބަސް ދެމުން ޒަރީރު ބުނީ މުޒާހަރާކުރި ސަރަހައްދު ބެރިކޭޑްޖަހާ ބަންދުކޮށްފައިނުވާ ކަމަށެެވެ. ޒަރީރު ބުނީ އޭނާ ހައްޔަރުކުރަން އުޅުމުން އެކަމާ ވިސާމު ސުވާލުކުރި ކަމަށާއި ހަމަ އެވަގުތު ހަޑިހުތުރު ބަހުން ވިސާމް ހައްޔަރުކުރުމަށް ފުލުހުންގެ ތެރެއިން ބުނި ކަމަށެވެ.

ވިސާމުގެ ދިފާއުގައި ހެކިބަސް ދެމުން މިނިވަން97 ރޭޑިއޯގެ ރިޕޯޓަރު އަހުމަދު އަންވަރު ވެސް ބުނީ އެ ސަރަހައްދު ބެރިކޭޑް ޖަހާ ބަންދުކޮށްފައިނުވާ ކަމަށެވެ. އަދި ޒަރީރު ހައްޔުރުކުރީ ކީއްވެތޯ ސުވާލުކުރުމުން، ހަޑިހުތުރު ބަހުން މުއާމަލާތްކޮށް ވިސާމު ހައްޔަރުކުރި ކަމަށް އޭނާ ވެސް ބުންޏެވެ.

އެމްއެމްއޭ ސަރަހައްދުގައި ކުރި އެ މުޒާހަރާގެ ޖަޑިބެއްގެ ގޮތުގައި ހަރަކާތްތެރިވެވަޑައިގެންނެވި ހެންވޭރު ދުކުނު ދާއިރާގެ މެމްބަރު މުހައްމަދު އަބްދުލް ކަރީމް (ރުކުމާ) ވެސް ހެކި ބަސް ދެމުން ވިދާޅުވީ އެ ސަރަހައްދުގައި ބެރިކޭޑް ޖަހާ ބަންދުކޮށްފައިނުވާ ކަމަށެވެ. އަދި ވިސާމު މަސައްކަޔް ކުރަމުންދިޔައީ ނޫސްވެރިއެއްގެ ހައިސިއްޔަތުން އެތަނުގައި ތިބި އެހެން ނޫސްވެރިން ވެސް ހަރަކާތްތެރިވި ގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ.

ފުލުހުންގެ ދައުރަސް ހުރަސް އެޅުމަސް ގަދަ ހަދައި ނުކިޔަމަންތެރިކަން ދެއްކުމަށް ވިސާމް އެއްވެސް ކަމެއް ކޮށްފައިނުވާ ކަމަށް ތަކުރާރުކޮށް ރުކުމާ ވިދާޅުވި އެވެ.

ވިސާމުގެ މައްޗަށް ގާނޫނު ތަންފީޒްކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްދުގައި ހުރަސް އެޅި ކަމަށް ބުނެވެސް ވަނީ ދައުވާކޮށް ޝަރީއަތްކުރިޔަށް ގެންގޮސް ނިންމާލާފައެވެ. އެ މައްސަލާގައި ވިސާމް 28،800 ރުފިޔާއިން ވަނީ ޖޫރިމައިނާކޮށްފައެވެ. ވިސާމް އަށް އެދުވަހު ހުކުމްކޮށްފައިވާއިރު، ރާއްޖެޓީވީގެ އިތުރު ނޫސްވެރިޔެއްކަމަށްވާ ލީވާން އަލީ ނާސިރުއަށްވެސް ވަނީ އެ ދައުވާގައި ޖޫރިމައިނާކުރަން ހުކުމްކޮށްފައެވެ. ލީވާންވެސް ޖޫރިމައިނާކޮށްފައިވަނީ 28،800 ރިފިޔާއިންނެވެ.

މީގެ އިތުރުން ރާއްޖެޓީވީގެ ކެމަރާމަން އާދަމް ޒަރީރުގެ މައްޗަށް ކޮށްފައިވާ ދައުވާގެ ޝަރީއަތުގައި ހުކުމް ކުރުން ފެބްރުއަރީ 27 ވަނަ ދުވަހަށް ވަނީ ތާވަލުކޮށްފަ އެވެ. އަދި ރާއްޖެޓީވީގެ ސީއޯއޯ ހުސެއިން ފިޔާޒް މޫސާގެ މައްޗަށް ހިންގާ ޝަރީއަތުގެ އަޑުއެހުމެއް ފެބްރުއަރީ ދެވަނަ ދުވަހަށް ވަނީ ތާވަލުކޮށްފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް