Advertisement
ކ. މާލެ
|
30 ޖެނުއަރީ 2017 | ހޯމަ 02:20
އއ. މަތިވެރި ސްކޫލްގައި ހިންގި ހަރަކާތެއްގެ ތެރެއިން: މޫނު ބުރުގާ އަޅައިގެން ސްކޫލަށް އައިސްގެން ނުވާނެކަން އަންގާފައިވަނީ އެ ރަށުގެ ޓީޗަރަކަށް
އއ. މަތިވެރި ސްކޫލްގައި ހިންގި ހަރަކާތެއްގެ ތެރެއިން: މޫނު ބުރުގާ އަޅައިގެން ސްކޫލަށް އައިސްގެން ނުވާނެކަން އަންގާފައިވަނީ އެ ރަށުގެ ޓީޗަރަކަށް
ގޫގުލް
މޫނު ބުރުގާ މަނާ
އިންޒާރު: މޫނު ބުރުގާ އަޅައިގެން ސްކޫލަށް އައިސްގެން ނުވާނެ!
މޫނު ބުރުގާ އަޅައިގެން ސްކޫލަށް އައިސްގެން ނުވާނެ ކަމަށް އެންގީ އެޑިއުކޭޝަން މިނިސްޓްރީން

މޫނު ބުރުގާ އަޅައިގެން ސްކޫލަށް ހާޒިރުވެގެން ނުވާނެ ކަމަށް ސަރުކާރުން ޓީޗަރަކަށް އަންގައިފި ކަމަށް، އެ ޓީޗަރު ބުނެފި އެވެ. 

އެޑިއުކޭޝަން މިނިސްޓްރީން މިގޮތަށް އިންޒާރު ދީފައިވަނީ އއ. މަތިވެރި ސްކޫލްގެ ޓީޗަރެއް ކަމަށްވާ އާއިޝަތު ޝުޒީ އަށެވެ. އޭނާ ވަނީ މިކަން "ރާއްޖެއެމްވީ"އަށް ކަށަވަރު ކޮށްދެއްވާފަ އެވެ.

ޝުޒީ ވިދާޅުވީ މިނިސްޓްރީން މަތިވެރި ސްކޫލަށް ފޮނުވާފައިވާ ލިޔުމެއްގައި ބުނެފައިވަނީ، ކާކުކަން އެނގޭ ގޮތަށް ނޫން ގޮތެއްގައި ސްކޫލަށް ހާޒިރުވެގެން ނުވާނެ ކަމަށެވެ. މި އެންގުމާ ގުޅިގެން، ސްކޫލްގެ ވެރިން އޭނާއަށް އަނގަބަހުން ނަސޭހަތް ވެސް ދެއްވި ކަމަށް ޝުޒީ ވިދާޅުވި އެވެ. 

މި އިންޒާރާ ގުޅިގެން ވަރަށް ބޮޑަށް ކަންބޮޑުވާކަން ފާހަގަ ކުރައްވަމުން ޝުޒީ ވިދާޅުވީ ސައްތައިން ސައްތަ އިސްލާމީ ގައުމެއްގައި މިފަދަ ކަންކަން ހިނގައިގެން ނުވާނެ ކަމަށެވެ. އިންޒާރު ދިން ނަމަވެސް، މޫނު ބުރުގާ އަޅައިގެން ނޫން ގޮތަކަށް ސްކޫލަށް ވަޑައިނުގަންނަވާނެ ކަމަށާއި ސްކޫލުން ވަކިކުރި ނަމަވެސް އެންމެ ރަނގަޅު ކަމަށް އޭނާ ވިދާޅުވި އެވެ.

ޝުޒީއަކީ މަތިވެރި ސްކޫލްގެ ގްރޭޑް އެކަކަށް، ހިސާބު، އިނގިރޭސި، ސޯޝަލް ސްޓަޑީޒް، ސައިންސް އަދި ހެލްތް އެންޑް ޕީއީ ކިޔަވައިދެމުން އަންނަ ޓީޗަރެކެވެ.

މިކަމާ ގުޅިގެން އެޑިއުކޭޝަންގެ ބަހެއް ލިބޭގޮތް ވަނީ ނުވެފަ އެވެ.

މިއަހަރުގެ ދިރާސީ އާ އަހަރު މި ޖެނުއަރީ މަހުގެ އަށް ވަނަ ދުވަހު ފަށާފައިވާއިރު، ބައެއް ސްކޫލްތަކަށް ޓީޗަރުން ހަމަނުވާކަން ވަނީ ފާހަގަ ކުރެވިފަ އެވެ.

ސަރުކާރުގެ ބައެއް އޮފީސްތަކުގެ ފިރިހެން މުވައްޒަފުން ތުނބުޅިއާއި ފަޓްލޫނުގެ ފައިކުރި ކުރުނުކުރެވޭ ގޮތަށް ނުވަތަ ޔުނީފޯމް އަޅަންވީގޮތުގެ އުސޫލްތަކެއް ވަނީ ކަނޑައަޅާފައިވެއެވެ. އެގޮތުން ދާދިފަހުން ވަނީ ތުނބުޅި ދިގުކޮށް އަދި ފަޓްލޫންގެ ފައިކުރި ކުރުކޮށް ހުރި މޯލްޑިވްސް އިމިގްރޭޝަންގެ ބައެއް މުވައްޒަފުން ވަޒީފާއިން ވަކިކޮށްފައި ވެއެވެ.  

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް