ކ. މާލެ
|
3 ސެޕްޓެންބަރ 2018 | ހޯމަ 13:34
2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާއި ގުޅޭ މައުލޫމާތު ފުއާދު ނޫސްވެރިންނާއި ހިއްސާކުރެއްވުމުގެ ތެރެއިން
2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާއި ގުޅޭ މައުލޫމާތު ފުއާދު ނޫސްވެރިންނާއި ހިއްސާކުރެއްވުމުގެ ތެރެއިން
އަޒުމޫން އަހުމަދު
ރިޔާސީ އިންތިޚާބު 2018
ކުރީގެ އިންތިޚާބުތަކުގައި ވޯޓު ލާ މަރުކަޒުތަކަށް ދެ ފޮށި ފޮނުވާފައެއް ނުވާނެ: ފުއާދު
އިލެކްޝަންސް ކޮމިޝަނުގެ މަސައްކަތްތަކާއިމެދު ސުވާލު އުފައްދަވާ
އިލެކްޝަންސް ކޮމިޝަނުން ހެއްކެތްގެ ގޮތުގައި ދައްކަނީ ފެކްސް މެސެޖެއް

މީގެ ކުރިން ބޭއްވި ދެ ރިޔާސީ އިންތިހާބުގައި ވެސް ވޯޓު ލާ މަރުކަޒުތަކަށް ދެ ފޮށި ފޮނުވާފައި ނުވާނެ ކަމަށް ކުރީގެ އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުއާދު ތައުފީޤް ވިދާޅުވެއްޖެއެވެ.

ފުއާދު ތައުފީޤަކީ 2008 ވަނަ އަހަރު ބޭއްވުނު ރިޔާސީ އިންތިޚާބުގެ ކަންކަން ބެލެހެއްޓި އިލެކްޝަންސް ކޮމިޝަނުގައި މަސައްކަތް ކުރެއްވުމުގެ އިތުރުން 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ބޭއްވިއިރު އިލެކްޝަންސް ކޮމިޝަނުގެ ރައީސެވެ.

މި މަހު ބާއްވާ ރިޔާސީ އިންތިހާބުގައި ބައެއް މަރުކަޒުތަކަށް ދެ ފޮށި ފޮނުވާ ގޮތަށް އިލެކްޝަންސް ކޮމިޝަނުން ހަމަޖެއްސުމާއި ގުޅިގެން ފުއާދު ވިދާޅުވެފައިވަނީ މީގެ ކުރިން ރިޔާސީ އިންތިޚާބުތަކުގައި އެކަން އެގޮތަށް ކޮށްފައިވާ ކަމަށް ބުނެ އެކޮމިޝަނުން މިހާރު އަމަލު ކުރަމުންދާ ކަންކަމާއިމެދު ސުވާލު އުފެދޭ ކަމަށެވެ.

ފުއާދު ވިދާޅުވީ މީގެ ކުރިން އޮތް ދެ ރިޔާސީ އިންތިޚާބުގައި ވޯޓް ފޮށި ފޮނުވާފައިވާނީ ދާއިރާގައި ވޯޓްލާ ރައްޔިތުންގެ ނިސްބަތަށް ބަލާފައި ކަމަށެވެ. އެގޮތުން ކުޑަ ދާއިރާއެއް ނަމަ ކުޑަ ވޯޓު ފޮއްޓެއް ފޮނުވާ ކަމަށާއި ބޮޑު ދާއިރާތަކަށް ފޮނުވަނީ ބޮޑު ވޯޓް ފޮށްޓެއް ކަމަށެވެ.

އޭރުގައި އަމަލު ކުރަމުން އައީ 600 މީހުން ވޯޓްލާނަމަ ކުޑަ ފޮއްޓެއް އެ މަރުކަޒަކަށް ފޮނުވާ ގޮތަށް ކަމަށާއި އެއަށްވުރެ ގިނައިން ވޯޓްލާ ނަމަ ފޮނުވަނީ ބޮޑު ފޮށްޓެއް ކަމަށް ފުއާދު ވިދާޅުވިއެވެ. ނަމަވެސް އެއްވެސް މަރުކަޒަކަށް ދެ ފޮށި ފޮނުވާފައިވާ ނުވާނެ ކަމަށް ފުއާދު ވިދާޅުވެއެވެ.

އޭރު އަމަލުކުރި ގޮތަކީ، 600 މީހުން ވޯޓުލާ ނަމަ ކުޑަ ފޮއްޓެއް ފޮނުވަނީ. އެއަށް ވުރެ ގިނަ ނަމަ، ބޮޑު ފޮއްޓެއް ފޮނުވާފައި ވަނީ. އެ ގޮތަށް ބެލިޔަސް އެއް ފޮށި ފުރި، އެ ފޮއްޓަށް ވޯޓު ނޭޅިގެން އުޅެން ޖެހުނު ހަނދާނެއް އަޅުގަނޑު ނުވޭ" ފުއާދު ވިދާޅުވިއެވެ.

ފުއާދު ވިދާޅުވީ ރިޔާސީ އިންތިޚާބާއި ޚިލާފަށް ލޯކަލް ކައުންސިލް އިންތިޚާބުގައި ދެ ވޯޓް ފޮށި ދާއިރާތަކަށް ފޮނުވާފައިވާނެ ކަމަށެވެ. އެގޮތަށް އަމަލުކޮށްފައިވަނީ ލޯކަލް ކައުންސިލު އިންތިޚާބުގައި ވޯޓްލާ ގޮތް ތަފާތުވުމުން ކަމަށް ފުއާދު ވިދާޅުވެފައިވެއެވެ.

އެގޮތުން ލޯކަލް ކައުންސިލު އިންތިޚާބުގައި ރަށު ކައުންސިލާއި އަތޮޅު ކައުންސިލަށް ވަކިން ވޯޓްލާން ޖެހުން ފުއާދު ފާހަގަކުރައްވާފައިވެއެވެ.

އީސީން ބުނި ގޮތުގައި ބައެއް މަރުކަޒުތަކަށް ދެ ފޮށި ފޮނުވަނީ އެއް ފޮށި ފުރިއްޖެ ހާލަތެއްގައި ބޭނުންކުރާށެވެ.

މީގެ ކުރިން ބޭއްވި އިންތިޚާބުތަކުގައި ވެސް ބައެއް މަރުކަޒުތަކަށް ދެ ފޮށި ފޮނުވާކަމަށް ވިދާޅުވެ، ހެއްކެއްގެ ގޮތުގައި ދެއްކެވީ 2013 ގެ އިންތިޚާބުގައި އއ. އަތޮޅު އިލެކްޝަން ޔުނިޓަށް ފޮނުވާފައިވާ ފެކްސް މެސެޖެކެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
3 ސެޕްޓެންބަރ 2018 | ހޯމަ 10:43
ޑިމޮކްރަސީ
E ee vote olhuvaalumuge jareemaa eh