ކ. މާލެ
|
3 ސެޕްޓެންބަރ 2018 | ހޯމަ 14:11
އިންޑިއާގައި ކުރިއަށް ގެންދިޔަ ދޮރުން ދޮރަން ކެމްޕެއިންގެ ތެރެއިން
އިންޑިއާގައި ކުރިއަށް ގެންދިޔަ ދޮރުން ދޮރަން ކެމްޕެއިންގެ ތެރެއިން
ރާއްޖެ އެމްވީ
ރިޔާސީ އިންތިހާބު 2018
އިންޑިއާގައި ދިރިއުޅޭ ދިވެހިންނަން ދިމާވެފައިވާ މައްސަލަތައް ހައްލުކޮށްދޭނަން: ފައިސަލް
ވިސާ ލިބުމަށް ދިމާވެފައިވާ ދަތިތަކަށް ހައްލުކޮށްދެއްވާނެ ކަމަށް ވިދާޅުވި

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ފަރާތުން މި އިންތިހާބުގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހުގެ ރަނިންގ މޭޓް ފައިސަލް ނަސީމް އިންޑިއާއަށް ކުރެއްވި ދެ ދުވަހުގެ ކެމްޕެއިން ދަތުރުފުޅު ނިންމާލެއްވުމަށް ފަހު މާލެ ވަޑައިގެންފިއެވެ.

ފައިސަލް މާލެ ވަޑައިގެން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ އަލަށް އުފައްދާ އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން އިންޑިއާއާއެކު ގާތްގުޅުމެއް އުފައްދައި ދިވެހިންނަން ދިމާވެފައިވާ މައްސަލަތައް ހައްލުކޮށްދޭނެ ކަމަށެވެ. އިންޑިއާގައި ދިރިއުޅޭ ދިވެހިންނަން ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުންތަކަކީ ޑިޕެންޑެންޓް ވިސާ ލިބުމުގައި ދަތިތަކާއި ކުރިމަތިވުމާއި، ބޭސްފަރުވާއަށް ޓްރިވެންޑްރަމްއަށް ދާ ދިވެހިންނަން އާސަންދައިގެ ޚިދުމަތް ނުލިބޭ މައްސަލަ ކަމަށް ފައިސަލް ވިދާޅުވިއެވެ.

އިންޑިއާގެ ޓްރިވެންޑްރަމްގައި ދޮރުން ދޮރަން ކެމްޕެއިންގެ ތެރެއިން ފާހަގަކުރެވުނު މި މައްސަލަތައް ގުޅިފައިވާ ސިޔާސީ ޕާޓިތަކުގެ ވެރިކަމުގައި ހައްލުކޮށްދެއްވާނެ ކަމަށް ފައިސަލް ވިދާޅުވިއެވެ.

މި ދަތުރުފުޅުގައި އެމްޑީޕީގެ ޗެއާޕާސަންގެ ނައިބް އަލީ ނިޔާޒާއި، ޖުމްހޫރީ ޕާޓީގެ ނައިބު ރައީސް ޑރ. އަބްދުﷲ މައުސޫމާއި، މައުމޫން ރިފޯމް މޫވްމެންޓް (އެމްއާރްއެމް) ގެ ފަރާތުން އައިމިނަތު ނާދިރާ ބައިވެރިވަޑައިގެންނެވިރު، އާދީއްތަ ދުވަހުގެ ހަވީރު ޓްރިވެންޑްރަމްގެ ހޮޓެލް ރޫބީ އެރީނާގައި ގުޅުފައިވާ ސިޔާސީ ޕާޓީތަކުގެ ޖަލްސާއެއް ވަނީ ބާއްވާފައެވެ. މި ޖަލްސާގައި ގިނަ އަދަދެއްގެ ދިވެހިން ބައިވެރިކަން ފާހަގަކޮށްލެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް