ކ. މާލެ
|
3 ސެޕްޓެންބަރ 2018 | ހޯމަ 12:22
ޑެނިއަލް ކްރެއިގް އާއި ރޭޗަލް ވައިޒް
ޑެނިއަލް ކްރެއިގް އާއި ރޭޗަލް ވައިޒް
ހިންދުސްތާނީ ޓައިމްސް
ހޮލީވުޑް
ޑެނިއަލް ކްރެއިގް އާއި ރޭޗަލް ވައިޒް ފުރަތަމަ ދަރިފުޅަށް މަރުހަބާ ކިޔައިފި
 
ބަލިވެ އިންކަން ހާމަކޮށްފައިވަނީ މިއަހަރުގެ އެޕްރީލް މަހު
 
މި ދެމީހުންގެ އަލަތު ދަރިފުޅަށް މަރުހަބާ ކިޔާފައިވަނީ މިދިޔަ ހޮނިހިރު ދުވަހު

ހޮލީވުޑްގެ ދެމަފިރިން ކަމަށްވާ ޑެނިއަލް ކްރެއިގް އާއި ރޭޗަލް ވައިޒް އަށް އަންހެން ދަރިއަކު ލިބިއްޖެ އެވެ.

މި ދެމީހުންގެ އަލަތު ދަރިފުޅަށް މަރުހަބާ ކިޔާފައިވަނީ މިދިޔަ ހޮނިހިރު ދުވަހު ކަމަށް ޚަބަރުތައް ބުނެއެވެ.

"ޖޭމްސް ބޮންޑް"ގެ ރޯލް ކުޅޭ އުމުރުން 50 އަހަރުގެ ތަރި ކްރެއިގް  އަދި އޮސްކާ އެވޯޑް ހާސިލްކޮށްފައިވާ އުމުރުން 48 އަހަރުގެ ވައިޒް ބަލިވެ އިންކަން ހާމަކޮށްފައި ވަނީ މި އަހަރުގެ އެޕްރީލް މަހުގެ ތެރޭގައެވެ.

ޒާތީ ދިރިއުޅުން ސިއްރުކޮށްގެން އުޅޭ ކަމަށް ގިނަ ބަޔަކު ފާހަގަކުރާ މި ދެ ތަރިން 2011 ވަނަ އަހަރު ކައިވެނި ކޮށްފައިވާއިރު މި ޖޯޑަށް ކުރީގެ ގުޅުންތަކަށް ވަނީ ކުދިން ލިބިފައެވެ

ކްރެއިގް އާއި އެކްޓަރ ފިއޯނާ ލައުޑޮން އަށް 26 އަހަރުގެ އަންހެން ދަރިއަކު ލިބިފައިވެއެވެ. ވައިޒްއާއި ހޮލީވުޑް ޑައިރެކްޓަރ ޑެރަން އަރޮނޮފްސްކައި އަށް ވަނީ 12 އަހަރުގެ ފިރިހެން ދަރިއަކު ލިބިފައެވެ.

މި ދެރަތިންގެ ފިލްމީ މަސައްކަތްތަކަށް ބަލާއިރު  ކްރެއިގް ދެން ފެނިގެންދާނީ "ބޮންޑް25" އިންނެވެ.

ވައިޒް އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ ރޮމޭންޓިކް ޑްރާމާ "ޑިސްއޮބީޑިއަންސް" އިންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް