ޖަގަހައަށް ގެއްލުންދިން ކަމަށް ބުނެ ހައްޔަރުކޮށް 15 ދުވަހަށް ބަންދުގެ މުއްދަތު ޖަހާއިވާ ގއ. ކޮލަމާފުށީ 18 މީހުންގެ ބަންދުގެ އަމުރު މުރާޖައާ ކޮށްދެއްވުން އެދި ހުށަހަޅައިފިއެވެ.
އެމީހުންގެ ޤާނޫނީ ވަކީލް މަހްފޫޒް ސައީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ މިދިޔަ މަހުގެ 30 ވަނަ ދުވަހު ކޮލަމާފުށިން ހައްޔަރު ކުރި 18 މީހުންގެ ބަންދުގެ އަމުރު މުރާޖައާ ކޮށްދެއްވުން އެދި ގއ ވިލިނގިލި މެޖިސްޓްރޭޓް ކޯޓަށް އާދީއްތަ ދުވަހު ހުށަހަޅާފައިވާ ކަމަށެވެ.
މަހްފޫޒް ވިދާޅުވީ ކޯޓުން ކަނޑައަޅާ ޝަރުތުތަކާއެކު ނަމަވެސް ބަންދުން ދޫކޮށްލުމަށް އެދިފައިވާނެ ކަމަށެވެ.
G.A Kolamaafushin hayyaru kuri 18 meehunge bandhu amuru muraaja’aa kohdhevvun edhi G.A Villingilli magistrate court ah miadhu hushahalhaifin. Courtun kanda’alhaa sharuthu thakaa eku namaves bandhun dhookollumah edhifaivaane.
— Mahfooz Saeed (@MahfuzSayd) September 2, 2018
ޖަގަހައަށް ގެއްލުންދިން ކަމަށް ބުނެ ގއ. ކޮލަމާފުށިން ހައްޔަރު ކުރިމީހުންގެ ބަންދަށް 15 ދުވަހުގެ މުއްދަތު ޖަހާފައިވަނީ ވަކީލުންގެ ހާޒިރުވުމަކާއި ނުލަ އެވެ. އަދި މުއްދަތުގެ މަޖިލީސް ކުރިއަށްގެންގޮސްފައި ވަނީ ސިއްރު މަޖިލީހެއްގެ ގޮތުގަ އެވެ.
ހައްޔަރުކުރި މީހުންގެ މައްޗަށްކޮށްފައި ވަނީ ޓެރަރިޒަމްގެ ތުހުމަތެވެ. ހައްޔަރުކުރި މީހުން ތިބީ ވިލިނގިލި ޕޮލިސް ސްޓޭޝަންގައި ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
ގއ. ވިލިނގިލި މެޖިސްޓްރޭޓް ކޯޓުން ނެރެފައިވާ ކޯޓު އަމުރެއްގައި ބުނެފައި ވަނީ އޯގަސްޓް 29 ވަނަ ދުވަހު ހަވީރު 06:00 ޖަހާކަން ހާއިރު ރަށުތެރޭގައި ހަމަނުޖެހުން ހިންގައި މުދަލަށް ގެއްލުންދީ މާރާމާރީ ހިންގާ މަސައްލައިގައި ބައިވެރިވެފައިވާ ކަމަށް ތުހުމަތު ކުރެވޭތީ މައްސަލައިގައި ހެކިބަސް ދިނުމަށް ތިބޭ މީހުންނަށް ނުފޫޒެއް ފޯރުވާފާނެ ކަމަށް ފެންނާތީ އާއި މުޖުމަތައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ހައްޔަރު ކުރަން ބޭނުންވާ ކަމަށެވެ.
މި މީހުން ހައްޔަރުކުރިއިރު، ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހަށް ހަމަލާ ދޭން މަސައްކަތްކުރި މީހާ އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކަރުބުރިކޮށްލަން ގޮވާލި ޕީޕީއެމްގެ އެކްޓިވިސްޓް ހައްޔަރެއް ނުކުރެ އެވެ.