ކ. މާލެ
|
2 ސެޕްޓެންބަރ 2018 | އާދީއްތަ 14:48
ޕީއެސްއެމްގެ ކުރީގެ އެގްޒެކެޓިވް އެޑިޓަރ، ހަފްސީ އަބްދުﷲ
ޕީއެސްއެމްގެ ކުރީގެ އެގްޒެކެޓިވް އެޑިޓަރ، ހަފްސީ އަބްދުﷲ
ފޭސްބުކް
ޕީއެސްއެމް
ޕީއެސްއެމް ހަރާބުވެ ޕަބްލިކް ބްރޯޑްކާސްޓަރެއްގެ ސިފަ ވަނީ ގެއްލިފައި: ހަފްސީ އަބްދުﷲ
މުޖުތަމައުގެ އާންމު އަހްލާގީ މިންގަނޑު ހިފެހެއްޓުމުގެ ޒިންމާއާ ޕީއެސްއެމްއިން ވަނީ ހިލާފުވެފައި
ޕީއެސްއެމްއިން ޚަބަރުފަތުރަނީ ވަކި ފަރާތަކަށް ބުރަވެ
މުވައްޒަފުންގެ ސިޔާސީ ފިކުރަށްބަލައި އެ މުވައްޒަފުންނާމެދު ތަފާތުކުރޭ

ޕީއެސްއެމް ހަރާބުވެ، ޕަބްލިކް ބްރޮޑްކާސްޓަރެއްގެ ސިފަ ގެއްލިފައިވާ ކަމަށް ބުނެ ޕީއެސްއެމްގެ އެގްޒެކެޓިވް އެޑިޓަރގެ މަގާމުން ހަފްސީ އަބްދުﷲ އިސްތިއުފާދީފިއެވެ.

މިކަން ހާމަކޮށް ހަފްސީ އާންމުކޮށްފައިވާ ބަޔާނުގައި ބުނެފައިވަނީ ހަމަހަމަކަމާއެކު ތެދު ޚަބަރު ފެތުރުމާއި އިޖްތިމާއީ ސިޔާސީ  އަދި އަހުލާގީ ސިފަތައް ކުރިއެރުވުމަށް މަސައްކަތްކުރުމަކީ ދައުލަތުގެ މީޑިއާއިން އަދާކުރަންޖެހޭ އެންމެ އިސް ޒިންމާ ކަމަށާއި ޕީއެސްއެމްގައި މަސައްކަތް ކުރުމުގެ ޝަރަފުވެރިކަމަކީވެސް އެއީ ކަމަށެވެ.

އެހެން ނަމަވެސް މިއަދު ޕީއެސްއެމްއިން ފެނިގެންދަނީ އެމަންޒަރު ނޫން ކަމަށް ހަފްސީގެ ބަޔާނުގައި ބުނެފައިވެއެވެ.

ދައުލަތުގެ މީޑިއާގައި ހޭދަކުރި ދިގު މުއްދަތުގައި މި މިންވަރަށް ދައުލަތުގެ މީޑިއާގެ ހިންގުން ހަރާބުވެގެން ނުދާ ކަމަށާއި ދައުލަތުގެ މީޑިއާ އިން މިހާރު ފަތުރަމުންދާ ޚަބަރުތަކުގައި އެމީޑިއާއިން އަމަލު ކުރަންޖެހޭ މިންގަނޑާ ތައާރަޒު ވާކަމަށް ވެސް ބަޔާނުގައި ބުނެއެވެ.

މުޖުތަމައުގެ އާންމު އަހްލާގީ މިންގަނޑު ހިފެހެއްޓުމުގެ ޒިންމާއާވެސް ހިލާފުވެފައިވާ ކަމަށާއި ޕީއެސްއެމްގެ އިދާރީ ހިންގުމުގައިވެސް އެއްވެސް ވަރެއްގެ އިންސާފުވެރިކަމެއް ނެތް ކަމަށް ހަފްސީ ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

އެގޮތުން މުވައްޒަފުންގެ ސިޔާސީ ފިކުރަށްބަލައި އެ މުވައްޒަފުންނާމެދު ތަފާތުކުރުންތައް ގެންގުޅުމާއި ޚަބަރު ފެތުރުމުގައި ގެންގުޅެންޖެހޭ އަސާސީ އަހުލާގީ އުސޫލުތައް ދޫކޮށްލާފައިވާ ކަމަށް ބުނެފައިވެއެވެ. ޕީއެސްއެމްއިން ވަކި ފަރާތަކަށް ބުރަވެ ޚަބަރު ފެތުރުމާއި ޕަބްލިކް ބްރޮޑްކާސްޓަރެއްގެ ސިފަ ނެތިގެން ގޮސްފައިވާކަމަށްވެސް ފާހަގަކުރެވޭކަމަށް ބަޔާނުގައިވެއެވެ. ޕީއެސްއެމްގައި ހަމަހަމަކަމާއެކު މައުލޫމާތު ފޯރުކޮށްދިނުމަށް މަސައްކަތް ކޮށްދެވޭނެ ޖާގައެއް ނެތް ކަން ހަފްސީ ވަނީ ފާހަގަކޮށްފައެވެ.

ހަފްސީ ވަނީ 13 އަހަރުވަންދެން ދައުލަތުގެ މީޑިއާގައި ވަޒީފާ އަދާކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް
2 ސެޕްޓެންބަރ 2018 | އާދީއްތަ 12:03
ހައްޕަސް
އަދިވެސް ހިއްވަރުދނުމުގެ އިނާމު ދީބަލަ! ލޮލް!
2 ސެޕްޓެންބަރ 2018 | އާދީއްތަ 12:01
ހަޗަސް. ލޮލް!
ޓީވީ އަށް އެތަކެއް ހިދުމަތް ނުލާހިކު ގިނަދުވަސްވަންދެން ކޮށްފައިވާ މީހުންގެ ނަން ހުށައެޅީމާ އެމީސްމީހުންނަށް ނުދީ ހަފްސީ މެންކަހަލަ މީހުންނަށް އެއިނާމު ދިނުމުގެ ނަތީޖާ ، ހިތިނަތީޖާ، ތިހިރަ ފެންނަނީ. އެއްކަލަ ގިނަދުވަހު ހިލޭހިދުމަތް ކޮށްދިންމީހާވެސް މަޑުމަޑުން ފެޔަށް ޖެހިލީ. އިނާމު ދިންމީހުންވެސް (މަރިޔަން ވަހީދާ އާ ހަފުސީ ކަހަލަ ) މީހުންވެސް އެޖެހިލީ ފެޔަށް. ދެން ލަލަލާ އޭ ބުނެވޭނީ ހިޕްހިޕް ހުއްރޭ އާއެކު!