ކ. މާލެ
|
2 ސެޕްޓެންބަރ 2018 | އާދީއްތަ 16:55
ޝެއިޚް އިލްޔާސް ހުސައިން. ގުޅުފައިވާ ޕާޓީތަކުގެ ކެންޑިޑޭޓަށް ތާއީދު ކުރައްވަން ނިންމެވީ އެދެބޭފުޅުންގެ ފަރާތުން ކިބުރުވެރިކަމާއި ބޮޑާކަން ނުފެންނާތީކަމަށް ވިދާޅުވި
ޝެއިޚް އިލްޔާސް ހުސައިން. ގުޅުފައިވާ ޕާޓީތަކުގެ ކެންޑިޑޭޓަށް ތާއީދު ކުރައްވަން ނިންމެވީ އެދެބޭފުޅުންގެ ފަރާތުން ކިބުރުވެރިކަމާއި ބޮޑާކަން ނުފެންނާތީކަމަށް ވިދާޅުވި
ގޫގުލް
ޝެއިޚް އިލްޔާސް
ޝެއިޚް އިލްޔާސްގެ އިންޒާރު އިސްލާމިކް މިނިސްޓަރަށް: އަޅުގަނޑުގެ ދޫ ނުހުޅުވައްޗޭ!
ދައްކާފައި ހުރި ވާހަކަތަކާއި ސިއްރުތައް ހާމަކުރާކަށް ނެތިން
އަޑު އުފުލުމަކީ ކޮންމެ ރައްޔިތަކަށް ލިބިގެންވާ އަސާސީ ހައްގެއް
ތާއީދު ކުރަން ނިންމީ އިބޫ އާއި ފައިސަލްގެ ކިބައިން ކިބުރުވެރިކަމާއި ބޮޑާކަން ނުފެންނާތީ

އިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ޒިޔާދު ބާގިރަށް މަޝްހޫރު ދީނީ އިލްމު ވެރިޔާ އިލްޔާސް ހުސައިން ވަރުގަދަ "އިންޒާރެއް" ދެއްވައިފި އެވެ. 

އައްޑޫ ސިޓީގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އިލްޔާސް ވިދާޅުވީ، 

"އަޅުގަނޑު އިސްލާމިކް މިނިސްޓަރަށް ވިދާޅުވާނީ އަޅުގަނޑުގެ ދޫ ނުހުޅުވައްޗޭ، އަޅުގަނޑުގެ ހުޅުވިއްޖެނަމަ އަޅުގަނޑަށް ހީވަނީ ވަރަށް ދެރަކަންތައް ވެދާނެހެން. އެއީ އަޅުގަނޑުގެ ކައިރީގައި ދައްކާފައިހުރި ވާހަކަތަކާއި އެ ސިއްރުތައް އަޅުގަނޑު ނެތިން ބޭޒާރު ކޮށްލާކަށް،" ޝެއިޚް އިލްޔާސް ވިދާޅުވިއެވެ. 

ކޯލިޝަނުން އައްޑޫގައި ބޭއްވި ޖަލްސާގައި އިލްޔާސް ވިދާޅުވީ މި ސަރުކާރުން އެތަކެއް ކަމެއް ހުށައެޅި ކަމަށާއި އެހެން ނަމަވެސް އެ ކަންތައްތަކަށް ނޫނެކޭ ބުނީ ހައްގުބަސް ނުބުނެ، ޒާތީ މަންފާ އިސްކުރުމުން އަތުވެދާނެ ކޯފާއަކަށް ބިރުވެތި ވުމުން ކަމަށެވެ.  

އަޑު އުފުލުމަކީ ކޮންމެ ރައްޔިތަކަށް ލިބިގެންވާ އަސާސީ ހައްގެއްކަން ފާހަގަކޮށް ޝެއިޚް އިލްޔާސް ވިދާޅުވީ އަނިޔާވެރިކަމާއި ދެކޮޅަށް ތެދުވުމަކީ ދީން  ހުއްދަ ކުރާކަމެއް ކަމަށެވެ. ވެރިޔަކު ހޮވަނީ ރައްޔިތުންކަމަށާއި ވެރިމީހާ ގޯސްކޮށް ކަންތައް ކުރާނަމަ އެކަން ހުއްޓުވުމަށް ތެދުވުމަކީ ރައްޔިތުންގެ މައްޗަށް ލާޒިމު ކަމެއްކަމަށް ވިދާޅުވިއެވެ.  އަދި ވިދާޅުވީ ހައްގު ގެއްލިގެންދާނަމަ ހައްގު ހޯދައި ދިނުމަކީ ގާޒީގެ ވާޖިބެއްކަމަށެވެ. އެހެން ނަމަވެސް މިހާރު ފެންނަނީ ގާޒީން ލައްވާ ބޭނުންވާ ހުރިހާ ހުކުމެއް ކުރުމަށްފަހު ބޭނުން ނެތުމުން އެއްލާލާތަން ކަމަށް ވިދާޅުވިއެވެ.

" ހުކުމް ކުރެއްވުމުގެ ކުރީގައި ކޮންމެ ގާޒީއަކު 100 ފަހަރު ނިސާ ސޫރަތުގެ 105 ވަނަ އާޔަތުން ފެށިގެން 113 ވަނަ އާޔަތުގެ ނިޔަލަށް ކިޔަވާ ވިދާޅުވެ މިއާޔަތް ބާވައިލެއްވުނު ސަބަބުތަކާއި މެދު ވިސްނާލެއްވުމަށް އަޅުގަނޑު ވަސިއްޔަތް ކުރަން. ނަސޭހަތްތެރިވަން. މީހަކު ބުނާ ގޮތަކަށް ނޫން ހުކުމް ކުރާނީ. ﷲ ސުބުހާނަހޫ ވަތައާލާ ބާވައިލެއްވި ގޮތަށް. ހައްގު ގެއްލިގެން އެބަދޭ، އެހެންވެއްޖިއްޔާ ހައްގު ހޯދައިދިނުމަކީ ގާޒީގެ ވާޖިބެއް، އޭރުން ﷲ ގެ ނަސްރާއި މަދަދު ލިބޭނީ. އަޅުގަނޑުމެންނަށް މި ފެންނަނީ އަޅުގަނޑުމެންގެ ގާޒީން ލައްވާ ބޭނުންވާ ހުރިހާ ކަމެއް ކޮށްފަ ބޭނުން ހިފުނީމަ ނަގާފަ ސައްޕެއް ޖަހާފަ ނަގާފަ އެއްލާލާ ތަން. އެއްލާލީމަ ބައެއް ގާޒީން ވިދާޅުވަނީ...ހާދަ އަނިޔާވެރިއޭ." ޝެއިޚް އިލްޔާސް ވިދާޅުވިއެވެ. 

 ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ ރަނިންމޭޓް ފައިސަލް ނަސީމަށް ތާއީދު ކުރައްވަން ނިންމެވީ "އެ ދެ ބޭފުޅުންގެ ފަރާތުން ކިބުރުވެރިކަމާއި ބޮޑާކަން ނުފެންނާތީ" ކަމަށް ވެސް އިލްޔާސް ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
2 ސެޕްޓެންބަރ 2018 | އާދީއްތަ 14:01
ޢެދުރު
Quruan aai sunnathuge dhaleeluthakun vaahaka eh buneemaa eah javaabu dheyn vaaneeves efadha dhaleeleh dhekkumah fahugai noonthoa
2 ސެޕްޓެންބަރ 2018 | އާދީއްތަ 13:00
އިސީ
ތިޔަގޮވަނީ ގުދޯގުދޯ އެކަކައްވެސް ނެތް އަނަކަކަށް އެއްޗެއްކިޔޭކަށްނެތް ހައްތަހާވެސް ބަޣާވާތުގެ މީހުން