ކ. މާލެ
|
2 ސެޕްޓެންބަރ 2018 | އާދީއްތަ 13:24
ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)ގެ ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ
ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)ގެ ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ
މުހައްމަދު ޝަރުހާން
ރިޔާސީ އިންތިހާބު 2018
މެނިފެސްޓޯ ވަރަށް އަވަހަށް އާންމު ކުރާނަން: މާރިޔާ
މެނިފެސްޓޯގެ ކަންކަން ދަނީ ވަރަށް ބާރަށް ކުރެވެމުން
ވަކި ވަކި ޕާޓީތަކުން ވާނީ މެނިފެސްޓޯ ހާމަކޮށްފައި

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ މެނިފެސްޓޯ ވަރަށް އަވަހަށް އާންމު ކުރާނެ ކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)ގެ ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

މާރިޔާ ވިދާޅުވީ، މެނިފެސްޓޯގެ މަސައްކަތްތައް ކުރަމުންދާ ކަމަށާއި ވަރަށް އަވަސް މުއްދަތެއްގެ ތެރޭގައި ފުރިހަމަ މެނިފެސްޓޯއެއް ރައްޔިތުންނަށް އާންމު ކުރައްވާނެ ކަމަށެވެ.

"މެނިފެސްޓޯގައި ހިމެނިފައިވާ ކަންކަން، ކެންޑިޑޭޓް އެކި ރަށްރަށް ވަޑައިގަންނަވާ އެދަނީ އާންމު ކުރައްވަމުން. ލީފްލެޓްތައް، ފޮތްތައް ވަރަށް އަވަހަށް އާންމު ކުރާނަން." މާރިޔާ ވިދާޅުވިއެވެ.

މާރިޔާ ވިދާޅުވީ، ހުރިހާ ޕާޓީއެއްގެ ވަކި ވަކި މެނިފެސްޓޯ ކުރިން އިއުލާނު ކުރެވިފައިވާނެ ކަމަށެވެ.

މިމަހުގެ 23 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބަށް 20 ވަރަކަށް ދުވަހަށް ވެފައިވާއިރު މިހާތަނަށް އެއްވެސް ކެނޑިޑޭޓެއް މެނިފެސްޓޯއެއް އާންމުކޮށްފައެއް ނުވެއެވެ. އިންތިހާބުގައި ވާދަކުރައްވަނީ ޕީޕީއެމްގެ ފަރާތުން ރައީސް އަބްދުﷲ ޔާމީންއެވެ. އަދި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ފަރާތަކުން އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަހުމަދު ފައިރޫޒު
- ކޮމެންޓް