ކ. މާލެ
|
1 ސެޕްޓެންބަރ 2018 | ހޮނިހިރު 19:13
މިނިވަން ޖައްވު ޖަހަގަ ހުޅުވުން
މިނިވަން ޖައްވު ޖަހަގަ ހުޅުވުން
ރާއްޖެ އެމްވީ
ރިޔާސީ އިންތިހާބު 2018
ކޮލަމްބޯގެ މިނިވަން ޖައްވު ޖަގަހައިގައި މިރޭ ޖަލްސާއެއް އޮންނާނެ
މާދާމާ ކެންޑީގައިވެސް ހަރަކާތެއް ބޭއްވުމަށްވަނީ ހަމަޖެހިފައި

ކޮލަމްބޯގެ މިނިވަން ޖައްވު ޖަގަހައިން ކޮންމެ ހަފްތާ ބަންދެއްގައި ބާއްވަމުން އަންނަ ކެމްޕޭން ޖަލްސާތަކުގެ ތެރެއިން މިރޭވެސް ޚާއްސަ ޖަލްސާއެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ކޮންމެ ހަފްތާ ބަންދެއްގައިވެސް މާލެއިން ގުޅިފައިވާ ޕާރޓީތަކުގެ އިސް ސަފުގައި ހަރަކާތްތެރިވާ ފަރާތްތަކާއެކު ބާއްވަމުން އަންނަ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން މިރޭގެ ޖަލްސާގައި ޚާއްސަ މެހެމާނެއްގެ ގޮތުގައި ވާހަކަ ދައްކަވާނީ ރައްޔިތުންގެ މަޖިލީހުގެ އައްޑޫ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަލީ ނިޒާރުއެވެ.

މީގެ އިތުރުން ދިއްދޫ ކައުންސިލްގެ ރައީސް އަލީ ހާޝިމްވެސް މިރޭގެ ޖަލްސާގައި ވާހަކަ ދެއްކެވުމަށްވަނީ ހަމަޖެހިފައެވެ. އަދި ޚާއްސަ މެހެމާނެއްގެ ގޮތުން ނަފާ ނަސީމްވެސް މިރޭގެ ޖަލްސާގައި ވާހަކަ ދެއްކެވުމަށް ހަމަޖެހިފައިވާ ކަމަށް މިކަމުގައި އިސްކޮށް ހަރަކާތްތެރިވަމުން އަންނަ އަހްމަދު ރަމްޒީ މައުލޫމާތު ދެއްވައެވެ.

ރަމްޒީ ވިދާޅުވީ މިރޭ ޖަލްސާ ކުރިއަށްދާ ވަގުތު ރާއްޖެޓީވީގެ އަނބުރުފުޅު ފަންޑު ފޮއްޓަށް އެހީވާން ބޭނުންފުޅުވާ ފަރާތްތަކަށް އެ ފުރުސަތު އޮންނާނެ ކަމަށާއި، ޖަގަހައިގައި ފަންޑު ފޮށި ބަހައްޓާފައި ހުންނާނެ ކަމަށެއެވެ.

އަދި މާދަމާ މިނިވަން ޖައްވު ޖަގަހައިން ކެންޑީގައި ބާއްވާ ހަރަކާތުގައިވެސް ރާއްޖެޓީވީގެ އަބުރުފުޅު ފަންޑު ފޮށި ބެހެއްޓިފައި ހުންނާނެ ކަމަށް ރަމްޒީ ވިދާޅުވިއެވެ.

ގިނަ ދިވެހިންތަކެއް ކޮލަމްބޯގައި ދިރިއުޅެމުން އަންނާތީވެ، ގުޅިފައިވާ ޕާރޓީތަކުގެ ކެމްޕޭންގެ ކުލަގަދަ ހަރަކާތްތައް ކޮލަމްބޯގައި އަންނަނީ ބާއްވަމުންނެވެ. އެގޮތުން ގުޅިފައިވާ ޕާރޓީތަކުގެ ރިޔާސީ ކެންޑިޑޭޓް މިދިޔަ ހަފްތާގައި ކޮލަމްބޯއަށް ވަޑައިގެން ކޮލަމްބޯގައި ދިރިއުޅުއްވާ ރައްޔިތުންނާއި ވަނީ ބައްދަލުކުރައްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް