ކ. މާލެ
|
1 ސެޕްޓެންބަރ 2018 | ހޮނިހިރު 11:54
އެމްޑީޕީގެ މަންތިރި ޖަގަހައިގެ ބިއްލޫރިގަނޑު ތަޅާލާފައި
އެމްޑީޕީގެ މަންތިރި ޖަގަހައިގެ ބިއްލޫރިގަނޑު ތަޅާލާފައި
މުހައްމަދު ޝަރުހާން
ހޯރަފުށި
ހޯރަފުށީގައި އެމްޑީޕީގެ ޖަގަހައަކަށް ގެއްލުން ދީފި
ހަމަލާ ދީފައި ވަނީ އެޅިގަލަކުން

ހއ. ހޯރަފުށި އެމްޑީޕީގެ ޖަގަހައިގެ ބިއްލޫރިގަނޑު ތަޅާލައިފިއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ހޯރަފުށީ ކައުންސިލަރު އަހުމަދު އިމްދާހް ވިދާޅުވީ ކޯލިޝަންގެ ކެންޕޭންގެ މަސައްކަތްތައް ހުކުރު ދުވަހުގެ ރޭ ވަރަށް މެންދަން ވަންދެން ކުރިއަށް ގެންދިޔަ ކަމަށާއި، މަސައްކަތް ނިންމުމަށް ފަހު ޕާޓީގެ މެންބަރުން ގެއަށް ދިޔައީ 2:30 ހާއިރު ކަމަށެވެ.

އިމްދާހް ވިދާޅުވީ "މަންތިރި" ޖަގަހައިގެ ބިއްލޫރިގަނޑު ތަޅާލައި ގެއްލުންދީފައި ވަނީ 3:30 އާއި 4:30 އާ ދެމެދުގެ ވަގުތެއްގައި ކަމަށް ބެލެވޭ ކަމަށާއި، މިއަމަލު ހިންގާފައިވަނީ ޖަގަހައިން މީހުން ހުސްވި ވަގުތު ބެލުމަށް ފަހު ކަމަށެވެ. ޖަގަހައިގެ ދެ ފަޅީގެ ބިއްލޫރިގަނޑު ތަޅާލާފައި ވަނީ އެޅިގަލަކުން ހަމަލާ ދީގެން ކަމަށް އޭނާ ވިދާޅުވިއެވެ.

އެމްޑީޕީ ޖަގަހައިގެ ބިއްލޫރިގަނޑު ތަޅާލާފައި 

އިމްދާހް ވިދާޅުވީ ބިއްލޫރިގަނޑު އެ ޖަގަހައަކީ ކެންޕޭންގެ ހުރިހާ މަސައްކަތެއް ކުރަމުން އަންނަ ޖަގަހަ ކަމަށާއި، މިއީ ގުޅިފައިވާ ޕާޓީތަކަށް ތާއީދުކުރާ މީހުންނަށް ބިރު ދެއްކުމަށް ހިންގާ އަމަލުތަކެއް ކަމަށެވެ.

"ޕީޕީއެމްގެ ޖަގަހައަކަށް ޕީޕީއެމްގެ ދިދައެއް ނުނައްޓާ. މިކަހަލަ މައްސަލަ އެ މީހުންނަކަށް ނުވޭ. އަބަދު ވެސް ކޯލިޝަނަށް މިކަހަލަ ކަންކަން މި ދިމާވަނީ. ދެން ވިސްނާ ބަޔަކަށް މިވާ ގޮތް އެނގޭނެ. ވަރަށް ފަހުން ގާސިމް އިބްރާހިމްގެ އަނބިކަބަލުން ދިރިއުޅުއްވި ގެއަށް ކަޅުތެޔޮ ޖެހީ ވެސް،" އިމްދާހް ވިދާޅުވިއެވެ.

އިމްދާހް ވިދާޅުވީ މިހާރު މިމައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށާއި، މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމުގެ މައުލޫމާތު ލިބޭ ކަމަށެވެ. ދާދި އަވަހަށް މި ލިބޭ ގެއްލުންތަކަށް އިންސާފު ލިބޭނެ ކަމަށް އުންމީދު ކުރާ ކަމަށް އިމްދާހް ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް