ކ. މާލެ
|
31 އޯގަސްޓް 2018 | ހުކުރު 23:11
އެމްޑީޕީގެ ޗެއަރޕާސަން ހަސަން ލަތީފް
އެމްޑީޕީގެ ޗެއަރޕާސަން ހަސަން ލަތީފް
ރާއްޖެއެމްވީ
ރިޔާސީ އިންތިހާބު 2018
އިބޫގެ ވެރިކަމެއްގައި އަންނަ ބަންޑާރަނައިބު ރައީސް ޔާމީންގެ މައްސަލަ ބަލާނެ
އެމްޑީޕީގެ ޤައުމީ މަޖިލީހުން ވައްކަމުގެ ފާއިސާ ހޯދުމުގެ ޒިންމާވަނީ ހަވާލުކޮށްފައި

ރައީސް ޔާމީންގެ ސަރުކާރުން ވަގަށް ނަގާފައިވާކަމަށް ތުހުމަތުކުރެވޭ ފައިސާ އިބޫގެ ވެރިކަމެއްގައި އައްޔަންކުރައްވާ ބަންޑާރަނައިބު ހޯއްދަވާނެ ކަމަށް އެމްޑީޕީގެ ޗެއަރޕާސަން ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

ގދ. އަތޮޅަށް އިބޫ ކުރައްވަމުން ގެންދަވާ ކެމްޕެއިން ދަތުރުފުޅުގައި ފިޔޯރީގެ ރައްޔިތުންނާއި ވާހަކަފުޅު ދައްކަވަމުން އެމްޑީޕީގެ ޗެއަރޕާސަން ހަސަން ލަތީފް ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިޙް (އިބޫ)ގެ ފުރަތަމަ ދުވަހުގެ މަސައްކަތަކަށް ވާނީ މި ފައިސާ ހޯދުމުގެ މަސައްކަތް ކުރެއްވުން ކަމަށާއި، ގުޅިފައިވާ ޕާޓީތަކުގެ ސަރުކާރެއްގައި ބަންޑާރަނައިބު އައްޔަން ކުރައްވާ ހިސާބުން އެ މަސައްކަތް ފެށިގެންދާނެ ކަމަށެއެވެ.

އިތުރަށް ވާހަކަފުޅު ދައްކަވަމުން ހަސަން ލަތީފް ވިދާޅުވީ އެމްޑީޕީގެ ޤައުމީ މަޖިލީހުން ރައީސް ޔާމީންގެ ސަރުކާރުން ވައްކަމުގެ ތެރެއިން ހޯދާފައި ހުރި ފާއިސާ އަދި ފޮރުވާފައި ނޫނީ ގެއްލުވާލާފައި ހުރި ފައިސާތަށް ހޯދުމުގެ މަސައްކަތް ކުރާނެ ފަރާތެއް ހޯދުމުގެ ޒިންމާ އޭނާ އާއި ހަވާލުކޮށްފައިވާ ކަމަށާއި، ގުޅިފައިވާ ޕާޓީތަކުގެ ވެރިކަމެއްގައި އައްޔަންކުރައްވާ ބަންޑާރަނައިބަކާއި އެ މަސައްކަތް ހަވާލުކުރައްވާނެ ކަމަށެވެ.

އަދި އެފާއިސާ ހޯދައިދޭނެ ކަމުގެ ޔަޤީންކަން ރައްޔިތުންނަށް ދޭ ކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ.

ހަސަލް ލަތީފް ވިދާޅުވީ ރައީސް ޔާމީން ވަގަށް ނަގާފައިވާކަމަށް ތުހުމަތުކުރެވޭ ފައިސާ ވީ ތަންތަނުގެ މައުލޫމާތު ދެއްވާނެ ބޭފުޅުން އެބަތިއްބެވި ކަމަށެވެ.

"އެގިވަޑައިގަންނަވާނެ މި ފައިސާ ގެއްލުވާލާފައި ހުރީ، ހަމައެކަނި ރައީސް ޔާމީނެއް ނޫން. ރާއްޖޭން ބޭރުގެ އެތައް ފަރާތްތަކާއި ގުޅިގެން ކުރައްވާފައި ހުރި ކަންކަން ހުރި. އެ ފައިސާ ހޯދުމުގެ މަސައްކަތް އަޅުގަނޑުމެން ކުރާނަން. އެ ފައިސާއަކީ ދިވެހި ރައްޔިތުންގެ ފައިސާ. މި ދެންނެވީ ނަރުދަމާ، ހަތަރުހާސް އަށްޑިހަ ކްލާސް ރޫމް. މި ދެންނެވީ ދުއިސައްތަ ހަތަރު ކިލޯމީޓަރގެ މަގު، މި ދެންނެވީ ތޭރަހާސް ފައްސަތޭކަ މީހުންގެ ހައްޖުދަތުރު، މި ދެންނެވި  218 މިސްކިތުގެ ފައިސާ،" ހަސަން ލަތީފް ވިދާޅުވިއެވެ.

އެމްއެމްޕިއާރްސީއާއި ޚިޔާނާތުގެ އެހެން މައްސަލަތަކުގެ ތެރެއަށް ގެއްލުނު ފައިސާ ހޯދުމުގެ މަސައްކަތް ހަސަން ލަތީފްއާއި ހަވާލުކުރީ ނިމިދިޔަ ހަފްތާގައި ބޭއްވި އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ޖަލްސާއިންނެވެ.    
 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ގަޑިއިރު ކުރި
ރިވިއު ކުރީ: މިއުވާން މުހައްމަދު
- ކޮމެންޓް
1 ސެޕްޓެންބަރ 2018 | ހޮނިހިރު 09:31
މަރީ
ގާނޫން އަސާސީއާއި ހިލާފްއަށް ހިްނގިހުރިހާ ކަމެއް ބެލުން. ރައްޔިތުންގެ މަޖްލިސް ގާނޫނުއަސާސީއާއި ހިލާފްއަށް މަސައްކަތްކުރާއިރު އެތަން ބަލަންހުރުން. އިންސާފްން ބޭރުވާއިރު ވެސް އެކަން ބަލާފިޔަވަޅު ނާޅާހިރުން.