ކ. މާލެ
|
31 އޯގަސްޓް 2018 | ހުކުރު 22:51
ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓް އިބޫ ތިނަދޫއަށް ވަޑައިގެންނެވުމުން ގިނަ ބަޔަކު ރަށުގެ ބަނދަރު ސަރަހައްދަށް ޖަމާވެފައި
ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓް އިބޫ ތިނަދޫއަށް ވަޑައިގެންނެވުމުން ގިނަ ބަޔަކު ރަށުގެ ބަނދަރު ސަރަހައްދަށް ޖަމާވެފައި
މުހައްމަދު ޝަރުހާން
ރިޔާސީ އިންތިހާބު 2018
އެތައް ބަޔަކު ނުކުމެ، ތިނަދޫއިން އިބޫއަށް އޮތް ތާއިދު ދައްކާލައިފި
ވާރޭ ވެހުނު ވަގުތު ވެސް ކިއުގައި ތިބި މީހުން ދުރަށް ނުދޭ
އިބޫގެ ދަތުރުގައި ޕާޓީތަކުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަންނަވާ

ހުވަދު އަތޮޅުގެ އެންމެ އާބާދީ ބޮޑު ރަށް، ގދ. ތިނަދޫއިން ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)އަށް ހޫނު މަރުހަބާއެއް ކިޔައިފިއެވެ.

ހުކުރު ދުވަހުގެ ހަވީރު އިބޫ ތިނަދޫއަށް ވަޑައިގެންންނެވި ވަގުތު އެމަނިކުފާނުގެ އިސްތިގުބާލުގައި ގިނަ އަދަދެއްގެ ބަޔަކު ބަނދަރު ސަރަހައްދަށް ޖަމާވެފައި ތިއްބެވިއެވެ. އިބޫއާ ސަލާމް ކުރަން ތިބި މީހުން ގިނަވެ، ކިޔު ހަދާފައި ތިއްބާ ވާރޭވެހެން ފެށުމުން ވެސް ބަނދަރު ސަރަހައްދަށް ޖަމާވެފައި ތިބި މީހުން ދުރަށް ނުގޮސް، އެމަނިކުފާނުގެ އިސްތިގުބާލުގައި މަޑުކޮށްގެން ތިއްބެވެ.

ބާރަ ހާހަށް ވުރެ ގިނަ މީހުން ދިރިއުޅޭ ތިނަދޫއަކީ އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީއަށް ތާއިދު ބޮޑު ރަށެކެވެ. މިހާތަނަށް ބޭއްވި ދެ ރިޔާސީ އިންތިހާބުގައި ވެސް އެމްޑީޕީން ވަނީ އެ ރަށުން ބޮޑު އަގުލަބިއްޔަތެއް ހޯދާފައެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ގަޑިއިރު ކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް