ކ. މާލެ
|
31 އޯގަސްޓް 2018 | ހުކުރު 15:52
އިބޫ ވާދޫ އެމްޑީޕީ ހަރުގޭގައި ވާހަަކަފުޅު ދައްކަވަނީ--
އިބޫ ވާދޫ އެމްޑީޕީ ހަރުގޭގައި ވާހަަކަފުޅު ދައްކަވަނީ--
ރާއްޖެ އެމްވީ
ރިޔާސީ އިންތިހާބު 2018
ޖަޒުބާތުގައި ނުޖެހުމަށް ސަޕޯޓަރުންނަށް އިބޫ އިލްތިމާސް ކުރައްވައިފި
ވިސްނުންތެރިކަމާ އެކު މަސައްކަތްކުރުމަށް ވަނީ އެދިވަޑައިގެންފައި
ހުވަދޫއަކީ އާދަޔާ ހިލާފު އަތޮޅެއް ކަމަށް ވިދާޅުވި
ހުވަދޫ ދަތުރުފުޅު ފެއްޓެވީ ވަދޫއިން

ގުޅިފައިވާ ޕާޓީތަކުގެ ސަޕޯޓަރުން ޖަޒުބާތުގައި ޖެހިގެން އެއްވެސް ކަމެއް ނުކުރުމަށް ކޯލިޝަންގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އިލްތިމާސް ކުރައްވައިފިއެވެ.

ހުވަދޫ އަތޮޅަށް ފެއްޓެވި ދަތުރުފުޅުގައި ވާދޫގައި ވާހަކަފުޅު ދައްކަވަމުން އިބޫ އެގޮތަށް އިލްތިމާސް ކުރެއްވީ ގއ. ކޮލަމާފުށީގައި މިދިޔަ ބުދަ ދުވަހުގެ ހަވީރު ގުޅިފައިވާ ޕާޓީތަކުގެ ސަޕޯޓަރުންނާއި ޕީޕީއެމްގެ މެމްބަރުންނާ ދެމެދު ހަމަނުޖެހުމެއް ހިންގާފައި ވަނިކޮށެވެ.

ވާދޫ އެމްޑީޕީ ހަރުގޭގައި ވާހަަކަފުޅު ދައްކަވަމުން އިބޫ ވިދާޅުވީ ޕާޓީތަކުން މަސައްކަތް ކުރަންޖެހޭނީ ވިސްނުންތެރިކަމާއި ހިކުމަތްތެރިކަމާ އެކުގައި ކަމަށެވެ. ސަޕޯޓަރުން މަސައްކަތް ކުރަންޖެހޭނީ ވޯޓު ހޯދައި ޕާޓީތަކަށް ތާއިދު ހޯއްދެވުމަށް ކަމަށް އިބޫ ވިދާޅުވިއެވެ.

ގދ. ވާދޫގައި އިބޫ: އެމަނިކުފާނު ވިދާޅުވީ ހުވަދޫއަކީ އާދަޔާ ހިލާފު އަތޮޅެއް ކަމަށް-- ފޮޓޯ/ ޙުސައިން ޙަަސަން

ހުވަދޫއަކީ ރާއްޖޭގެ އެންމެ ބޮޑު އަތޮޅުކަން ފާހަގަކުރައްވައި އިބޫ ވިދާޅުވީ ހުވަދޫ އަތޮޅަކީ އާދަޔާ ހިލާފު އަތޮޅެއް ކަމަށެވެ. އެ އަތޮޅުގައި އެކަނިވެސް ރާއްޖޭގެ 20 ޕަސެންޓް ރަށް ހިމެނޭ ކަމަށް އިބޫ ފާހަގަ ކުރެއްވިއެވެ.

އިބޫ ފާހަގަ ކުރެއްވި ގޮތަށް ހުވަދު އަތޮޅަކީ ރާއްޖޭގެ އެންމެ ގިނަ ފަޅުރަށްތައް ހިމެނޭ އަތޮޅެވެ. އެ އަތޮޅުގައި އެކަނި ވެސް 200 އެއްހާ ފަޅުރަށް ހިމެނެއެވެ. ޓުއަރިސްޓް ރިސޯޓްތަކާ އެކު، ފަތުރުވެރިކަން ހުވަދޫއަށް ފުޅާވަމުންދާތީ، އިބޫ ވިދާޅުވީ ޖަޒީރާ ރަށްތަކުގެ ބޭނުން ކުރެވޭނެ ގޮތް އެމަނިކުފާނުގެ ވެރިކަމެއްގައި ހައްދަވާނެ ކަމަށެވެ.

އިބޫ ހުވަދޫ އަތޮޅުތަކަށް ކުރައްވާ ދަތުރުފުޅުގައި މެންދުރު ފަހު ވަޑައިގަންނަވާނީ ފަރެސްމާތޮޑާއަށެވެ. އެ އަށް ފަހު ފިޔޯރީއަށާއި ތިނަދޫއަށް ވެސް އެމަނިކުފާނު ހުކުރު ދުވަހު ވަޑައިގަންނަވާނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ގަޑިއިރު ކުރި
ރިވިއު ކުރީ: އަހުމަދު ފައިރޫޒު
- ކޮމެންޓް
31 އޯގަސްޓް 2018 | ހުކުރު 11:38
Naube
200falhu rah huvadhoo atoll ga ekani Can't believe....