ކ. މާލެ
|
31 އޯގަސްޓް 2018 | ހުކުރު 00:30
ދަރަވްނދޫގައި ބޭއްވި ޖަލްސާގައި ފައިސަލް ނަސީމް
ދަރަވްނދޫގައި ބޭއްވި ޖަލްސާގައި ފައިސަލް ނަސީމް
ރާއްޖެއެމްވީ
ރިޔާސީ އިންތިހާބު 2018
ފަސް މިނެޓްގެ އުފަލަށް 40 މިލިއަން ރުފިޔާ އަންދާލުމަކީ ދިން މެސެޖެއް: ފައިސަލް
ބްރިޖު ހުޅުވަން 40 މިލިއަން ރުފިޔާ ހަރަދު ކުރުމަކީ އިސްރާފެއް
ތަރައްގީ ގެންނަން ޖެހޭނީ ދެފުށް ފެންނަ ގޮތަށް

ބްރިޖު ހުޅުވަމުގެ ރަސްމިޔާތަގައި ފަސް މިނެޓްގެ އުފަލަކަށްޓަކައި 40 މިލިއަން ރުފިޔާ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ޙަރަދު ކުރުމަކީ ދިވެހި ރައްޔިތުންނަން ދިން މެސެޖެއް ކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން މި އިންތިހާބުގައި ވާދަކުރައްވާ އެމްޑީޕީގެ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހުގެ ރަނިންގމޭޓް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހުގެ ރޭ ބ އަތޮޅު ދަރަވަންދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ފައިސަލް ވިދާޅުވީ ފަސް މިނެޓްގެ އުފަލަކަށްޓަކައި ރައީސް ޔާމީންގެ ސަރުކާރުން 46 މިލިއަން ރުފިޔާ ހަރަދުކޮށްލުމުން ދޭހަވަނީ ބޮޑު ޙަރަދުކޮށްގެން ވެސް ސަރުކާރުން ކުރާނީ ސަރުކާރުން ބޭނުންވާ ކަންކަން ކަމަށެވެ. އަދި ބުރިޖް ހުޅުވުމަށް އެހާ ބޮޑު އަދަދެއް ހޭދަކުރުމާއި ގުޅިގެން އެކަމަށް އަލި އަޅުވާލާ ވާހަކަފުޅު ދައްކަވަމުން ފައިސަލް ވިދާޅުވީ މިއަދު ވެސް ބ އަތޮޅު ފެހެންދޫގެ ކުޑަކުދިން ތައުލީމް ހާސިލް ކުރުމުގެ ގޮތުން ކުޑަ ލޯންޗެއްގައި ކަނޑު ހުރަސްކޮށް ޖެހިގެން އޮންނަ ރަށައް ދާން ޖެހިފައިވާ ކަމަށެވެ.

މިފަދަ އެތަށް ކަމެއް ރައްޖޭގެ ރަށްތަކުގެ ރައްޔިތުން ބޭނުންވާއިރު، ފަސްމިނެޓްގެ އުފަލަކަށްޓަކައި 40 މިލިއަން ރުފިޔާ ހޭދަކުރުމަކީ އިސްރާފެއް ކަމަށް ފައިސަލް ވިދާޅުވިއެވެ.

ދަރަވަންދޫގައި ބޭއްވި ޖަލްސާގެ ތެރެއިން -- ފޮޓޯ: ރާއްޖެ.އެމްވީ

ފައިސަލް ވިދާޅުވީ ތަރައްގީ ގެންނަން ޖެހެނީ ދިވެހި ރައްޔިތުންގެ ބޮލުގައި ދަރަނި އަޅުވާފައި ނޫންކަމަށާއި ތަރައްގީ ގެންނަން ޖެހޭނީ ދެފުށް ފެންނަ ގޮތަކަށް ކަމަށެވެ. ދިވެހި ރައްޔިތުން ވައްކަމާއި ކޮރަޕްޝަނާއި ދެކޮޅުކަން ފާހަގަކުރައްވާ ފައިސަލް ވިދާޅުވީ އެމްއެމްޕީއާރުސީގެ ހިޔާނާތާއި މެދު ވިސްނާލުމަށް ފަހުގައި ވެސް ރައީސް ޔާމީންގެ ސަރުކާރަށް ނޫނަކޭ ބުނަން ޖެހޭ ކަމަށެވެ. އަދި ދައުލަތުގެ ވަސީލަތާއި ސަރުކާރުގެ ކުންފުނިތަކުގެ މުވައްޒިފުން ސަރުކާރު ހިންގާ ޕާޓީގެ ކެމްޕެއިން ހަރަކާތް ތަކުގައި ބޭނުންކުރާނެ ކަމަށް ބައެއް ބޭފުޅުން ވިދާޅުމަކީ ރީތި ވާހަކައެއް ނޫން ކަމަށެވެ.

ދަރަވަންދޫގައި ބޭއްވި ޖަލްސާގައި ގިނަ އަދަދެއްގެ އާންމު ރައްޔިތުން ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް
30 އޯގަސްޓް 2018 | ބުރާސްފަތި 20:03
kada
dhen kada vaame kamej nei