ކ. މާލެ
|
30 އޯގަސްޓް 2018 | ބުރާސްފަތި 19:19
ފައިސަލް ފުޅަދޫއަށް ވަޑައިގަތުމުން ވަނީ ހޫނު މަރުޙަބާއެއް ދަންނަވާފައި
ފައިސަލް ފުޅަދޫއަށް ވަޑައިގަތުމުން ވަނީ ހޫނު މަރުޙަބާއެއް ދަންނަވާފައި
ރާއްޖެ އެމްވީ
ރިޔާސީ އިންތިހާބު 2018
ކޯލިޝަނުން ބ އަތޮޅުގައި ބާއްވާ ޖަލްސާ މިރޭ ދަރަވަންދޫގައި
ޖަލްސާ ބޭއްވުމަށް ހަމަޖެހިފައި ވަނީ ދަރަވަންދޫ އެމްޑީޕީގެ ހަރުގެ ކުރިމަތީގައި
ދެ ދުވަހުގެ މި ދަތުރުފުޅުގައި ފައިސަލް ބ އަތޮޅުގެ 8 ރަށަށް ވަޑައިގަންނަވާނެ
މިރޭގެ ޖަލްސާގައި ގުޅިފައިވަ ސިޔާސީ ޕާޓީތަކުގެ އިސްވެރިން ބައިވެރިވަޑައިގަންނަވާނެ

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ފަރާތުން މި އިންތިހާބުގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)ގެ ރަނިންގމޭޓް ފައިސަލް ނަސީމް ބ އަތޮޅަށް ކުރައްވާ ދެ ދުވަހުގެ ކެމްޕެއިން ދަތުރުފުޅުގައި އެ އަތޮޅުގައި ބާއްވާ ޖަލްސާ މިރޭ ދަރަވަންދޫ އެމްޑީޕީ ހަރުގެ ކުރިމަތީގައި ބޭއްވުމަށް ހަމަޖެހިއްޖެއެވެ.

 މިރޭ 9:00 ގައި ފެށޭ ޖަލްސާގައި ފައިސަލްގެ އިތުރުން ގުޅިފައިވާ އެމްޑީޕީގެ ޗެއަރޕާސަން ހަސަން ލަތީފާއި، ކެންދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަލީ ހުސެއިން، ގާނޫނީ ވަކީލް ހިސާން ހުސެއިން، ޖުމްހޫރީ ޕާޓީގެ ކައުންސިލް މެމްބަރު މުހައްމަދު މަލީހުގެ އިތުރުން އެޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ސަމީރު ބައިވެރިވަޑައިގަންނަވާނެވެ. މި ޖަލްސާގައި ވީހާވެސް ގިނަ އާންމު ރައްޔިތުން ބައިވެރިވުމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ވަނީ ގޮވާލާފައެވެ.

ދެ ދުވަހުގެ މި ދަތުރުފުޅުގައި ބުރާސްފަތި ދުވަހު ފައިސަލް އެންމެ ފުރަތަމަ ވަޑައިގެންނެވީ ބ އަތޮޅު ފުޅަދޫއަށެވެ. އެއަށްފަހު އެމަނިކުފާނު ވަނީ ފެހެންދޫ، ހިތާދޫ، ތުޅާދޫ އަދި ދަރަވަންދޫއަށް ވަޑައިގެންފައެވެ. މިއިން ކޮންމެ ރަށަކަށް ފައިސަލް ވަޑައިގެންނެވުމުން ހޫނު މަރުޙަބާއެއް ވަނީ ދަންނަވާފައެވެ. މި ދަތުރުފުޅުގައި ފައިސަލް ހުކުރު ދުވަހު އެންމެ ފުރަތަމަ ވަޑައިގަންނަވާނީ ދޮންފަނަށެވެ. އެއްފަހު ކެންދޫ އަދި ކިހާދޫއަށް އެމަނިކުފާނު ވަޑައިގަންނަވާނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ގަޑިއިރު ކުރި
ރިވިއު ކުރީ: މިއުވާން މުހައްމަދު
- ކޮމެންޓް