ކ. މާލެ
|
30 އޯގަސްޓް 2018 | ބުރާސްފަތި 14:27
ފުލުހުންގެ ތަރުޖަމާނު ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހްމަދު ޝިފާން
ފުލުހުންގެ ތަރުޖަމާނު ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހްމަދު ޝިފާން
މުހައްމަދު ޝަރުހާން
ކޮލަމާފުށީގެ ހަމަނުޖެހުން
ކޮލަމާފުށްޓަށް އިބޫ ކުރައްވަން ހަމަޖެހިފައިވާ ދަތުރުފުޅު ފަސް ކުރެއްވުމަށް ފުލުހުން އެދިއްޖެ
މާހައުލު މި ވަގުތު ރައްކާތެރި ނޫން ކަމަށް ފުލުހުން ބުނި

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ގއ، ކޮލަމާފުށްޓަށް ކުރަން ހަމަޖެހިފައިވާ ދަތުރުފުޅު ފަސްކޮށްދިނުމަށް ފުލުހުން އެދިއްޖެއެވެ.

ކޮލަމާފުށްޓަށް އިބޫ ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ ހުވަދު އަތޮޅުގެ 19 ރަށަކަށް ކުރައްވާ ދަތުރުފުޅުގައި ހޮނިހިރު ދުވަހުގެ ހެނދުނުއެވެ. ކޮލަމާފުއްޓަށް ވަޑައިގަތުން ފަސްކުރުމަށް ފުލުހުން އެދުނީ ކޮލަމާފުށީގައި ބުދަ ދުވަހު ހިނގައިދިޔަ ހަމަނުޖެހުމާ ގުޅިގެންނެވެ.

ފުލުހުން މިއަދު ބޭއްވި ޕްރެސް ކޮންޕަރެންސްގައި ވާހަކަދައްކަވަމުން ފުލުހުންގެ ތަރުޖަމާނު ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހްމަދު ޝިފާން ވިދާޅުވީ، ކޮލަމާފުށީގައި ކެމްޕެއިން ހަރަކާތްތައް ހިންގުމަށް އަމާން މާހައުލެއް މި ވަގުތު ނެތް ކަމަށެވެ. އެހެން ކަމުން ކޮލަމާފުއްޓަށް ދަތުރު ނުކުރެއްވުމަށް އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހުގައި ދައްނަވާފައިވާނެ ކަމަށެވެ.

ޝިފާން ވިދާޅުވީ އިންތިހަބަކީ ސަބަބެއް ކަމަށް ބަލައި، ހަމަނުޖެހުން ހިންގުމަށް އެއްވެސް ބަޔަކަށް ފުރުސަތު ނުދޭނެ ކަމާށާއި ފުލުހުން ގާނުނު ތަންފީޒު ކުރުމުގައި ދެމިތިބޭނެ ކަމަށެވެ.

އޭނާ ވިދާޅުވީ އިންތިހާބާ ގުޅިގެން ފުލުހުން ތައްޔާރީތައް ވަމުންދާ ކަމަށާއި އެގޮތުން ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ވެސް ފުލުހުން ހަރަކާތްތެރިވާނެ ކަމަށެވެ. އޭނާ ވިދާޅުވީ އިންތިހާބާ ގުޅިގެން މިހާތަނަށް ފުލުހުންނަސް އަށް ޝަކުވާއެއް ލިބިފައިވާ ކަމަށާއި އެކަން ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށެވެ.

ކޮލަމާފުށްޓަށް އިބޫ ކުރައްވަން ހަމަޖެހިފައިވާ ދަތުރުފުޅާ ގުޅިގެން، އެ ރަށުގައި ތައްޔާރީތައް ވަމުންދަނިކޮށް ހިނގި ހަމަނުޖެހުމާ ގުޅިގެން އެ ރަށުން 18 މީހަކު ވަނީ ހައްޔަރުކޮށްއެވެ. އެ ރަށުން ހައްޔަރު ކުރި މީހުން ވަނީ އެ އަތޮޅުގެ ވެރިކަން ކުރާ ރަށް، ވިލިނގިއްޔަށް ގެންގޮސްފައެވެ.

ކޮލަމާފުށީ ހަމަނުޖެހުމާ ގުޅިގެން އިބޫ އެ ރަށަކަށް ކުރައްވާ ދަތުރުފުޅު ފަސް ކުރުމަށް ފުލުހުން އެދިފައިވާއިރު، މި މަހުގެ އަށް ވަނަ ދުވަހު ރައީސް ޔާމީން އެ ރަށަށް ވަޑައިގެންނެވި ދަތުރުފުޅާ ގުޅިގެން އެ ރަށުގެ މަތުތަކުގައި ދަމާފައިވާ ރީނދޫ ދިދަ ފޮތިތަކާއި ގުޅިފައިވާ ޕާޓީތަކުގެ ދިދަތައް ވަނީ ނަގާފައެވެ. އެ ދިދަތައް ނެގުމުގައި އިސްކޮށް އުޅުނީ ފުލުހުންނެވެ.

މީގެ އިތުރުން ރައީސް ޔާމީން ވަޑައިގަންނަވާ ބައެއް ރަށްތަކުގައި ގުޅިފައިވާ ޕާޓީތަކުގެ ހަރުގެތަށް ބަންދުކޮށް، އިދިކޮޅު ސަޕޯޓަރުން ހައްޔަރުކޮށް، ކެފެތަކާއި ފިހާރަތައް ފުލުހުން ބަންދުކޮށްފައިވެއެވެ. އެފަދަ ކަންތައްތައް ފުލުހުން ކުރަނީ ރައީސް ޔާމީންގެ ސަލާމަތަށް ކަމަށް ފުލުހުން ބުނަމުންދާއިރު، އިބޫ ކޮލަމާފުށްޓަށް ވަޑައިގަންނަވާ ދަތުރުފުޅާ ގުޅިގެން ސަލާމަތީ ކަންކަން ވަރުގަދަ ނުކުރެވޭ ސަބަބާ ގުޅޭ ގޮތުން ފުލުހުން ޖަވާބެއް ނުދެއެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ޙުސައިން ޙަސަން
- ކޮމެންޓް
30 އޯގަސްޓް 2018 | ބުރާސްފަތި 10:24
ޒިދްނާ އަޝްރަފް
މިފެންނަނީ ފުލުހުން ސިޔާސީވެގެން ގޮސް ވަކިކޮޅަކަށް ބުރެވެ، ބަނދެވިފައިވާ މިންވަރު. ނުފެނޭ މިނޫން މަންޒަރެއް. ޕީޕީއެމްގެ ދިދަފަތީގަ އަތްލަން ނުކެރިގެން ކެމެރާތިރި ކުރިތާ ދުވަސްކޮޅެއްގެ ތެރޭގައި ދެން މިފެނުނީ ޕީޕީއެމްގެ އެކްޓިވިސްޓުން ހުއްޓުވުވުގެ ބަދަލުގައި ގުޅިފައިވާ ޕާޓީތަކުގެ ކެނޑިޑޭޓް ހުއްޓުވަން ފުލުހުން މަސައްކަތް ކުރާތަން.
30 އޯގަސްޓް 2018 | ބުރާސްފަތި 09:37
އިންސާފް
ކީއްކުރާނީ މިނިކާ ރާއްޖޭގަ އިންސާފާއި ހަމަހަމަކަން އޮންނަވަރު މިދައްކައިދެނީ