ކ. މާލެ
|
30 އޯގަސްޓް 2018 | ބުރާސްފަތި 12:39
ކުރީގެ ރައީސް މުހައްމަދު ވަހީދު ހަސަން މަނިކު
ކުރީގެ ރައީސް މުހައްމަދު ވަހީދު ހަސަން މަނިކު
ގޫގުލް
ކުރީގެ ރައީސް ވަހީދު
ބްރިޖަކީ ނަޝީދުގެ ތަސައްވުރެއް، ހަޤީގަތަކަށް ހެއްދެވީ ރައީސް ޔާމީން: ރައީސް ވަހީދު
ފުރަތަމަ މަޝްވަރާތަކުގައި ބައިވެރިވެވުމުން އުފާކުރައްވާ ކަމަށް ވިދާޅުވި
ރައީސް ޔާމީނަށް ހުރިހާ ކްރެޑިޓެއް ހައްޤު ކަމަށް ވިދާޅުވި

މާލެ އާއި ހުޅުމާލެ ގުޅުވައިދޭ ބްރިޖަކީ ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ތަސައްވުރެއް ކަމަށް ކުރީގެ ރައީސް މުޙައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެއެވެ.

ރައީސް ވަހީދުގެ އަމިއްލަފުޅު ފޭސްބުކް އެކައުންޓްގައި ލިޔުއްވާފައިވާ ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ މާލެ-ހުޅުލެ، ބްރިޖުގެ ޕްރޮޖެކްޓްގެ ފުރަތަމަ މަޝްވަރާތައް ޗައިނާގެ ޕްރިމިއާ ވެން ޖިއާބޯއާ އެކު ކުރައްވަން ލިބުމަކީ އުފާ ކުރައްވާ ކަމެއް ކަމަށެވެ.

ޑރ. ވަހީދު ވިދާޅުވި ގޮތުގައި ބްރިޖް މަޝްރޫއު އަސްލަކަށް ހެދުމުގެ ހުރިހާ ތައުރީފެއް ހައްގީ މިހާރުގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ކަމަށެވެ.

ޑރ. ވަހީދު ވިދާޅުވި ގޮތުގައި ބްރިޖްގެ ހަގީގީ ތަސައްވުރަކީ ރައީސް ނަޝީދުގެ ތަސައްވުރެކެވެ. އެގޮތުން މާލެ-ހުޅުމާލެ ގުޅާލާނެ ގޮތަކާ މެދުކޮށްފައިވާ ޕެލޭނެއްގެ ކުރެހުން ކުރީގެ ރައީސް ނަޝީދު، ހިއްސާ ކުރައްވާފައިވާ ކަމަށް އެމްޑީޕީ ސަރުކާރުގެ ނާއިބު ރައީސްގެ ގޮތުގައި ވެސް ހުންނެވި ޑރ. ވަހީދު ވިދާޅުވެފައި ވެއެވެ. 

ރައީސް ވަހީދު ކުރެއްވި ޕޯސްޓަށް ރައްދު ދިން ފަރާތަކަށް ޖަވާބު ދެއްވަމުން އެމަނިކުފާނު ވިދާޅުވެފައި ވަނީ، ބްރިޖުގެ ދެ ކުރެހުމެއް، ނަޝީދު ދެއްކެވި ކަމަށާއި އެތަނުން އެއް ކުރެހުމުގައި ބްރިޖް އަޅާނެ ގޮތް ކަމަށް ދިރާސާކޮށްފައި ވަނީ މިހާރު ވެސް ބްރިޖް އަޅާފައިވާ ގޮތް ކަމަށެވެ. އަދި ދެވަނަ އޮޕްޝަނަކީ މާލެ އާއި ފުނަދޫ އިން ފެށިގެން ހުޅުލެއާ ގުޅާލުން ކަމަށް ޑރ. ވަހީދު ވިދާޅުވެފައި ވެއެވެ.

ރައީސް ވަހީދު އެހެން ވިދާޅުވިޔަސް، ބްރިޖެއް އެޅުމުގެ އެންމެ ފުރަތަމަ ތަސައްވަރެއް ގެންގުޅުއްވީ ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމެވެ. އެގޮތުން އެމަނިކުފާނު އެކުލަވާލެއްވި ވިހިވިހީގެ ތަސައްވަރުގެ ތެރޭގައި މާލެ އާއި ހުޅުމާލެ ބްރިޖަކުން ގުޅާލުން ހިމެނެއެވެ.

އޭގެ ފަހުން ރައީސް ނަޝީދުގެ ވެރިކަމުގައި ބްރިޖް އަޅާނެ ގޮތުގެ ދިރާސާތަކެއްކޮށް، މާލެ އާއި ހުޅުމާލެ ގުޅާލާނެ ގޮތުގެ ދެ ޕްލޭނެއް އެކުލަވާލާފައި، އެކަމުގެ ކުރެހުންތައް ތައްޔާރުކޮށްފައި ވެއެވެ. އަދި ބްރިޖު އެޅުމާ ބެހޭ ގޮތުން ރަސްމީ ފެންވަރެއްގައި ޗައިނާގެ ކަމާ ބެހޭ ފަރާތްތަކާ މަޝްވަރާކޮށްފައި ވެއެވެ.

އޭގެ ފަހުން ރައީސް ޔާމީންގެ ވެރިކަމުގައި ބްރިޖުގެ މަޝްރޫއާ ހަވާލުވެޑައިގެން އެކަމަށް ބޭނުންވާ ބަޖެޓާއި އެ ނޫން ވެސް ކަންކަމުގައި ދިވެހި ސަރުކާރުގެ ފަރާތުން ޗައިނާ ސަރުކާރާ މަޝްވަރާކުރައްވައި ހަމަޖެއްސެވުމުގައި އިސްކޮށް ހުންނެވީ ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
30 އޯގަސްޓް 2018 | ބުރާސްފަތި 09:20
Dr.waheedh
Dear MDP supporters and all opposition leaders please be honest and make my word about the bridge as TRUE and I just need to be a "Vice -President " one more time if you guys select me after period of INTHIGAALEE I will be faithful to President Nasheedh this time
30 އޯގަސްޓް 2018 | ބުރާސްފަތި 08:25
އަލިހަންޑޯ ޓޮލޭޑޯ
ތިޔަ ތަޞައްވަތު ރައީސް ނާސިރުގެ ދައުރުންފެށިގެން ހުރިހާ ރައިސުން ގެންގުޅުއްވިކަމަށް މީޑިޔާ ރިޕޯޓްތަކުން ހާމަވަނީ. ކޮންމެ މީހަކު ވެރިކަމުގައި ހުރެގެންކުރިޔަސް ތިޔަކުރާ ކޮންމެކަމަކީ އޭގެ ފައިދާއާއި ގެއްލުން ހުރިހާދިވެހިންނަށް ސީދާގޮތުންނާއި ނުސީދާގޮތުން ކުރާނެކަންކަން. ކްރެޑިޓްނަގާއިރު ކޮންމެ މީހަކަށްވެސް ހީވަނީ ތިމަންނާގެ ޖީބުންޚަރަދުކޮށްގެން ކުރާކަންކަމޭ މިއީ. ހުރިހާ ރައީސުންނަށް ވަރަށް ސަލާމް.