ކ. މާލެ
|
30 އޯގަސްޓް 2018 | ބުރާސްފަތި 08:55
ކޮލަމާފުށީގައި ހިނގި ހަމަނުޖެހުންތައް
ކޮލަމާފުށީގައި ހިނގި ހަމަނުޖެހުންތައް
ރާއްޖެ އެމްވީ
ކޮލަމާފުށީގެ ހަމަނުޖެހުން
ކޮލަމާފުށިން 15 މީހުން ހައްޔަރު ކޮށްފި
15 މީހުން ހައްޔަރު ކޮށްފައިވަނީ ބުދަ ދުވަހުގެ ހަމަނުޖެހުންތަކާ ގުޅިގެން
ހައްޔަރުކުރަމުންދަނީ އެމްޑީޕީއަށް ނިސްބަތްވާ ފަރާތްތައް

ކޮލަމާފުށިން 15 މީހުން ހައްޔަރު ކޮށްފިއެވެ.

މިކަމާ ގުޅޭ ގޮތުން ގއ.ކޮލަމާފުށީގެ ކައުންސިލް މެމްބަރު އިބްރާހިމް ވަހީދު ވިދާޅުވީ، 15 މީހުން ހައްޔަރު ކޮށްފައިވާކަން އެނގޭ ކަމަށެވެ.

މިކަމާ ގުޅިގެން ހައްޔަރު ކުރަމުން ދަނީ އެމްޑީޕީއަށް ނިސްބަތްވާ ފަރާތްތައް ކަމަށް އޭނާ ވިދާޅުވިއެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ޞާލިހް (އިބޫ) އެރަށަށް ވަޑައިގަތުމަށް ހަމަޖެހިފައިވާތީ ކޮލަމާފުށި ތައްޔާރުކުރުމުގެ މަސައްކަތް ކޮށްފައިވެއެވެ. އެގޮތުން ދިދަފަތި ދެމުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވާއިރު ޕީޕީއެމްގެ ބައެއް ސަޕޯޓަރުން ވަނީ އެކަމަށް ހުރަސްއަޅަން މަސައްކަތް ކޮށްފައެވެ. އެގޮތުން ދެ ފަރާތުގެ ދެމެދުގެ ދެމެދުގައި ހިނގި ހަމަނުޖެހުންތަކުގައި އެމްޑީޕީގެ ބައެއް ސަޕޯޓަރުންނަށް އަނިޔާ ވެސް ލިބިފައިވެއެވެ.

ކައުންސިލް މެންބަރު ވިދާޅުވީ، މިހާތަނަށް ހައްޔަރު ކޮށްފައިވަނީ އެރަށު އަބްދުﷲ ރަޝީދާއި އަހުމަދު ސަލީމާއި ނިޔާޒު ހުސައިން އާއި ހުސައިން ފަރުހަތާއި އަހުމަދު ވަހީދާއި މަހްތޫމް އިސްމާއިލް އާއި އައްބާސް އަބްދުﷲ އާއި އަހުމަދު ރައޫފާއި ހަސަން ނަޖީބާއި މުސްލިމް ނަޖީބާއި ޒިޔާދު ރަޝާދާއި މުހައްމަދު ރަޝީދާއި ރަޒީނު ހުސައިން އާއި އަހުމަދު ޝުޒާން އާއި ޝަހުދު މުހައްމަދުއެވެ. 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
30 އޯގަސްޓް 2018 | ބުރާސްފަތި 05:02
ހުސޭނު
ނަން ވާނީ ހައިވަކަރު އޮޑި ކުދިންނޭ އަހަާ، ބަލާ، ފިކްރުކޮށް ދަސްކުރޭ. މިރާއްޖޭގައި ޕީޕީގެ ރިޕޯޓަކަށް ނޫނީ މިހާރަކު ޕްރޮޓެކްޓް އެންޑް ސާވް އެއް ކޮށް ނުދެވޭނެ. ހިތާމަހުރި. ކޮންފަދަ ދުވަހެއް..