ކ. މާލެ
|
30 އޯގަސްޓް 2018 | ބުރާސްފަތި 09:01
ގދ. ނަޑެއްލާ
ގދ. ނަޑެއްލާ
ގޫގުލް
ނުރައްކާތެރި އެކްސިޑެންޓް
ނަޑެއްލާގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
މި އެކްސިޑެންޓްގައި ތިން ކުއްޖަކަށް އަނިޔާވެފައިވާއިރު ދެ ކުއްޖެއްގެ ހާލު ސީރިއަސް

ގދ. ނަޑެއްލާގައި ނުރައްކާތެރި އެކްސިޑެންޓެއްގައި ހިނގައި ދެ ކުއްޖަކަށް ސީރިއަސް އަނިޔާތަކެއް ލިބިއްޖެއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ބުދަ ދުވަހު ހިނގި މިއެކްސްޑިޑެންޓް ހިނގީ ދެ ސައިކަލެއް ޖެހިގެންނެވެ.

މި އެކްސިޑެންޓްގައި ތިން ކުދިންނަށް ވެސް އަނިޔާވެފައިވާއިރު ދެ ކުއްޖެއްގެ ހާލު ސީރިއަސް ވެގެން ގދ. ތިނަދޫ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި އަންނަނީ ފަރުވާ ދެމުންނެވެ.

އެއީ 11 އަހަރުގެ ފިރިހެން ކުއްޖަކަށާއި، 17 އަހަރުގެ ފިރިހެން ކުއްޖެއް ކަމަށް ވެސް މައުލޫމާތު ލިބެއެވެ. އަދި ސީރިއަސް އަނިޔާ ނުލިބި ސަލާމަތްވި ފިރިހެން ކުއްޖާއަށް ވެސް 17 އަހަރެވެ.

މި އެކްސިޑެންޓާ ގުޅިގެން ފުލުހުންގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް