ކ. މާލެ
|
30 އޯގަސްޓް 2018 | ބުރާސްފަތި 09:07
ޖުމްހޫރީ ޕާޓީގެ ރައީސް އަލީ ވަހީދު
ޖުމްހޫރީ ޕާޓީގެ ރައީސް އަލީ ވަހީދު
ސޯޝަލް މީޑިއާ
މޭޑޭ 2015
މާލޭގައި ބޭއްވި އެންމެ ބޮޑު މުޒާހަރާގައި ހިންގަން އުޅުނީ ބަގާވާތެއް ނޫން: އަލީ ވަހީދު
މޭޑޭއަކީ ރާއްޖޭގެ ރައްޔިތުން ބޮޑު ތަނުން ރައީސް ޔާމިންއާ، މިއަނިޔާވެރި ކަމަށް ނޫނެކޭ ބުނި ދުވަސް

މިފަހުގެ ތާރީހެއްގައި މާލޭގައި ބޭއްވި އެންމެ ބޮޑު މުޒާހަރާގައި ހިންގަން އުޅުނީ ބަގާވާތެއް ނޫން ކަމެއް ޖުމްހޫރީ ޕާޓީގެ ރައީސް އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

އަލީ ވަހީދު މިހެން ވިދާޅުވީ ރައީސް ޔާމީންގެ ރަނިންގ މޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މޭޑޭގެ މުޒާހަރާއާ ގުޅޭ ގޮތުން ދޮގުހެއްދެވުމާ ގުޅިގެންނެވެ. ޑރ. ޝަހީމް ކެންޕެއިން ދަތުރުގައި ފޮނަދޫއަށް ވަޑައިގެން ވިދާޅުވީ މޭޑޭގެ އެއްވުމަކީ ގާނޫނީ ސަރުކާރެއް ވައްޓާލުމަށް ދިވެހި ތާރީހުގައި ވެސް ހިންގަން މަސައްކަތްކުރި އެންމެ ބޮޑު ބަގާވާތް ކަމަށެވެ.

ޑރ ޝަހީމްގެ މި ވާހަކަތަކަށް ރައްދު ދެއްވައި އަލީ ވަހީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މޭޑޭގައި ހިންގަން އުޅުނީ ބަގާވާތެއް ނޫން ކަމަށެވެ. މޭޑޭއަކީ ރާއްޖޭގެ ރައްޔިތުން ބޮޑު ތަނުން ރައީސް ޔާމިންއާ، މި އަނިޔާވެރިކަމަށް ނޫނެކޭ ބުނި ދުވަސް ކަމަށެވެ.

މީގެ އިތުރުން އަލީ ވަހީދު ވިދާޅުވީ މޭޑޭގެ މުޒާހަރާއަކީ ދިވެހި ތާރީހުގައި ވެސް މިހާތަނަށް ދިވެހި ރައްޔިތުން ކުރި އެންމެ ބޮޑު މުޒާހަރާ ކަމަށެވެ. މޭޑޭގެ މުޒާހަރާއަށް ފަހު މާލޭގައި ރައީސް ޔާމިންއާ ދެކޮޅަށް މުޒާހަރާ ކުރުމުގެ ފުރުސަތު ދީފައެއް ނުވެއެވެ. 

2015 ވަނަ އަހަރުގެ މެއި މަހުގެ އެއްވަނަ ދުވަހު ބޭއްވުނު މިމުޒަހާރާ ގުޅިގެން އަދާލަތު ޕާޓީގެ ރައީސް އައްޝައިޚް އިމްރާން އަބްދުﷲ ދެއްކެވި ވާހަކަތަކުގެ މައްޗަށް ބިނާކޮށް ދައުލަތުން ކުރި ޓެރަރިޒަމްގެ ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅައި 12 އަހަރަށް ވަނީ ޖަލަށްލާފައެވެ. 

ޝެއިހް އިމްރާންގެ އިތުރުން އެތައް އާންމު ރައްޔިތެއް ވެސް ވަނީ ޖަލަށްލާފައެވެ. ޝެއިހް އިމްރާންގެ މައްޗަށް 12 އަހަރަށް ޖަލަށްލުމަށް ހުކުމްކުރުމާ ގުޅިގެން އޭރު އިސްލާމިކް މިނިސްޓްރީގެ މިނިސްޓަރު ކަމުގައި ހުންނެވި ޑރ ޝަހީމް ވަނީ އިސްތިއުފާ ދެއްވާފައެވެ.

ނަމަވެސް ރައީސް ޔާމީންގެ ރަނިންގ މޭޓެއްގެ ގޮތުގައި ޑރ. ޝަހީމް ހަމަޖެއްސެވުމާ އެކު އެކަން ގަބޫލުކުރައްވައި މިހާރު ގެންދަވަނީ ގުޅިފައިވާ ޕާޓީތަކުގެ ކޯލިޝަންއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް