ކ. މާލެ
|
29 އޯގަސްޓް 2018 | ބުދަ 17:43
އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އާއި، އުމަރު ޒާހިރު އެކުގައި
އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އާއި، އުމަރު ޒާހިރު އެކުގައި
ޓްވިޓަރ
ރިޔާސީ އިންތިހާބު 2018
އުމަރު ޒާހިރު، އިބޫ އާއިއެކު ކެމްޕޭންގައި
އިބޫ ވަނީ އުމަރު ޒަހިރުގެ ގެޔަށް ވަޑައިގެން، މަޝްވަރާކުރައްވާފައިި

ކުރީގެ މިނިސްޓަރ އަދި ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ ގާތް އެކުވެރިޔެއް ކަމަށްވާ އުމަރު ޒާހިރު، ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އާއި ބައްދަލުކުރައްވައިފި އެވެ. 

އިބްރާހިމް މުހައްމަދު ސޯލިހާ، އުމަރު ޒާހިރު ބައްދަލުކުރައްވާފައިވަނީ މާފަންނުގައި ކުރިއަށްގެންދިޔަ ދޮރުން ދޮރަށް ހަރަކާތުގެ ތެރެއިންނެވެ. އިބޫ ވަނީ ދޮރުން ދޮރަށް ހަރަކާތުގައި އުމަރު ޒާހިރުގެ ގެޔަށް ވަޑައިގެން، އުމަރު ޒާހިރު ދިރިއުޅުއްވާ ބައިގައި އުމަރު ޒާހިރާއި ބައްދަލުކުރައްވާފަ އެވެ. 

އެޔަށްފަހުގެ ދެ ބޭފުޅުން ވަނީ އެކުގައި ޖޭޒް ކެފޭއަށް ވަޑައިގެން ހަވީރުގެ ސައިފޮދު ބައްލަވައިގެންފައެވެ. ނަމަވެސް ދެ ބޭފުޅުން މަޝްވަރާކުރެއްވި ކަންތައްތަކެއް ހާމަކުރައްވަފައެއް ނުވެ އެވެ. 

އުމަރު ޒާހިރު ގެއިން ނިކުމެވަޑައިގެން ކެފޭއަށް އިބޫ އާއިއެކު ވަޑައިގެންނެވިއިރުވެސް، އަދި ކެފޭއިން ނުކުމެވަޑައިގެންނެވިއިރުވެސް ދެ ބޭފުޅުން ފެނިގެން ދިޔައީ ވަރަށް އެކުވެރިކޮށް ތިއްބެވި މަންޒަރު އެވެ. 

އުމަރު ޒާހިރުއަށް ވަނީ ނިޝާން ޢިއްޒުއްދީންގެ އިއްޒަތްތެރި ވެރިޔާގެ ލަގަބު އަރުވާފަ އެވެ. އަދި ރައީސް މައުމޫންގެ ސަރުކާރުގައި އިސް މަގާމުތަކެއް ފުރުއްވުމުގެ އިތުރުން އުމަރު ޒާހިރު އަކީ ރައީސް މައުމޫންގެ ޒަމާންވީ ގާތް އެކުވެރިޔެކެވެ. 

އިބޫ އާއި އުމަރު ޒާހިރު ބައްދަލުކުރެއްވިއިރު، މީގެ ކުރިން އިބޫ ވަނީ ދަައުލަތަށް ގިނަ ހިދުމަތްތަކެއް ކުރެއްވި ޒާހިރު ހުސެއިންއާއިވެސް ބައްދަލުކުރައްވާފަ އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ގަޑިއިރު ކުރި
ރިވިއު ކުރީ: މިއުވާން މުހައްމަދު
- ކޮމެންޓް