ކ. މާލެ
|
29 އޯގަސްޓް 2018 | ބުދަ 18:35
ރައީސް އަބްދުﷲ ޔާމީން
ރައީސް އަބްދުﷲ ޔާމީން
ރައީސް އޮފީސް
ރިޔާސީ އިންތިހާބު 2018
ރައީސް ޔާމީންއަށް 'ވަގަށް' ގޮވާކަމަށް ބުނެ، ޕީޕީއެމުން ކަންބޮޑުވުން ފާޅުކޮށްފި
އަބުރު ރައްކާތެރިކޮށްދިނުމުގެ ގާނޫނު އޮތްކަން ހަނދާން ކޮށްދެން: ނިހާނު
ވަގަށް ގޮވާއިރު ސާބިތު ހެއްކެއް ނެތްކަމަށް ނިހާނު ވިދާޅުވި
ވަގަށް ގޮވާ މައްސަލަ ވަގުތު ޖެހުމުން ކަމާބެހޭ ފަރާތްތަކަށް ހުށަހަޅާނެ ކަމަށްވެސް ނިހާނު ވިދާޅުވި

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަދި އެ ޕާޓީގެ މުސްތަޝާރު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްއަށް ނިސްބަތް ކުރައްވާ އިދިކޮޅޫ ފަރާތްތަކުން "ވަގަށް" ގޮވަމުންދާ ކަމަށާއި އެކަން ވަރަށް ގާތުން ބަލަމުންދާ ކަމަށް ޕީޕީއެމުން ބުނެފި އެވެ.

ޕީޕީއެމްއިން ބުދަ ދުވަހުގެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާނު ހުސައިން މަނިކު ވިދާޅުވީ އިދިކޮޅު ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ) އަށް ކެމްޕެއިން ކުރުމުގައި އިދިކޮޅު ފަރާތްތަކުން ރައީސް ޔާމީނާ ދެކޮޅަށް "ވަގަށް" ގޮވާ އެންޓި ކެމްޕެއިން ކުރަމުންދާ ކަމަށެވެ. 

"ކެންޑިނޭޅި އެއްވެސް ސާބިތު ހެއްކެއް ގަރީނާއެއްނެތި މީހުންނާ ދިމާލަށް ވަގަށް ގޮވުމަކީ. އެއީ ތޯ ރީތި ކެމްޕެއިނަކީ. ރީތި އަހުލާގަކީ އެއީތޯ... އެއްވެސް ސާބިތު ހެއްކެއްނެތި ތަކުރާރުކޮށް އަޅުގަނޑުމެންގެ ރިޔާސީ ކެނޑިޑޭޓް އަދި ޕީޕީއެމްގެ މުސްތަޝާރާ ދިމާލަށް ވަގަށް ގޮވަމުންދާ މީހުންނަށް އަޅުގަނޑުމެން ހަނދުމަ އާކޮށްލަދޭން ބޭނުން، އަބުރު ރައްކާތެރިކޮށްދިނުމުގެ ގާނޫނެއް އޮތްކަން.... ޕީޕީއެމުން މިދަނީ މިދެންނެވި ހުރިހާ ރެކޯޑްތަކެއް ބަލަހައްޓަމުން. ރައީސް ޔާމީނާއި ޕީޕީއެމަށް ނިސްބަތްވާ މެމްބަރުންނާއި ސަރުކާރުގެ ވަޒީރުންނާ ދިމާލަށް ވަގަށް ގޮވާ މީހުންގެ މައުލޫމާތުތައް އެއްކުރަމުން. ވަގުތު ޖެހުމުން ހުށަހަޅަންޖެހޭ ފަރާތްތަކަށް ހުށަހަޅާނަން،" ނިހާނު ވިދާޅުވި އެވެ.

ނިހާނު އެގޮތަށް ވިދާޅުވީ ރައީސް ޔާމީން ރ. ދުވާފަރަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވާ ދެއްކެވި ވާހަކަފުޅުގައި ވައްކަން ކުރުމަށް ހިތްވަރު ލިބޭގޮތަށް ދެއްކެވި ވާހަކަފުޅަކާ ގުޅިގެން ނެވެ.

މާލޭއާއި އެއް ފެންވަރަށް ރާއްޖޭގެ އެކި ހިސާބުތަކުގައި ކުނި ނައްތާލުމުގެ ނިޒާމް އަޅުގަނޑުމެން ގާއިމް ކުރަމުން މިގެންދަނީ އަދި މާލޭގެ ކުންޏާއި އެހެން ރަށްތަކުގައި ކުނި ނައްތާލުމަށްޓަކައި ކުނި އެންދޭނެ އިންތިޒާމްތައް އަޅުގަނޑުމެން ހަމަޖައްސަމުން މި ގެންދަނީ. އެހެންވީމަ ވަރިހަމަތާ އެޑްވާންސްއަށް ވައްކަން ކުރިއަސް" ރައީސް ޔާމީން ވިދާޅުވިއެވެ.

ދިވެހިރާއްޖެ އަކީ ސައްތައިން ސައްތަ އިސްލާމީ ގައުމަކަށް ވާއިރު، ވައްކަން ކުރުމަކީ މައްސަލައެއް ނޫން ކަމަށްދޭހަވާފަދަ އިބާރާތަކުން ރައީސް ޔާމީން ވާހަކަދެއްކެވިއިރު، ރައްޔިތުންގެ މަޖިލީހުން ވައްކަމަކީ މައްސަލައެއް ނޫންކަމަށް ބިލެއް ފާސްކޮށްފިނަމަ އެބިލް ތަސްދީގު ކުރައްވާނެ ކަމަށްވެސް މީގެކުރިން އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ. އަދި ކޮރަޕްޝަނަކީ އިންސާނީ ތޮބީއަތުގައި ހުންނަ ކަމެއްކަމަށް ވިދާޅުވެ، އެފަދަ ކަންކަމަށް ހިތްވަރުލިބޭ ވާހަކަފުޅުތައް މީގެކުރިން ރައީސް ޔާމީން ވިދާޅުވެފައި ވެއެވެ.

އެ ނޫސްވެރިންގެ ބައްދަލުވުމުގައި ނިހާނު ވިދާޅުވީ ގުޅިފައިވާ ކޯލިޝަނުން ރައްޔިތުންނަށް އަދި ގައުމުގެ ތަރައްގީއަށް ކުރައްވަމުން ގެންދަވާ އަދި ކުރައްވާނެ ކަމެއްގެ ވާހަކައެއް ދެއްކެން ނެތް ކަމަށާއި ހަމަ އެކަނި އޮތީ "ވަގަށް" ގޮވުން ކަމަށެވެ. 

ނޫސްވެރިންގެ އެބައްދަލުވުމުގައި ނިހާނު ވަނީ ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހަށާއި އެމަނިކުފާނުގެ ތަރުޖަމާނު މާރިއާ އަހުމަދުދީދީ އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. އެގޮތުން އެ ބޭފުޅުންނަށް ކެމްޕެއިންތަކުގައި ކުރަން އެނގޭ ހަމައެކަނި ކަމަަކީ މީސްމީހުންގެ އަބުރު ކަތިލުމާއި މީސްމީހުންނާ ދިމާލަށް ވަގަށް ގޮވުން ކަމަށް ވެސް ނިހާނު ވިދާޅުވި އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް