ކ. މާލެ
|
29 އޯގަސްޓް 2018 | ބުދަ 16:54
ފުލުހުން މަގު ބަންދުކޮށްފައި ރޭ ވަނީ މާލޭގައި މާރާމާރީއެއް ހިންގާފައި
ފުލުހުން މަގު ބަންދުކޮށްފައި ރޭ ވަނީ މާލޭގައި މާރާމާރީއެއް ހިންގާފައި
މުހައްމަދު ޝަރުހާން
ގުޅިފައިވާ ސިޔާސީޕާޓީތައް
ވަޅިން ހަމަލާ ދިން މީހާ ހިފެހެއްޓި ފުލުސް މީހާއަށް ގުޅިފައިވާ ޕާޓީތަކުން ތައުރީފް ކޮށްފި
ކުށްވެރިމީހާ އަތުލައިގަތްކަމީ އެބޭފުޅަކަށް ތައުރީފް ހައްގުވާކަމެއް
އަޅުގަނޑުމެން ދެކެން ބޭނުންވާ ދުވަހަކީ އެއީ

އަންގާރަ ދުވަހުގެރޭ މާފަންނު ކޮޅުގައި މީހަކަށް ވަޅިން ހަމަލާދިން މީހާ ހިފެހެއްޓި ފުލުސް މީހާއަށް ގުޅިފައިވާ ޕާޓީތަކުން ތައުރީފްކޮށް މަރުހަބާ ކިޔައިފިއެވެ.

ގުޅިފައިވާ ޕާޓީތަކުން ބާއްވާ ސިލްސިލާ ޕްރެސް ކޮންފަރެންސްގައި ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓްގެ ތަރުޖަމާން މާރިޔާ އަހުމަދު ދީދީ ވިދާޅުވީ އަންގާރަ ދުވަހުގެރޭ މާލޭގައި ހިނގި މާރާމާރީ ހިންގުމުން އެވަގުތު އެ ސަރަހައްދުގައި ހުރި ޓްރެފިކް ޕޮލިސް މީހާ އެދައްކަކައިދިނީ ފުލުހުންގެ ފަރާތުން ދެކެން ބޭނުންވާ މިސާލުކަމަށާއި ގުޅިފައިވާ ޕާޓީތަކުގެ ސަރުކާރެއްގައި ފުލުހުން ކުރަން ޖެހޭނެކަމަށް ދެކޭ ކަންކަމަކީ އެއީ ކަމަށެވެ.

"ރާއްޖޭގެ އަމަން އަމާން ބަލަހައްޓައި ޕްރޮޓެކްޓް އެންޑް ސަރވް އޭ އެބޭފުޅުން ވިދާޅުވާއިރު ރައްޔިތު މީހާއަށް އެމީހާ މަގުމަތީގައި އުޅޭއިރު، ގޯތި ގެދޮރުގައި ތިބޭއިރުވެސް އެމީހާ ގަޔަށް ވަޅި ހަރައިފިކަމަށް ވަންޏާ އެތާތިބޭ ފުލުހުންވެސް އަދި އެނޫން ބަޔަކުވެސް އެމީހުން ހަގީގީ ޖިނާއީ ކުށްތައް ތަހުގީގްކޮށް އެގޮތައް ކުށްކުރާ މީހުން އެޕްރިހެންޑް ކުރެވޭނެ ކަމުގައި. ވީމާ އޭނާގެ ހިތްވަރުފުޅަށާއި އަދި ރޭގައި ކުށްވެރިމީހާ އަތުލައިގެންނެވިކަމީ، އޭނާ ހުއްޓުވިކަމީ އެބޭފުޅަކަށް ތައުރީފް ހައްގުވާކަމެއްކަމަށް ދެކި އަޅުގަނޑުމެން އެބޭފުޅާއަށް މަރުހަބާ ދަންނަވަން. އަޅުގަނޑުމެންގެ އުއްމީދަކީ އަޅުގަނޑުމެންގެ ވެރިކަމުގައި ދިވެހި ފުލުހުންގެ މިފަދަ ހަޤީގީ މަސައްކަތައް އެބޭފުޅުން ރުޖޫއަވުން އަޅުގަނޑުމެން ދެކެން ބޭނުންވާ ދުވަހަކީ އެއީ" މާރިޔާ ވިދާޅުވިއެވެ.

އަންގާރަ ދުވަހުގެރޭ މާފަންނުކޮޅުގައި ހިންގިމާރާމާރީއަކާ ގުޅިގެން އެމާރާމާރީ ހިންގި މީހެއްކަމަށް ބެލެވޭ މީހަކު އެސަރަހައްދުގައި ހުރި  ޓްރެފިކް ފުލުހަކު ވަނީ ހިފާ ހައްޔަރުކޮށްފައެވެ. އެފުލުސް މީހާގެ އެ ހިތްވަރަށް ގިނަ ބަޔަކު ދަނީ ވަރަށް ބޮޑަށް ތައުރީފް ކުރަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ގަޑިއިރު ކުރި
ރިވިއު ކުރީ: އަހުމަދު ފައިރޫޒު
- ކޮމެންޓް