ކ. މާލެ
|
29 އޯގަސްޓް 2018 | ބުދަ 17:00
ޖުމްހޫރީ ޕާޓީގެ ބާނީ ގާސިމް އިބްރާހީމް
ޖުމްހޫރީ ޕާޓީގެ ބާނީ ގާސިމް އިބްރާހީމް
މުހައްމަދު ޝަރުހާން
ރިޔާސީ އިންތިހާބު 2018
ރައީސް ޔާމީން ރާއްޖެ ދޫކޮށް ފިލައިގެން ވަޑައިގަންނަވާނެ ދުވަސް މާދުރަކު ނެތް: ގާސިމް
ރައީސް ޔާމީން ގެންދަވަނީ ކެމްޕެއިންގެ ތެރެއިން އިދިކޮޅު ފަރާތްތަކަށް ބަހުގެ ހަމަލާތައް ރައްދު ކުރައްވަމުން

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ރާއްޖެ ދޫކޮށް، ފިއްލަވައިގެން ވަޑައިގަންނަވާނެ ދުވަސް މާދުރަކު ނެތް ކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގައި އިސްދައުރެއް އަދާކުރައްވާ ޖުމްހޫރީ ޕާޓީގެ ފައުންޑަރ ގާސިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.

ގާސިމް އިބްރާހީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ރައީސް ޔާމީން ރާއްޖެ ދޫކޮށް، ފިއްލަވައިގެން ވަޑައިގަންވާއިރު ވަޑައިގަންނަވާނީ ހަލާލު ނޫން ގޮތުގައި އެއްކުރައްވާފައިވާ ގިނަ ފައިސާ ހިއްޕަވައިގެން ކަމަށެވެ. މިހާތަނަށް އެހީތެރިވި، އަނިޔާ ނުދެވިތިބި، 10 ވަރަކަށް މީހުންނަށް "ލަނޑުދީފައި ފިލާ ރައްކާވާނެ" ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ. އެހެންނޫނީ ރައީސް ޔާމީން އޮންނަވާނީ ޖަލުގައި ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.

ރައީސް ޔާމީން ފިއްލަވާނެ ކަމަށް ކޮންމެވެސް ވަރަކަށް ސިޔާސީ ބައެއް ބޭފުޅުން ވިދާޅުވަމުން ގެންދަވާ މިދަނޑިވަޅުގައި ރައީސް ޔާމީން ގެންދަވަނީ އިދިކޮޅު ފަރާތްތަކަށް ބަހުގެ އަމަލާތައްވެސް ދެއްވަމުން ނެވެ. 

ގާސިމް އެގޮތަށް ވިދާޅުވި ނަމަވެސް ރައީސް ޔާމީން ފިއްލަވާނީ އަންނަ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކުރިން ކަމެއް ނުވަތަ ފަހުންކަމެއް ވިދާޅުވެފައެއް ނުވެއެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަހުމަދު ފައިރޫޒު
- ކޮމެންޓް