ކ. މާލެ
|
29 އޯގަސްޓް 2018 | ބުދަ 14:47
ރައީސް އަބްދުﷲ ޔާމީން
ރައީސް އަބްދުﷲ ޔާމީން
ރައީސް އޮފީސް
ރިޔާސީ އިންތިހާބު 2018
ނ. ވިހަފަރުގައި އެއަރޕޯޓެއް އަޅަން ރައީސް ވައުދުވެ ވަޑައިގެންފި
ދެ އަހަރު ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާނަން
އިދިކޮޅު ފަރާތްތަކަށް މިފަދަ ކަންކަމެއް ނުކުރެވޭނެ

ވެލީދޫ ކައިރީގައި އެއަރޕޯޓެއް އަޅާނެ ކަމަށް ރައީސް ޔާމީން ވައުދުވެއްޖެއެވެ.

ނ. ވެލިދޫގައި ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން ރައީސް އަބްދުﷲ ޔާމީން ވިދާޅުވީ ދެން އަންނަ ދައުރަކަށް އެމަނިކުފާނު ހޮވިއްޖެ ނަމަ ދެ އަހަރުގެ ތެރޭގައި ވިހަފަރުގައި އެއަރޕޯޓެއް ތަރައްގީ ކުރެވޭނެ ކަމަށެވެ.

"އޭރަށް ހަމަގައިމު ވެލިދޫގެ ރައްޔިތުން ވެސް ހޮޅުދޫގެ ރައްޔިތުން ވެސް އުފާވާނެ," ރައީސް ވިދާޅުވިއެވެ.

 ރައީސް ވިދާޅުވީ، މިކަން ކުރެވޭނީ އެފުރުސަތު އެމަނިކުފާނަށް ދެއްވައިގެން ކަމަށާއި އެ ފުރުސަތު ދެއްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. ރައީސް ވިދާޅުވީ އިދިކޮޅު ފަރާތްތަކަށް މާ ގިނަ މަސައްކަތްތަކެއް ނުކުރެވޭނެ ކަމަށާއި މިފަދަ ވާހަކަތައް ވެސް އެފަރާތްތަކަށް ނުދެއްކޭނެ ކަމަށެވެ.

ރައީސް ވިދާޅުވީ، ދެން އެމިނުފާނާއި އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާނީ ވިހަފަރުގައި އަޅާ އެއަރޕޯޓުން ކަމަށާއި އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް ރީތި ޕަރީންތައް ފިޔާތޮށި ބުރުގާތަކުގައި ތިބެން ވާނެ ކަމަށެވެ. އެ އަށް ވުރެ ބޮޑު އުފަލެއް ނޯންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް