ކ. މާލެ
|
29 އޯގަސްޓް 2018 | ބުދަ 04:23
މޯލްޑިވިއަންގެ ކެބިން ކްރޫއިންތަކެއް: ކުރޫއިން ސަލާމް ފޮނުވީ ބޯނަސް ދޫކޮށްފައިވާ ގޮތާމެދު ހިތްހަމަނުޖެހިގެން
މޯލްޑިވިއަންގެ ކެބިން ކްރޫއިންތަކެއް: ކުރޫއިން ސަލާމް ފޮނުވީ ބޯނަސް ދޫކޮށްފައިވާ ގޮތާމެދު ހިތްހަމަނުޖެހިގެން
މުހައްމަދު ޝަރުހާން
މޯލްޑިވިއަން
ހަޅުތާލު ކުރުމުގެ ގޮތުން މޯލްޑިވިއަންގެ ގިނަ ކެބިން ކްރޫއިން މަސައްކަތަށް ސަލާމް ފޮނުވައިފި
އުދުހުންތަަކަށް ބުރޫ އަރާފާނެ ކަމުގެ ބިރު އެބަ އޮތް
ހަޅުތާލު ކުރަން ނިންމީ ކުންފުނީގެ ބޯނަސް މައްސަލާގައި
50 ވުރެ ގިނަ މުވައްޒަފުން މަސައްކަތަށް ނުނުކުންނާނެ ކަމަށް ބެލެވޭ

އައިލެންޑް އޭވިއޭޝަންގެ މުވައްޒަފުންނަށް ބޯނަސް ދޫކުރި ގޮތާމެދު ހިތްހަމަނުޖެހިގެން، ގިނަ އަދަދެއްގެ ކެބިން ކްރޫއިން މަސައްކަތަށް ސަލާމް ބުނުމުން، މޯލްޑިވިއަންގެ އުދުހުންތަކަށް ބުރޫ އަރާފާނެ ކަމުގެ ބިރުހީވެއްޖެއެވެ.

ރާއްޖެޓީވީއަށް އެނގިފައިވާ ގޮތުގައި 70 އެއްހާ ކެބިން ކްރޫއިން މަސައްކަތް ކުރާ މޯލްޑިވިއަންގެ މަސައްކަތަށް މާދަމާ 50 ވުރެ ގިނަ ކްރޫއިން ނުނުކުންނާނެއެވެ. ސަބަބަކީ ހަޅުތާލު ކުރުމުގެ ގޮތުން ސަލާމް ބުނި ކެބިން ކްރޫއިންނާއި ޗުއްޓީ އާއި އޮފް ޑިއުޓީގައި ތިބި ކްރޫއިން މަސައްކަތަށް ނުނިކުތުމަށް ވަނީ އެއްބަސްވެފައެވެ.

އެނގިފައިވާ ގޮތުގައި ހަޅުތާލު ކުރުމުގެ ގޮތުން ސަލާމް ބުނި ކްރީއިންގެ އަދަދު 25އާ ގާތް ކުރެއެވެ. ޗުއްޓީގައި ތިބި ކްރޫއިންގެ އަދަދު 15އަށް އަރައެވެ. އަދި އޮފް ޑިއުޓީގައި 10 ވަރަކަށް ކްރޫއިން ތިބި ކަމަށްވެއެވެ.

ނަންހާމަ ނުކުރުމަށް ޝަރުތުކޮށް ރާއްޖެޓީވީއާ ވާހަކަ ދެއްކި މޯލްޑިވިއަންގެ ކެބިންކްރޫއަކު ބުނީ ގިނަ އަދަދެއްގެ ކްރޫއިން މަސައްކަތަށް ސަލާމް ބުނުމުން ޗުއްޓީގައި ތިބި ކުރޫއިންނަށާއި އޮފް ޑިއުޓީގައި ތިބި ކްރޫއިން މަސައްކަތަށް ނެރުމަށް ކުންފުނިން މަސައްކަތް ކުރަމުންދާ ކަމަށެވެ. ނަމަވެސް ކުންފުނިން ބޯނަސް ދޫކޮށްފައިވާ ގޮތާމެދު ހިތްހަމަނުޖެހިގެން، ހަޅުތާލު ކުރުމުގެ ގޮތުން މަސައްކަތަށް ނުނިކުތުމަށް ކެބިން ކްރޫއިން "އެއްބަސްކިޔާފައިވާ" ކަމަށެވެ.

ތިން އަހަރު ދުވަހަށްފަހު، އައިލެންޑް އޭވިއޭޝަންގެ މުވައްޒަފުންނަށް އަހަރީ ބޯނަސް ދޫކޮށްފައި ވަނީ އަންގާރަ ދުވަހުއެވެ. މުސާރައާ އެކު ގިނަ މުވައްޒަފުނަަށް ބޯނަސްގެ ގޮތުގައި ޖަމާކޮށްދީފައި ވަނީ 5،000 ރުފިޔާއެވެ. 

އައިލެންޑް އޭވިއޭޝަންގެ މުވައްޒަފުންގެ މެދުގައި ބޯނަސް ދޫކުރި ގޮތާމެދު ކަންބޮޑުވުން އުފެދުނީ ބޯނަސް ދޫކުރާ އުސޫލެއް ހާމަކުރުމެއް ނެތި ކުރު މުއްދަތުގައި ވަޒީފާގައި އުޅުނު މުވައްޒަފުންނަށް ބޯނަސް ދޫކޮށްފައިވާތީއެވެ. އަދި ހަތް އަހަރު ދުވަހާއި ފަސް އަހަރު ދުވަހުގެ ދިގު މުއްދަތަކަށް ކުންފުނީގައި މަސައްކަތް ކުރި މުވައްޒަފުންނަށް ބޯނަސް ފައިސާގެ ގޮތުގައި އެއްވެސް އެއްޗެއް ދީފައި ނުވާތީއެވެ. އަދި ބޯނަސް ފައިސާ ދޫކުރާ އުސޫލު ކުންފުނީގެ މުވައްޒަފުންނާ ހިއްސާކޮށްފައި ނުވާތީ ވެސް މުވައްޒަފުން ގެންދަނީ ކަންބޮޑުވުންފާޅު ކުރަމުންނެވެ.

އައިލެންޑް އޭވިއޭޝަންގެ މުވައްޒަފުންނަށް ބޯނަސް ދޫކުރި ގޮތާއި ކެބިން ކްރޫއިންގެ ހަޅުތާލާ ގުޅިގެން ބަހެއް ހޯދާލުމަށް މޯލްޑިވިއަންގެ މެނޭޖިން ޑިރެކްޓަރު އަބްދުލް ހާރިސަށް މެސެޖު ކުރުމުން އޭނާ ޖަވާބެއް ނުދެއްވައެވެ.

ރާއްޖެޓީވީއަށް އެނގިފައިވާ ގޮތުގައި ކެބިން ކްރޫއިންގެ ހަޅުތާލާ ގުޅިގެން، ކުއްލި ގޮތަކަށް ކެބިން ކްރޫއިންނާ ބައްދަލު ކުރުމަށް ހާރިސް ވަނީ ނިންމަވާފައެވެ. އެ ބައްދަލުވުން ބުދަ ދުވަހުގެ ހެނދުނު 10:00ގައި އޮންނާނެކަން ކެބިން ކްރޫއިންނަށް ވަނީ އަންގާފައެވެ.

ގާނޫނުއަސާސީގެ ދެ ވަނަ ބާބުގެ 31 ވަނަ މާއްދާގައި ބުނެފައި ވަނީ އިހްތިޖާޖު ކުރުމަށްޓަކާ ހަޅުތާލުކުރުމުގެ ގޮތުން މަސައްކަތް ހުއްޓާލައިގެން ތިބުމުގެ ހައްގު ރާއްޖޭގައި ވަޒީފާ އަދާކުރާ މީހުންނާއި އެ ނޫން ވެސް މަސައްކަތްތެރީންނަށް ލިބިގެންވާ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ގަޑިއިރު ކުރި
ރިވިއު ކުރީ: ރާއްޖެއެމްވީ ލޯކަލް
- ކޮމެންޓް
29 އޯގަސްޓް 2018 | ބުދަ 02:30
ހ މ ޒ
ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން މިރޭ ނ.އަތޮޅު ވެލިދޫ އަށް ވަޑައިގަތުމުން އެތައް ސަތޭކަ ބަޔަކު ނިކުމެ އެމަނިކުފާނަށް ހޫނު މަރުޙަބާއެއް ދަންނަވައިފިއެވެ.