ކ. މާލެ
|
28 އޯގަސްޓް 2018 | އަންގާރަ 21:12
އިދިކޮޅަށް ތާއީދުކުރާ ފަރާތްތަކުން ވެލިދޫ ބަނދަރު ސަރަހައްދުގައި
އިދިކޮޅަށް ތާއީދުކުރާ ފަރާތްތަކުން ވެލިދޫ ބަނދަރު ސަރަހައްދުގައި
ރާއްޖެ އެމްވީ
ރިޔާސީ އިންތިހާބު 2018
ވަގަށް ގޮވުމުން، ވެލިދޫން ޒުވާނަކު ހައްޔަރުކޮށްފި
ކޯޓުގެ އަމުރުގެ ދަށުން ބެނާތަކާއި ދިދަތައްވެސް ނަގާފައިވޭ

ރައީސް އަބްްދުﷲ ޔާމީން، ނ. ވެލިދޫއަށް ކުރައްވާ ދަތުރުފުޅުގައި އެމަނިކުފަނު އެ ރަށަށް ވަޑައިގެންނެވުމުގެ ކުރިން ބަނދަރުމަތީ ހުރެ ވަގަށް ގޮވިކަމަށް ބުނެ ޒުވާނަކު ހައްޔަރުކޮށްފި އެވެ. 

ރާއްޖެ.އެމްވީއަށް މައުލޫމާތުދެމުން ވެލިދޫގެ އެމްޑީޕީގެ ކެމްޕޭން މެނޭޖަރ އަޒްވަދު ހުސެއިން ވިދާޅުވީ ރައީސް ވަޑައިގަންނަވާތީ، ބަނދަރުގެ އެއް ފަރާތުގައި އިދިކޮޅު ފަރާތްތަކަށް ތާއީދުކުރާ އާންމު ރައްޔިތުން މަޑުކޮށްލައިގެން ތިބިކަމަށެވެ. އަދި އެ ސަރަހައްދުގައި މަޑުކޮށްގެން ތިއްބަ ޒުވާނަކު ހައްޔަރުކޮށްފައިވާކަމަށާއި، ހައްޔަރުކުރީ "ވަގަށް" ގޮވުމުގެ ސަބަބުން ކަމަށް އަޒްވަދު ވިދާޅުވި އެވެ. ހަމައެހެންމެ އިތުރު ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި އޭގެތެރޭގައި އަންހެނެއް ވެސް ހިމެނޭ ކަމަށް އަޒްވަދު ވިދާޅުވިއެވެ. 

އޭނާ ވިދާޅުވީ ރައީސް ވަޑައިގެންނެވުމުގެ ކުރިން ފުލުހުން ކޯޓު އަމުރުތަކަކާއެކު އިދިކޮޅު ފަރާތްތަކުން ބޭނުންކުރި ބެނާތަކާއި، އެމްޑީޕީގެ ދިދިތައް ނަގާފައިވާކަމަށެވެ. އެގޮތުން އެމްޑީޕީގެ ހަރުގޭގައި "އެޑްވާންސްކޮށް ވައްކަންކުރާ ވެރިޔެއް ބޭނުމެއް ނޫން" އެފަދައިން ލިޔެފައިވާ ބެނާއެއް އިނުމުން އެވެސް ފުލުހުން ގެންގޮސްފައިވާ ކަމަށެވެ. އޭގެއިތުރުން އަމިއްލަ މީހުންގެ ގޭގޭގައި ނަގާފައި ހުރި އެމްޑީޕީގެ ދިދަތައްވެސް ފުލުހުން ނެގިކަމަށް އަޒްވަދު ވިދާޅުވި އެވެ. 

ރައީސް ޔާމީން ވެލިިދޫއަށް ވަޑައިގެންނެވީ، ވެލިދޫގައި ކުރިއަށްގެންދިޔަ މަޝްރޫއުތަކުގެ ނިމުން ފާހަގަކުރުމުގެ ގޮތުންނެވެ. 

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް
30 އޯގަސްޓް 2018 | ބުރާސްފަތި 05:11
ހައްވަ
ވަގަކަށް ވަގަށް ގޮވޭނެ ކަމަށް އިަހަށް ދުވަހު ވިދާޅުވީ މަމެންގެ ރައީސުގެ ރިހި ދޫފުޅުންނޭ
28 އޯގަސްޓް 2018 | އަންގާރަ 18:50
ޙަސަން ޓީ
މަސްރޫއުތައް ހިންގުމާއި ޙަވާލުވެ ތިއްބެވި ބޭފުޅުން ވިދާޅުވަނީ ފެނާއި ނަރުދަމާ ިިޚިދުމަތް އަދި ދެވޭނެ ދުވަހެއް ނޭނގޭ ކަމަށް.. ???
28 އޯގަސްޓް 2018 | އަންގާރަ 18:02
އައްލަބޭ
ރަށް ރަށުގު ކޯޓުތަކުގައިތިބީ ސިޔާސީ މެޖިސްޓްރޭޓުންތޯ ؟ މަގާމެއް ހަވާލުވުމަކީ ތިމާބޮޑާކަމާއި ކިބުރުވެރިކަން ދައްކަންޖެހޭ ކަމެއްނޫނެވެ. އިންސާފާއި ހަމަހަމަކަށް ގާއިމު ކުރުމަކީ އެބޭފުޅުންގެ ވާޖިބެކެވެ. އެބަހީ މާތްﷲ ގައްދީ ކޮއްފައިވާ ހުވާމަތީން ހަނދާންކޮށް އެކަމަށް ބިރުވެތިވުމެވެ.
28 އޯގަސްޓް 2018 | އަންގާރަ 17:49
Noonu zaviyani
Poadium thakah araa guruaan ge ayaiy thah kiyavai e a yathuge maana kiyaalan egey konme meehakee fathuvaa dhey dheenee ilumuveriyakah veethow? dherakamakee mihen araa vaahaka dhahkaa gina beyfulhunnah aayathul kurushi ves kiyan neygeykan haadha ladhuvethie y