ކ. މާލެ
|
28 އޯގަސްޓް 2018 | އަންގާރަ 19:35
އިންސާނުން ހިމާޔަތް ކުރާ މަހެއްގެ ގޮތުގައި ކޯމަސް ވަނީ މަޝްހޫރުވެފައި
އިންސާނުން ހިމާޔަތް ކުރާ މަހެއްގެ ގޮތުގައި ކޯމަސް ވަނީ މަޝްހޫރުވެފައި
ސްކައި ނިއުސް
ސަކަރާތް ޖަހާ ކޯމަސް
ސަރަކާތް ޖަހާ ކޯމަހެއްގެ ސަބަބުން މޫދަށް އެރުން އެންމެނަށް މަނާކޮށްފި
 
ކޯމަސްވެފައި ވަނީ އެ ސަރަހައްދަށް ޒިޔާރަތް ޓޫރިސްޓުންގެ އަމާޒަކަށް
 
މޫދަށް އެރުން މަނާ ކުރީ މޭޔަރު ރޯޖާ ލާސް

ސަކަރާތް ޖަހާ ކޯމަހެއްގެ ސަބަބުން ފްރާންސްގެ ހުޅަނގު އައްސޭރިއަށް މޫދަށް އެރުން އެންމެނަށް މަނާކޮށްފިއެވެ.

ފްރާންސްގެ ހުޅަނގު އައްސޭރި ފަށުގައި އޮންނަ ބްރިޓަނީ ކޯސްޓަލް އަވަށުގެ ރައްޔިތުންނަށް މޫދަށް އެރުން މަނާ ކުރީ މޭޔަރު ރޯޖާ ލާސްއެވެ. މޭޔަރު ވިދާޅުވީ މީހުންގެ ސަމާލުކަން އަތުލައި ގަނެ، އެންމެންނާ އެކުވެރިކަން ބަހައްޓާ އެ ކޯމަސް، އެ ސަރަހައްދުގައި އުޅޭ ވަގުތު އެއްވެސް މީހަކަށް މޫދުގައި ނޫޅެވޭނެ ކަމަށެވެ. އަދި ފަތަމުންދާ ވަގުތު ކޯމަސް ފެނިއްޖެނަމަ އެޔާ 50 މީޓަރު ދުރުން އުޅުމަށް ވަނީ އަންގާފައެވެ.

ޒެކްގެ ނަމުން މަޝްހޫރުވެފައިވާ 10 ފޫޓުގެ އެ ކޯމަސްވެފައި ވަނީ އެ ސަރަހައްދަށް ޒިޔާރަތް ޓޫރިސްޓުންގެ އަމާޒަކަށެވެ. ގިނަ މަސްތަކެއް ވަންދެން އެ ކޯމަސް ބެލެވިފައިވަނީ ވަރަށް ރަހްމަތްތެރި، ކުޑަކުދިންނާއެކު ސަކަރާތް ޖަހާ، ޓޫސްރިސްޓުންގެ ކައިރިއަށް ގޮސް އެ މީހުންނާއެކު ފަތަން ފޯރި ހުންނަ މަހެއްގެ ގޮތުގައެވެ. ނަމަވެސް ދެތިން މަސް ކުރިން ކަމާބެހޭފަރާތްތަކުން ވަނީ އެ ކޯމަސް މާބޮޑަށް ގައިގޯޅި ވާކަން ފާހަގަ ކޮށްފައެވެ.

ދުވަސް ކޮޅެއް ކުރިން ފަތަން ދިޔަ މީހަކު އެ ކޯމަހުގެ ކައިރިން ވަނީ ސަލާމަތް ކޮށްފައެވެ. އެ ކޯމަސް ވަނީ އޭނާއާއެކު ސަކަރާތް ޖެހުމުގެ ޝައުގުވެރިކަން ހުރިލެއް ބޮޑުކަމުން އޭނާ އެއްގަމަށް ދިއުމަށް ހުރަސް އަޅާފައެވެ. އެހެން ހާދިސާއެއްގައި އެ ކޯމަސް ވަނީ މީހުންގެ ސަމާލުކަން އަތުލުމަށް ކަދުފަތިއެއްގެ މަތިން ނުރައްކާތެރި ފުންމުމެއް ފުންމާފައެވެ. އަދި މޫދުގައި އޮތް ކުޑަ ކުއްޖެއް އޭނާގެ ނޭފަތު މަތިން ބޯޅައެއް ކުޅޭ ގޮތަށް ގެންގުޅެފައެވެ. މޭޔަރު މޫދަށް އެރުން އެންމެނަށް މަނާ ކުރީ އެ ހާދިސާއަށް ރިއާޔަށް ކޮށްފައެވެ.

މެރިން ބައޮލޮޖިސްޓުން ވަނީ އެ ކޯމަސްގެ ސަބަބުން މީހުންނަށް ނުރައްކާތެރި އަނިޔާތައް ލިބިދާނެކަމަށް ބުނެފައެވެ. އެ ކޯމަހަކީ ބާރުގަދަ މަހެއް ކަމަށާއި ކިތަންމެ އޯގާތެރިކޮށް އަމަލުތައް ހުރި ކަމުގައި ވީނަމަވެސް އެޔަށް އޮޅިގެން ގެއްލުމެއް ދެވުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެ ތަޖްރިބާކާރުން ވަނީ ވިދާޅުވެފައެވެ.

އެ ސަރަހައްދުގެ ލޯކަލް ޚަބަރު ގެނެސްދޭ އައުސްޓް ފްރާންސްއިން ބުނީ އެ ކޯމަސް އެކަނޑު ދޫކޮށްފައި ހިގައްޖެ ކަމަށާއި އެއާ ގުޅިގެން މީހުން މޫދަށް އެރުން މަނާކޮށްފައި އޮތް އޮތުން ވަނީ ނިމުމަކަށް ގެނެސްފައި ކަމަށެވެ. ނަމަވެސް އެ ކޯމަސް އެ ކަނޑުތެރެއިން ފެނިއްޖެނަމަ ކުރިން އޮތް ގަވާއިދު ތަންފީޒުވާނެކަމަށް ވަނީ ބުނެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
11%
11%
44%
11%
0%
22%
ކޮމެންޓް