ކ. މާލެ
|
28 އޯގަސްޓް 2018 | އަންގާރަ 19:22
ހަރަކާތުގައި ރިލްވާންގެ ދައްތަ ބައިވެރިވެވަޑައިގަންނަވަނީ
ހަރަކާތުގައި ރިލްވާންގެ ދައްތަ ބައިވެރިވެވަޑައިގަންނަވަނީ
ޓްވިޓަރ
ނޫސްވެރިޔާ ރިލްވާން
ނޫސްވެރިޔާ އަހްމަދު ރިލްވާންގެ ހަނދާން އާކޮށްފި
މި ހަރަކާތަކީ އެއްހަފްތާގެ މުއްދަތަށް ކުރިއަށް ގެންދާނެ ހަރަކާތެކެއް

ބައިނަލްއަޤްވާމީ ގެއްލުވާލާފައިވާ މީހުންގެ ދުވަހުގައި ގެއްލުވާލާފައިވާ ނޫސްވެރިޔާ އަހްމަދު ރިލްވާން އަބްދުﷲގެ ހަދާން އާކޮށްފިއެވެ.

އެމްނެސްޓީ އިންޓަރނޭޝަނަލް އިން ފާހަގަކުރާ ބައިނަލްއަޤްވާމީ ގެއްލުވާލާފައިވާ މީހުންގެ ދުވަހު ގެއްލުވާލާފައިވާ ނޫސްވެރިޔާ ރިލްވާންގެ އާއިލާގެ ފަރާތުންވެސް ވަނީ ބައިވެރިވެފައެވެ.  މި ހަރަކާތަކީ އެއްހަފްތާގެ މުއްދަތަށް ކުރިއަށް ގެންދާނެ ހަރަކާތެކެއެވެ. މިއަދު ހެނދުނު ސްރީލަންކާގައި ފެށުނު މި ހަރަކާތުގައި ދެކުނު އޭޝިޔާގައި ވީނުވީ ގޮތެއް ނޭނގި ގެއްލުވާލާފައިވާ މީހުންގެ އާއިލާތަކުންވަނީ އެކި ބެނާރތަކާއި، ޕޯސްޓަރުތައް ހިފައިގެން ހިނގާލާފައެވެ. ސްރީލަންކާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިންވެސް ވަނީ މި ހަރަކާތުގައި ބައިވެރިވެފައެވެ.

 

މީގެ އިތުރުން ހަވީރު ހަތަރެއް ޖެހިއިރު ގޯލްފޭސްގައިވަނީ ދެކުނު އޭޝިޔާގައި ގެއްލުވާލާފައިވާ މީހުން ގެއްލުވާލާފައިވާ ގޮތުގެ ތަމްސީލުތަކެއް ކުޅެފައެވެ.

މީގެ އިތުރުން ގެއްލުވާލާފައިވާ މީހުންގެ އާއިލާތަކުންވަނީ މި ހަރަކާތުގައި ވާހަކަދައްކާފައެވެ. އެގޮތުން މި ހަރަކާތުގައި ރިލްވާންގެ ދައްތަވަނީ ވާހަކަދައްކާފައެވެ. ރިލްވާން ވަގަށް ނެގިތާ ހަތަރު އަހަރު ވީއިރުވެސް ފުލުހުންނަށް އޭނާ ހޯދިފައި ނުވާއިރު ރިލްވާން ހޯދަން ވަޒީރުންގެ މަޖިލީހުގެ ފެންވަރުގައި ކުރަމުން ދިޔަ މަސައްކަތްތައް ހުއްޓުވާލީ ރައީސް އަބްދުﷲ ޔާމީން ކަމަށް ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބު ވަނީ ވިދާޅުވެފައެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް