ކ. މާލެ
|
28 އޯގަސްޓް 2018 | އަންގާރަ 20:36
އަދާލަތު ޕާޓީގެ ބައެއް ބޭފުޅުން މެލޭޝިޔާގެ ކުރީގެ ބޮޑުވަޒީރުގެ ނައިބާއެކު
އަދާލަތު ޕާޓީގެ ބައެއް ބޭފުޅުން މެލޭޝިޔާގެ ކުރީގެ ބޮޑުވަޒީރުގެ ނައިބާއެކު
ގޫގުލް
އަދާލަތު ޕާޓީ
މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރުގެ ނައިބު ތުން މޫސާ ހިތާމް އާއި އަދާލަތު ޕާޓީން ބައްދަލުކޮށްފި
ބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ މެލޭޝިއާގައި

މެލޭޝިޔާގެ ކުރީގެ ބޮޑުވަޒީރުގެ ނައިބު ތުން މޫސާ ހިތާމް އާއި، ޢަދާލަތު ޕާޓީން ބައްދަލުކޮށްފިއެވެ.

އަންގާރަ ދުވަހުގެ ހެނދުނު މެލޭޝިއާގައި ބޭއްވުނު ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ސިޔާސީ މަސްރަޙާ ގުޅޭގޮތުން ބޮޑުވަޒީރުގެ ނައިބު ތުން މޫސާއާ ވަނީ މަޝްވަރާކޮށްފައެވެ. އަދި އަންނަ މަހުގެ ރިޔާސީ އިންތިޚާބާއި ރާއްޖޭގެ ސިޔާސީ ޕާޓީތަކަށް ދިމާވެފައިވާ ގޮންޖެހުންތަކާއި ބެހޭ ގޮތުން ވަނީ މަޝްވަރާކޮށްފައެވެ. އޭގެއިތުރުން، ޕާޓީތަކުގެ ލީޑަރުންނަށް ދެމުންގެންދާ އަނިޔާތަކާއި ދެފުށް ފެންނަ އިންތިޚާބަކަށް މި އިންތިޚާބު ހެދުމާއި ބެހޭ ގޮތުން ވެސް މަޝްވަރާ ކޮށްފައިވާކަމަށް އަދާލަތު ޕާޓީން ބުނެއެވެ. އެއާއެކު އަދާލަތު ޕާޓީން ވަނީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ވެރިކަމެއްގައި އަލުން ކޮމަންވެލްތާ ގުޅުމާމެދު ވެސް ވާހަކަ ދައްކަވާފައެވެ.

ޢަދާލަތު ޕާޓީގެ ފަރާތުން ބައިވެރިވެވަޑައިގެންނެވި ވަފުދުގައި އިސްކޮށް ހުންނެވީ ދިވެހިރާއްޖެއިން ކުރީގައި މެލޭޝިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ދާތޯ މުހައްމަދު ޒަކީ (ނަޒާކީ ޒަކީ) އެވެ. ޒަކީއާއެކު އެ ވަފުދުގައި އިތުރަށް ބައިވެރިވެވަޑައިގެންނެވީ ޢަލީ ޠާލިބް އާއި އިސްމާއިލް ޒަކީ އެވެ.

ބޮޑުވަޒީރުގެ ނައިބު ތުން މޫސާ ހިތާމް ވިދާޅުވީ ދިވެހިރާއްޖެ އަކީ އެމަނިކުފާނުގެ ގާތް ރަހުމަތްތެރި ޤައުމެއް ކަމަށާއި ދިވެހިރާއްޖެ އާއި މެލޭޝިއާ ދެމެދު އޮންނަ ރަޙުމަތްތެރި އަދި އުޚުއްވަތްތެރިކަމުގެ ގާތްގުޅުން އިތުރަށް ބަދަހިވުން އަބަދުވެސް އެދިވަޑައިގަންނަވާކަމަށެވެ. އަދި އެމަނިކުފާނުގެ ހެޔޮއެދުންތަށް ދިވެހި ރައްޔިތުންނަށް ފޮނުއްވާކަމަށްވެސް ވިދާޅުވިއެވެ.

އަދާލަތު ޕާޓީން ކޮމަންވެލްތާއި ގުޅުމާއި ބެހޭގޮތުން މަޝްވަރާ ކުރައްވާފައިވާއިރު ރައީސް މުހައްމަދު ނަޝީދާއި އިދިކޮޅު ކޯލިޝަނުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ކޯލިޝަނުގެ ވެރިކަމެއްގައި ކޮމަންވެލްތާއި ގުޅޭނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ. ކޮމަންވެލްތުން ދިވެހިރާއްޖެ ވަކިވިތާ އެއް އަހަރު އަންނަ މަހަށް ފުރޭއިރު، ރާއްޖެ އެޖަމިއްޔާއިން ރައީސް ޔާމީން ވަކިކޮށްފައި ވަނީ ރައްޔިތުންގެ އެއްވެސް ބަހެއް ހޯދުމަކާ ނުލައެވެ.

މެލޭޝިއާގެ ބޮޑުވަޒީރުގެ ނައިބު ތުން މޫސާ ހިތާމް އަކީ 2005 ވަނަ އަހަރުން 2008 ގެ ނިޔަލަށް އދ އިން ދިވެހިރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނެވި ޚާއްސަ މަންދޫބެވެ. އެމަނިކުފާނަކީ ކޮމަންވެލްތު ޕާލަމެންޓްރީ އެސޯސިއޭޝަންގެ ޗެއަރމަން ކަން ކުރައްވާ އަދި ކޮމަންވެލްތުގެ ފަރާތުން މެންބަރު ޤައުމުތަކުގެ އިންތިޚާބުތައް އޮބްޒާވްކުރެއްވުމާއި ސިޔާސީ ހަމަނުޖެހުންތަކަށް ޙައްލު ހޯއްދެވުންފަދަ މުހިންމު މަސައްކަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް