Advertisement
ކ. މާލެ
|
29 ޖެނުއަރީ 2017 | އާދީއްތަ 08:46
ޑރ މުހައްމަދު ޝައިނީ
ޑރ މުހައްމަދު ޝައިނީ
އަޒުމޫން އަހުމަދު
ނާޒިމްގެ މައްސަލަ
ނާޒިމް ދޫކޮށްލަން ނުޖެހޭ: ޑރ. ޝައިނީ
ނާޒިމްގެ މައްސަލައިގައި ޝަރުއީ ތިން މަރުހަލާ ވަނީ ނިމިފައި- ޝައިނީ

ރާއްޖޭގެ ވެރިކަން ކުރެއްވި ދެ ބޭފުޅުން ކުރީގެ ޑިފެންސް މިނިސްޓަރ މުހައްމަދު ނާޒިމް ދޫކޮށްލުމަށް ގޮވާލެއްވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް ބުރޫއަރާ ފަދަ ކަމެއް ކުރުމަށް ގޮވާލުމަކީ ޤާނޫނު އަސާސީ އާއި ހިލާފުކަމެއް ކަމަށް ފިޝަރީޒް މިނިސްޓަރ ޑރ މުހައްމަދު ޝައިނީ ވިދާޅުވެއްޖެ އެވެ.

ނާޒިމް ދޫކޮށްލުމަށް އދ ވޯކިން ގްރޫޕް އޮން އާބިޓަރީ ޑިޓެންޝަނުން ނެރުނު ރިޕޯޓާގުޅޭ ގޮތުން ބައެއް މީޑިޔާތަކުގައި ޑރ މުހައްމަދު ޝައިނީ ވިދާޅުވީ، ނާޒިމްގެ މައްސަލައިގައި ޝަރުއީ ތިން މަރުހަލާ ނިމިފައިވާ އިރު އދގެ ވޯކިން ގްރޫޕުގެ ނިންމުމަކީ ގާނޫނު އަސާސީގެ މައްޗަށް ބާރު ނުފޯރުވޭ ނިންމެވުމެއް ކަމަށެވެ.މިފަދަ ނިންމުންތައް ނިންމުމުގައި ރާއްޖޭގެ ހާލަތު ދެނެގަތުމަށް ހުރިހާ ފަރާތްތަކަށް ފުރުސަތު ހުޅުވާލައިވާ އިރު އެ ފުރުސަތު ބޭނުން ނުކޮށް ގޮތެއް ނިންމެވުމަށް ފަހު ހާލަތު ދެނެގައުމަށް އައުން އެއީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ. 

ޝައިނީ ވަނީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު ނާޒިމް ދޫކޮށްލުމަށް ސަރުކާރަށް ގޮވާލުން އެއީ ރައްޔިތުންނާމެދު ބޭއިހްތިރާމް ކުރުން ކަމުގައި ސިފަ ކުރައްވާފަ އެވެ.

ޝައިނީ ވިދާޅުވީ، އދ ވޯކިން ގްރޫޕުން މިފަދަ ކިތަންމެ ނިންމުންތަކެއް އެހެން ގައުމުތަކާ މެދުވެސް ނިންމަވާ ކަމަށާއި އެހެން ނަމަވެސް އެ ނިންމުމަށް ތަބާވުން އެހީ ލާޒިމް ކަމެއް ނޫން ކަމަށެވެ.

ޝައިނީ މިމޭރުމުން ވާހަކަފުޅު ދައްކަވާފައިވާ އިރު ކުރީގެ ކޮމިޝަނަރް އޮފް ޕޮލިސް އަދި މިހާރުގެ ކިނބިދޫ ދައިރާގެ މެންބަރު އަބްދުﷲ ރިޔާޒް ވަނީ ނާޒިމް ދޫކޮށްލުމަށް ގޮވާލައްވާފަ އެވެ. އެގޮތުން އަނިޔާވެރިކަން އިސްކޮށްގެން ރައްޔިތުންގެ ރުހުމެއް ނުލިބޭނެ ކަމަށާއި އަނިޔާވެރިންގެ ނިމުން ހިތިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެމްނެސްޓީ އިންޓަނޭޝަނަލްއާ ގުޅިގެން ނާޒިމްގެ އާއިލާއިން އެ މައްސަލަ އަދގެ ވޯކިން ގްރޫޕް އޮން އާބިޓްރަރީ ޑިޓޭންޝަނަށް ހުށައަޅާފައި ވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ. ރާއްޖެއިން ބައިވެރިވެފައިވާ ދެ މުއާހަދާ ކަމަށްވާ، ބައިނަލްއަގްވާމީ މަދަނީ އަދި ސިޔާސީ ހައްގުތަކާ ބެހޭ މުއާހަދާ އާއި ޔުނިވާސަލް ޑިކްލެރޭޝަން އޮފް ހިއުމަންރައިޓްސް އިން ކަށަވަރުކޮށްދޭ އެތައް ހައްގެއް ނިގުޅައިގަނެފައިވާ ކަމަށް ވޯކިން ގްރޫޕުން ނެރުނު ރިޕޯޓްގައި ބުނެފައި ވަނީ ބުނެފަ އެވެ.

ނާޒިމްގެ މައްޗަށް ހިންގީ މިނިވަން އިންސާފުވެރި ޝަރީއަތެއް ނޫން ކަމަށް ވޯކިން ގްރޫޕުން ބުނެފައިވާ އިރު ނާޒިމްގެ ފަރާތުން އދ. އަށް ހުށަހެޅި މައްސަލައިގައި ހަގީގަތް އޮޅުވާލާފައިވާ ކަމަށް ސަރުކާރުން ބުނާ ބުނުމަށް ތާއީދު ނުކުރާ ކަމަށް ވެސް ބުނެފައިވެ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް