ކ. މާލެ
|
28 އޯގަސްޓް 2018 | އަންގާރަ 14:58
ޖުމްހޫރީ ޕާޓީގެ ނާއިބު ލީޑަރު އަމީން
ޖުމްހޫރީ ޕާޓީގެ ނާއިބު ލީޑަރު އަމީން
ވީނިއުސް
ރިޔާސީ އިންތިހާބު 2018
ގުޅިފައިވާ ކޯލިޝަނަށް ފާޑުކީ ނަމަވެސް ރައްޔިތުން ޖެހެލުމެއް ނުވާނެ: އަމީން
އިއްތިހާދަށް "ކޮކްޓެއިލެކޭ" "ފުސްކޭލެކޭ" ވިދާޅުވިޔަސް ރައްޔިތުން ކަންބޮޑެއް ނުވާނެ
ދިވެހި ރައްޔިތުން މިއަދު އެންމެ ބޭނުންވަނީ ރައީސް ޔާމިން ވެރިކަމުން ދުރުކުރަން

ގުޅިފައިވާ ކޯލިޝަން ރޫޅޭނެ ކަމަށް ބުނެ ފާޑުކީ ނަމަވެސް އެއީ ރައްޔިތުން ޖެހެލުންވާ ކަމެއް ނޫން ކަމަށް ޖުމްހޫރީ ޕާޓީގެ ނާއިބު ލީޑަރު އަމީން އިބްރާހިމް ވިދާޅުވެއްޖެއެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީތަކަށް އެކުގައި މަސައްކަތް ނުކުރެވޭނެ ކަމަށާއި، އެއްވެސް ކަމަކަށް އެއްބަސްނުވެވޭ ކޮކްޓެއިލް ކޯލިޝަނެއް ރައީސް ޔާމިން ވިދާޅުވުމާއި ގުޅިގެން އެކަމަށް ރައްދު ދެއްވާ އަމީން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިއްތިހާދަށް "ކޮކްޓެއިލެކޭ" "ފުސްކޭލެކޭ" ވިދާޅުވިޔަސް އެއީ ރައްޔިތުން ކަންބޮޑުވާނެކަމެއް ނުވާނެ ކަމަށެވެ. 

ދިވެހި ރައްޔިތުން މިއަދު އެންމެ ބޭނުންވަނީ ރައީސް ޔާމިން ވެރިކަމުން ދުރުކުރުންކަން ފާހަގަކުރައްވައި އަމީން ވިދާޅުވީ ކޮންމެ ގޮތަކުން ވިޔަސް ރައީސް ޔާމިން ވެރިކަން ބަދަލު ކުރާނެ ކަމަށާއި، އެމަނިކުފާނު ވެރިކަމުން ބާލާނެ ކަމަށެވެ. އަދި ރައްޔިތުން ގެއަށް ވަންނާނީ ވެސް ރައީސް ޔާމިން ވެރިކަމުން ބޭލުމަށް ފަހު ކަމަށް އަމީން ވިދާޅުވިއެވެ. 

އަމީން ވިދާޅުވީ ރައްޔިތުން މިފަހަރު ގެއަށް ވަންނާނީ ރިޔާސީ އިންތިޚާބުގައި ރައީސް ޔާމިން ބަލިކޮށް، ގޮނޑި ސާފުކޮށްފައި ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް