ކ. މާލެ
|
28 އޯގަސްޓް 2018 | އަންގާރަ 13:06
ރައީސް ނަޝީދާއި ގާސިމް އިބްރާހިމް: ވޯޓު ލައްވަން ވަޑައިގަންނަވަންޖެހޭނީ ޖަލަށް
ރައީސް ނަޝީދާއި ގާސިމް އިބްރާހިމް: ވޯޓު ލައްވަން ވަޑައިގަންނަވަންޖެހޭނީ ޖަލަށް
ޓްވިޓަރ
ރިޔާސީ އިންތިހާބު 2018
ނަޝީދާއި ގާސިމް ވޯޓުލާން ޖެހޭނީ ޖަލު ފޮށްޓަށް: އީސީ
ރީ-ރަޖިސްޓްރީ ކުރަން ގާސިމު ހުށަހެޅުއްވި
ރީރަޖިސްޓްރީ ކުރަން ނަޝީދު ހުށައެއްނާޅުއްވާ
އިދިކޮޅު ހަތަރު ލީޑަރުން ވެސް ވޯޓުލައްވަން ޖެހެނީ ޖަލު ފޮށްޓަށް

ޖަލު ހުކުމްގައި ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ފައުންޑާ ގާސިމް އިބްރާހިމް ރިޔާސީ އިންތިހާބުގައި ވޯޓުލާން ލައްވަންޖެހޭނީ ޖަލު ފޮށްޓަށް ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަހުމަދު އަކްރަމް ވިދާޅުވީ ޖަލު ހުކުމް ތަންފީޒު ކުރަމުންދާ ފަރާތްތަކުން ރީރަޖިސްޓްރީ ކުރެވޭނީ ހަމައެކަނި ޖަލު ފޮށްޓަށް ކަމަށާއި ޖަލު ހުކުމްގައި ތިބޭ ފަރާތްތަކުން ރީ-ރަޖިސްޓްރޭޝަން ކުރިއަށް ގެންދާނީ ވެސް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ކަމަށެވެ.

އަކްރަމް ވިދާޅުވި ގޮތުގައި ރައީސް ނަޝީދު ރީ-ރަޖިސްޓްރީ ކުރެއްވުމަށް ފޯމު ހުށަހަޅުއްވާފައެއް ނުވެއެވެ. ނަމަވެސް ޖަރުމަނުވިލާތުގެ ހިމާޔަތުގައި އެ ގައުމުގައި ހުންނެވި ގާސިމް، ލަންޑަންގައި ހުންނަ ވޯޓު ފޮށްޓަށް ވޯޓުލުމަށް ފޯމު ހުށަހެޅުއްވި ކަމަށް އޭނާ ވިދާޅުވިއެވެ.

އަކްރަމް ވިދާޅުވީ ލަންޑަނު ވޯޓު ފޮށްޓަށް ގާސިމް ރީ-ރީރަޖިސްޓްރީ ކުރެވެން ނެތްކަން އަންގާފައިވާނެ ކަމަށެވެ.

ޖަލު ހުކުމުގައި ތިއްބެވި އިދިކޮޅު ހަތަރު ލީޑަރުންގެ ތެރެއިން ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲ ވަނީ ޖަލު ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓްރީ ކުރައްވާފައެވެ. އޭގެ އިތުރުން ބަންދުކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު ހަތަރު މެމްބަރަކު ވެސް ވޯޓުލައްވަނީ ޖަލު ފޮށްޓަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް