ކ. މާލެ
|
28 އޯގަސްޓް 2018 | އަންގާރަ 12:43
ޕީޕީއެމުން މީގެ ކުރިން ބޭއްވި ޖަލްސާއެއްގައި ރައީސް ޔާމީން ވާހަކަ ދައްކަވަނީ
ޕީޕީއެމުން މީގެ ކުރިން ބޭއްވި ޖަލްސާއެއްގައި ރައީސް ޔާމީން ވާހަކަ ދައްކަވަނީ
ރައީސް އޮފީސް
ޕީޕީއެމް
ޕީޕީއެމްގެ ބޮޑު ޖަލްސާއެއް ސެޕްޓެމްބަރު 7 ގަައި ބާއްވަނީ
ރައީސް ޔާމީންގެ މެނިފެސްޓޯގެ މުހިއްމު ކަންތައްތައް ހިިއްސާކުރައްވާނެ
އެ ޖަލްސާގައި ރައީސް ޔާމީން ވާހަކަފުޅު ދައްކަވާނެ

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް(ޕީޕީއެމް)ގެ ބޮޑު ޖަލްސާއެއް އަންނަ ސެޕްޓެމްބަރު މަހުގެ 7ގައި ބާއްވަން ހަމަޖެހިފައިވާކަމަށް އެ ޕާޓީން ބުނެފިއެވެ. 

ޖަލްސާއާއި ބެހޭގޮތުން ޕީޕީއެމްގެ ފަރާތުން އެ ޕާޓީގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޕީއެމް ޕާލިމަންޓްރީ ގުރޫޕްގެ ލީޑަރު އަހްމަދު ނިހާނު ހުސައިން މަނިކު ވިދާޅުވީ ސެޕްޓެމްބަރު 7 ވާ ހުކުރުދުވަހުގެރޭ 8:30 ގައި ޕީޕީއެމް ޖަލްސާ އަލިމަސް ކާނިވާ ސަރަހައްދުގައި ކަމަށެވެ. 

ނިހާނު ވިދާޅުވީ އެ ޖަލްސާގައި ރައީސް ޔާމީންގެ މެނިފެސްޓޯގެ މުހިއްމު ކަންތައްތައް ހިއްސާ ކުރައްވާނެ ކަމަށާއި އެޖަލްސާގައި ރައީސް ޔާމީން ވާހަކަފުޅު ދައްކަވާނެކަމަށެވެ. 

ޕީޕީއެމުން ޖަލްސާއެއް ބާއްވަން ނިންމާފައިވާއިރު ގުޅިފައިވާ ޕާޓީތަކުގެ ބޮޑު ޖަލްސާއެއް ބޭއްވުމަށް ދަރުބާރުގެ ރަންނަބަނޑޭރި މާލަން ދިނުމަށް ހައުސިން މިނިސްޓްރީން ނިންމާފައިވާކަމަށް އެމްޑީޕީއަށް ވަނީ އަންގާފައެވެ. އެހެން ނަމަވެސް ގުޅިފައިވާ ޕާޓީތަކުގެ ބޮޑު ޖަލްސާ ބާއްވާނެ ތާރީޚެއް އަދި ހާމަކޮށްފައެއް ނުވެއެވެ. މިއީ ފަހުގެ ތާރީހެއްގައި ގުޅިފައިވާ ޕާޓީތަކަށް އެފަދަ ހަރަކާތެއް ބޭއްވުމަށް ސަރުކާރުން ތަނެއް ހަމަޖައްސައިދިން ފުރަތަމަ ފަހަރެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް