ކ. މާލެ
|
28 އޯގަސްޓް 2018 | އަންގާރަ 10:47
ސިނަމާލެ ބްރިޖް: މި ބްރިޖް އަންނަ ބުރާސްފަތި ދުވަހުގެ ރޭ ހުޅުވާނެ
ސިނަމާލެ ބްރިޖް: މި ބްރިޖް އަންނަ ބުރާސްފަތި ދުވަހުގެ ރޭ ހުޅުވާނެ
ޓްވިޓަރ
ސިނަމާލެ ބްރިޖް
ސިނަމާލެ ބްރިޖް ބުރާސްފަތި ދުވަހުގެ ރޭ ހުޅުވަނީ
ބްރިޖްގެ މަސައްކަތަށް 200 މިލިއަން ޑޮލަރު ޚަރަދުވޭ
މި މަޝްރޫއަށް ދިވެހި ސަރުކާރުން 12 މިލިއަން ޑޮލަރު ހޭދަކުރޭ

މާލެ އާއި ހުޅުލެއާ ދެމެދު އަޅާފައިވާ ސިނަމާލެ ބްރިޖް އަންނަ ބުރާސްފަތި ދުވަހުގެ ރޭ ހުޅުވަން ހަމަޖައްސައިފިއެވެ.

ސިނަމާލެ ބްރިޖްގެ އެންމެ ފަހުގެ މަސައްކަތްތައް މިހާރު ކުރަމުންދާއިރު ހޯމަދުވަހުގެ ރޭ ވަނީ ފުރަތަމަ ފަހަރަށް ބްރިޖު ދިއްލާފައެވެ.

 

ބްރިޖް ހުޅުވުމަށްޓަކައި ތައްޔާރުކޮށްފައި- ސޯޝަލް މީޑިއާ

 

ސަރުކާރުގެ ހަރަދުގައި ބްރިޖު މަތީގައި އަލަތު ކައިވެނިކުރުމުގެ ހަރަކާތްތައް މި މަހުގެ 31 ވާ ހުކުރު ދުވަހު ކުރިއަށްދާނެ ކަމަށް ހައުސިންގް މިނިސްޓްރީން މީގެ ކުރިން ވަނީ ބުނެފައެވެ. ބްރިޖް ހުޅުވަން ދެ ދުވަހަށް ވެފައިވާ އިރު ބްރިޖްގެ ގިނަ މަސައްކަތްތަކެއް އަދިވެސް ހުރީ ނުނިމިއެވެ. 

 

ބްރިޖްގެ ގޭޓްގެ މަސައްކަތް ކުރިއަށްދަނީ

 ޗައިނާގެ ސީސީސީސީ ސެކަންޑް ހާބަ އިންޖިނިއަރިން ކުންފުންޏާ ހަވާލުކޮށްގެން ހަދާ މި ބްރިޖްގެ މަސައްކަތް ކުރުމަށް 1،000 އަށް ވުރެ ގިނަ މުވައްޒަފުން މަސައްކަތް ކުރާއިރު، ބްރިޖްގެ މަސައްކަތަށް 200 މިލިއަން ޑޮލަރު ޚަރަދު ވެއެވެ. އޭގެ ތެރެއިން 116 މިލިއަން ޑޮލަރަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީއެވެ. އަދި 72 މިލިއަން ޑޮލަރަކީ ޗައިނާގެ ލޯނު އެހީއެވެ. މި މަޝްރޫއަށް ދިވެހި ދައުލަތުގެ ބަޖެޓުން 12 މިލިއަން ޑޮލަރު ހޭދަކުރެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
28 އޯގަސްޓް 2018 | އަންގާރަ 06:39
ޔަސް
ސަޅި އޭ ވަރައް ފުރިހަމަ