ކ. މާލެ
|
27 އޯގަސްޓް 2018 | ހޯމަ 23:06
އެމްޑީޕީގެ ނައިބް ރައީސް މުހައްމަދު ޝިފާޒް - ޝިފާޒް ވަނީ ރައީސް ޔާމީނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައި
އެމްޑީޕީގެ ނައިބް ރައީސް މުހައްމަދު ޝިފާޒް - ޝިފާޒް ވަނީ ރައީސް ޔާމީނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައި
މުހައްމަދު ޝަރުހާން
ރިޔާސީ އިންތިހާބު 2018
ހުސް އަތާ ގެޔަށް ވަޑައިގަންނަވަން ޖެހޭނީ އަބްދުﷲ ޔާމީން: ޝިފާޒް
އެމްޑީޕީއަކީ އެއްވެސް އިރެއްގައި ގޮތް ހުސްވާނެ ޕާޓީއެއް ނޫން

އެމްޑީޕީ އިންތިހާބަށް ނިކުމެ އޮތީ މުޅި ރާއްޖެ ގޮވައިގެން ކަމަށާއި، ހުސް އަތާ ގެޔަށް ވަޑައިގަންނަވަން ޖެހޭނީ ޕީޕީއެމްގެ ކެންޑިޑޭޓް އަބްދުﷲ ޔާމީން ކަމަށް އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް ވިދާޅުވެއްޖެ އެވެ. 

ގުޅިފައިިވާ ސިޔާސީ ޕާޓީތަކުން ކޮލަމްބޯގައި ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަންވެސް ކުރެއްވި ޝިފާޒް ވިދާޅުވީ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި ގޮތަށް އެމްޑީޕީއަކީ އެއްވެސް އިރެއްގައި ގޮތް ހުސްވާނެ ޕާޓީއެއް ނޫން ކަމަށެވެ. އެމްޑީޕީއަކީ ގޮސް ހުސްވާނެ ޕާޓީއެއް ކަމަށާއި، އެމްޑީޕީ އިންތިހާބަށް ނިކުމެ އޮތީ ހުސްއަތާ ކަމަށް ވިދާޅުވެ އަބްދުﷲ ޔާމީން ޖެއްސެވި ހިސާބަކީ ވަރަށް ގޯސް ހިސާބެއް ކަމަށް ވިދާޅުވެ، ޝިފާޒް ވިދާޅުވީ އިންތިހާބަށް އެމްޑީޕީ ނިކުތީ މުޅި ރާއްޖެ ގޮވައިގެން ކަމަށެވެ. 

"އަބްދުﷲ ޔާމީން ޖެހިވަޑައިގަންނަވާނީ ހުސް އަތާ ގެޔަށް ވަޑައިގަންނަވަން. މި އިންތިހާބު އަޅުގަނޑުމެން ބޮޑުތަނުން ކާމިޔާބުކުރާނީ އިބްރާހިމް މުހައްމަދު ސޯލިހަށް މުޅި ރާއްޖޭގެ ބޮޑު ތާއީދަކާއި، ބޮޑު ވޯޓެއް އަޅުގަނޑުމެން ހޯދައިގެން،"

އިތުރަށް ވާހަކަ ދައްކަވަމުން ޝިފާޒު ވިދާޅުވީ އެމްޑީޕީން އަބަދު ވެސް ވަކާލާތުކުރަމުންދިޔައީ ރައްޔިތުންނަށް ހައްޤު މިންވަރު ހޯދައިދިނުމަށް ކަމަށެވެ. ރަައްޔިތުންނަށް ހައްޤު މިންވަރު ހޯދައިދިނުމަށްޓަކައި ކުރަންޖެހުނު ކޮންމެ މަސައްކަތެއްވެސް ކުރާނެކަމަށް ވިދާޅުވެ ޝިފާޒު ވިދާޅުވީ އެ މިސާލު ދައްކުވައިދިން ބޭފުޅަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަމަށެވެ. އިންތިހާބު ކުރިއަށް އޮތްއިިރު، ކުރިއަށް އޮތް އިންތިހާބަށް ފަހު ދެން އުފެދޭ ސަރުކާރެއް ވެގެންދާނީ އަނެއްކާވެސް ރައްޔިތުންނަށް ހައްޤު މިންވަރު ހޯދައިދޭ ސަރުކާރަކަށްކަމަށް ޝިފާޒު ވިދާޅުވި އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
27 އޯގަސްޓް 2018 | ހޯމަ 18:18
ބަކަބެ
ހިޅާއެހެނެއް ނުވާނެ