ކ. މާލެ
|
29 ޖެނުއަރީ 2017 | އާދީއްތަ 04:02
ވެލެންސިޔާގެ ހެޑް ކޯޗު އަހުމަދު މުޖުތަބާ
ވެލެންސިޔާގެ ހެޑް ކޯޗު އަހުމަދު މުޖުތަބާ
ރާއްޖެއެމްވީ
ފުޓުބޯލް
ދިގު މުއްދަތަކަށްފަހު ފެސްކޯ އެނބުރި ވެލެންސިއާ އަށް
ފެސްކޯ ވަނީ މީގެ ކުރިން ވެސް ވެލެންސިޔާ އަށް ކޯޗު ކޮށްދީފަ
އޭއެފްސީ ކަޕުގައި ވާދަކުރުމަށް ވެލެންސިޔާ ވަނީ ފުރައިފި

ވެލެންސިއާގެ ކުރީގެ ކޯޗް އަހްމަދު މުޖުތަބާ އެނބުރި ވެލެންސިއާ އަށް އައިސް އެ ޓީމުގެ ކޯޗިން ސްޓާފެއްގެ ގޮތުގައި މަސައްކަތް ކުރަން ފަށައިފި އެވެ.

އޭއެފްސީ ކަޕް ޕްލޭއޮފް މެޗަށް ތައްޔާރުވާ، ވެލެންސިއާގެ ޕްރެކްޓިސް ޝެޝަންގައި ހުކުރު ދުވަހު އޭނާ ވަނީ ބައިވެރި ވެފަ އެވެ.

ނަމަވެސް، އޭނާ އޭއެފްސީ ކަޕް ޕްލޭއޮފް މެޗުގައި ވެލެންސިއާ ޓީމާއެކު ނުދާނެ އެވެ. ބޫޓާންގެ ތިމްޕޫ އެފްސީއާ ދެކޮޅަށް މިއަންނަ ހޯމަ ދުވަހު ކުޅޭ މެޗަށް ވެލެންސިއާ ބޫޓާން އަށް ދިއުމަށް މިއަދު ހަވީރު ވަނީ ފުރާފަ އެވެ.

ޕްލޭއޮފް މެޗުގައި، ވެލެންސިއާ ޓީމަށް އިރުޝާދު ދޭނީ، މިދިޔަ އަހަރު ހެޑް ކޯޗެއްގެ ގޮތުގައި ހުރި ކުރީގެ ގޯލް ކީޕަރު، މުހައްމަދު އިގްބާލް އެވެ.

ވެލެންސިއާގެ އޮފިޝަލަކު ބުނީ، ވެލެންސިއާގެ ކޯޗިން ޓީމަށް، ފެސްކޯ ގެނައީ އޭނާ އަކީ މީގެ ކުރިން ވެލެންސިއާގައި މަސައްކަތް ކޮށްފައިވާ ކޯޗަކަށް ވުމުން އޭނާގެ ތަޖުރިބާ، ޓީމަށް މުހިންމު ކަމަށް ފެންނާތީ ކަމަށެވެ.

ފެސްކޯ އަކީ 'އޭ' ލައިސެންސް ހާސިލު ކޮށްފައިވާ ކޯޗެކެވެ.

ގައުމީ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) ގެ އުމުރުން 16 އަހަރުގައި، 2001 ވަނަ އަހަރު ފުރަތަމަ ޑިވިޝަން ފުޓްބޯޅައިން ޖާގަ ދިނީ، ވެލެންސިއާގައި ފެސްކޯގެ ކޯޗް ކަމުގެ ދަށުން ނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް