ކ. މާލެ
|
27 އޯގަސްޓް 2018 | ހޯމަ 14:49
ލ. ގަން، މިމާރާމާރިއާ ގުޅިގެން ހައްޔަރުކުރީ ފިލައިގެން އުޅުނު ޒުވާނެއް ކަމަށް ފުލުހުން ބުނޭ
ލ. ގަން، މިމާރާމާރިއާ ގުޅިގެން ހައްޔަރުކުރީ ފިލައިގެން އުޅުނު ޒުވާނެއް ކަމަށް ފުލުހުން ބުނޭ
ހައުސިންގް މިނިސްޓްރީ
މާރާމާރި ހިންގުން
ގަމުގައި މާރާމާރި ހިންގައި ތިން މީހަކަށް ހަމަލާދިން މައްސަލާގައި މީހަކު ހައްޔަރުކޮށްފި
މިމާރާމާރިއާ ގުޅިގެން ހައްޔަރުކުރީ 23 އަހަރުގެ ފިރިހެނެއް
މި މީހާ ހޯދީ ވަލު ތެރޭގައި ފިލައިގެން އުޅެނިކޮށް

ލ. ގަމުގައި މާރާމާރި ހިންގައި ތިން މީހަކަށް ހަމަލާދިން މައްސަލާގައި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ ގަން ތުނޑި ޕެޓްރޯލް ޝެޑް ކައިރިން ތިން މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައިވާ މައްސަލާގައި މިއަދު ހެނދުނު 09:55 ހާއިރު 23 އަހަރުގެ ޒުވާނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. މިފިރިހެން މީހާ ހައްޔަރު ކުރީ ފިލައިގެން އުޅެނިކޮށް ކަމަށް ފުލުހުން ބުންޏެވެ.

ގަން މުކުރިމަގު ވަލުތެރެއިން މިމީހާ ހޯދީ ފުލުހުންގެ އިންޓެލިޖެންސް އާއި ގަމު ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަނެއްގެ ދަށުންނެވެ.

މިމަހު 25 ވަނަ ދުވަހުގެ ރޭ ވެސް ގަމުގައި ހިންގަން އުޅުނު މާރާމާރީއެއް ހުއްޓުވައި މާރާމާރީ ހިންގުމަށް ބޭނުންކުރާ ތަކެއްޗާ އެކު ހައްޔަރު ތިން މީހަކު ވަނީ ހައްޔަރުކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް