ކ. މާލެ
|
27 އޯގަސްޓް 2018 | ހޯމަ 13:11
ރައީސް ޔާމީން
ރައީސް ޔާމީން
ރައީސް އޮފީސް
ރިޔާސީ އިންތިހާބު 2018
ކައްވަޅުގައި އޮވެގެން ވެސް އެމްޑީޕީ މީހުން ކުރާނީ މުޒާހަރާ: ރައީސް ޔާމީން
މުޒާހަރާ ކުރަން މިހާރު މީހުން ނުނިކުމޭ: ރައީސް ޔާމީން
ހައްގެއް ގެއްލިފައިވާ ނަމަ، ހައްލު ކުރުމަށް އޮންނަ މަގުން ކުރިއަށް ދިއުމަށް ރައީސް ޔާމީން އެދިވަޑައިގެންނެވި
ރައްޔިތުންނަށް އެންމެ އަނިޔާވެރި ވެފައިވަނީ އެމްޑީޕީގެ ސަރުކާރުން: ރައީސް ޔާމީން

ކައްވަޅުގައި އޮވެގެން ވެސް އެމްޑީޕީ މީހުން ކުރާނީ މުޒާހަރާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

އާދިއްތަ ދުވަހު ތ. އަތޮޅު ގުރައިދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ޔާމީން ވިދާޅުވީ އެމްޑީޕީ މީހުންނަށް އެނގޭނީ މުޒާހަރާ ކުރަން ކަމަށާއި އެމީހުން ވެރިކަމަށް އައުމުގެ ކުރިންނާއި ވެރިކަމުގައި އަދި ވެރިކަމަށް ފަހު ވެސް އަދި ކައްވަޅުގައި ވެސް އެމްޑީޕީން ކޮށްފައިވާ ކަމަކީ މުޒާހާރާ ކުރުން ކަމަށެވެ.

"އޭރު ވެސް ކުރީ މުޒާހަރާ. ވެރިކަމުގައި ވެސް ކުރީ މުޒާހަރާ. މިހާރު ވެސް ކުރަނީ މުޒާހަރާ. ކައްވަޅުގައި ވެސް ކުރާނީ މުޒާހަރާ. މިނޫން ކަމެއް ނޭނގޭނެ އެ މީހުންނަކަށް،" އެމްޑީޕީއަށް ނިސްބަތް ކުރައްވަމުން ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ މުޒާހަރާ ކުރުމުން ވާގޮތް ވެސް ރައްޔިތުންނަށް އެނގޭ ކަމަށާއި މުޒާހަރާ ކުރުމަށް މިހާރު މީހުން ނުނިކުންނަނީ ކީއްވެތޯ ރައީސް ޔާމީން ވަނީ ސުވާލު އުފައްދަވާފައެވެ. ނަމަވެސް ރައީސް ޔާމީން ވިދާޅުވީ މުޒާހަރާ ކުރުމަކީ ހައްލެއް ނޫން ކަމަށެވެ.

މުޒާހަރާތަކަށް މީހުން ނުނިކުންނަ ވާހަކަ ރައީސް ޔާމީން ވިދާޅުވިއިރު، އެއްވެ އުޅުމުގެ ގާނޫނަށް އިސްލާހު ގެނެސް މާލޭގައި މުޒާހަރާ ކުރުމާއި އެއްވެ އުޅުން ވަނީ ވަރަށް ބޮޑަށް ހަނިކޮށްފައެވެ. އަދި މީގެ ކުރިން ބޭއްވި އެކި އެއްވުންތަކާ ގުޅިގެން ގިނަ ބަޔަކު ޖަލަށްލާފައިވާއިރު، ގިނަ ބައެއްގެ މައްޗަށް ދައުވާ ވެސް އުފުލާފައި ވެއެވެ.

އެމްޑީޕީއަށް ގޮންޖައްސަވާ ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ މިއީ ހަމައެކަނި އަނިޔާވެރިންނަށް ޖާގައޮތް ތަނެއް ނޫން ކަމަށެވެ. މިއީ މައުސޫމް ގިނަ ރައްޔިތުން ދިރިއުޅޭ ގައުމެއް ކަމަށާއި އަނިޔާވެރިވާން ނުޖެހޭ ކަމަށެވެ.

ހައްގުތައް ގެއްލޭ ކަމަށްވާ ނަމަ އެކަން ހައްލު ކުރުމަށް އޮންނަ މަގުން ދިޔުމަށް ރައީސް ޔާމީން އެދިވަޑައިގެންނެވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
27 އޯގަސްޓް 2018 | ހޯމަ 11:17
sinek
raees yamin mahee halaku thiyakiyany erikashi
27 އޯގަސްޓް 2018 | ހޯމަ 09:10
ހެއްރަބެ
ކައްވަޅުގަ މުޒާހަރާ ކުރުމަކީ ފާފައެއް ކަމަށް ނުވެ ހިގައިދާނެ އެކަމަކު ކައްވަޅުގައި ވައްކަން ކުރުމަކީ ފާފައެއްކަމަށް ނުވާނެގޮތެއް ހަމަ ހިލާ ނުދެއްކޭނެ!!!ބ
27 އޯގަސްޓް 2018 | ހޯމަ 09:04
މީމު
ވާއު...މީނާ އަށް ޢައިބުގާ ވާނެ ކަންތައްތައް ވެސް އެބަ އިގޭ...އެހެންވެއްޖެއްޔާ ބުނެބަލަ އަހަރެން މަރުވާނީ ކޮންދުވަހެއްގަތަ؟
27 އޯގަސްޓް 2018 | ހޯމަ 08:41
އެ ފާތުމަ
މީނަ މިހާރު ކައްވަޅައް ވެސް ޒިޔާރަތް ކޮށްފަތަ މިއައީ؟
27 އޯގަސްޓް 2018 | ހޯމަ 08:32
ޔަސް
އާދަ ހިފާފަ