Advertisement
ކ. މާލެ
|
29 ޖެނުއަރީ 2017 | އާދީއްތަ 01:33
ބަންދުގެ މުއްދަތު ޖެހުމަށް ޒައިދުލް އަމީން ކްރިމިނަލް ކޯޓަށް ވައްދަނީ
ބަންދުގެ މުއްދަތު ޖެހުމަށް ޒައިދުލް އަމީން ކްރިމިނަލް ކޯޓަށް ވައްދަނީ
ގޫގުލް
ބްލެކްމެއިލްކުރުން
މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް
މިއީ ޒައިދުލް އަމީންގެ ބަންދަށް 15 ދުވަސްޖެހި 2 ވަނަ ފަހަރު
ބްލެކްމެއިލްކުރިކަމަށް ބުނާ މައްސަލައިގެ ތަފްސީލެއް ފުލުހުން ހާމައެއް ނުކުރޭ

ބްލެކްމެއިލް ކުރިކަމަށް ބުނާ މައްސަލާގައި ފުލުހުންގެ ހައްޔަރުގައިހުރި މާލެ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީންގެ ބަންދަށް އަނެއްކާވެސް 15 ދުވަސް ޖަހައިފި އެވެ.

މިއީ ޒައިދުލް އަމީންގެ ބަންދަށް 15 ދުވަސްޖެހި ދެ ވަނަ ފަހަރެވެ.

ޒައިދުލް އަމީންގެ ބަންދަށް 15 ދުވަސް ޖަހާފައިވަނީ އޭނާގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް ހޮނިހިރު ދުވަހުގެ ރޭ އޭނާ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުންނެވެ.

ބްލެކްމެއިލްކުރި ކަމަށް ބުނާ މައްސަލައެއްގައި ޒައިދުލް އަމީންގެ ބަންދަށް ދެ ވަނަ ފަހަރަށް 15 ދުވަސްޖެހި ނަމަވެސް އެ މައްސަލައިގެ ތަފްސީލެއް ލިބިފައެއް ނުވެއެވެ. އަދި ފުލުހުންގެ އިދާރާއިންވެސް އެކަމުގެ މައުލޫމާތު ހާމައެއް ނުކުރެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މައްސަލާގެ މައުލޫމަތު ހިއްސާކުރެވެން ނެތް ކަމަށެވެ. އަދި ވަގުތުޖެހުމުން މައުލޫމަތު މީޑިއާއަށް ހިއްސާކުރައްވާނެ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

ޒައިދުލް އަމީނަކީ މާލޭ ސިޓީ ކައުންސިލްގެ ހުޅުހެންވޭރު ދާއިރާގެ މެމްބަރެވެ. އޭގެ އިތުރުން ޒައިދުއަކީ ޕީޕީއެމްގެ ރައީސް މައުމޫނު އަބްދުލް ޤައްޔޫމާ ވެސް ގާތްގުޅުމެއް އޮންނަ ބޭފުޅެކެވެ. ޕީޕީއެމް ދެ ފެކްޝަނަށް ބެހުނުއިރު، ޒައިދު ހުންނެވީ ރައީސް މައުމޫނުގެ ފެކްޝަންގަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް