ކ. މާލެ
|
27 އޯގަސްޓް 2018 | ހޯމަ 11:21
އިސްލާމިކް މިނިސްޓްރީން ޒަކާތް ބަހަނީ
އިސްލާމިކް މިނިސްޓްރީން ޒަކާތް ބަހަނީ
ރާއްޖެ އެމްވީ
މުދަލު ޒަކާތް
މާލޭ ސިޓީގައި މުދަލު ޒަކާތް ދޫކުރުން އަންނަ މަހު
އަންނަ މަހުގެ 4 އިން 6 އަށް މުދަލު ޒަކާތް ދޫކުރާނެ

މިދިޔަ 2017 ވަނަ އަހަރުގެ މުދަލު ޒަކާތުން ފަގީރުންނާއި މިސްކީނުންނަށް ކަނޑައެޅުނު ބައިން މާލޭ ސިޓީގެ ފަގީރުންނާއި މިސްކީނުންގެ ދަފުތަރުގައި ހިމެނޭ ފަރާތްތަކަށް އަންނަ މަހު ފައިސާ ދޫކުރުމަށް ނިންމައިފިއެވެ. 

އިސްލާމިކް މިނިސްޓްރީ ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވާ ގޮތުގައި މާލޭ ސިޓީގެ ފަގީރުންނާއި މިސްކީނުންގެ ދަފުތަރުގައި ހިމެނޭ ފަރާތްތަކަށް ފައިސާ ދޫކުުރުމަށް ހަމަޖެހިފައި ވަނީ އަންނަ ސެޕްޓެމްބަރު މަހުގެ 4 އިން 6 ގެ ނިޔަލަށެވެ.

ފައިސާ ދޫކުރަން ހަމަޖެހިފައި ވަނީ އެ ދުވަސްތަކުގެ ހެނދުނު 9:00 އިން ހަވީރު 15:00 އަށް ކަމަށެވެ.

އިސްލާމިކް މިނިސްޓްރީން ބުނި ގޮތުގައި ފަޤީރުންގެ ދަފްތަރުގައި ނަން ނޯޓް ކުރެވިފައިވާ ފަރާތެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހިފައިގެން ބަދަލުގައި މީހަކު އައިކަމުގައި ވީނަ މަވެސް އެއީ ވެރިފަރާތުން ފޮނުވި މީހެއް ކަމުގައި ބަލައި އެފަރާތުގެ ފައިސާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހިފައިގެން އަންނަ ފަރާތަކަށް ދޫކުރެވޭނެއެވެ. އަދި ކޮންމެ ދުވަހަކު ދޫކުރުމަށް ހަމަޖެހިފައިވަނީ 150 ނަންބަރެވެ. ކޮންމެ ނަންބަރަކަށް ޚިދުމަތް ދެވޭނީ ގިނަވެގެން 15 އައިޑީ ކާޑަށް ކަމަށް ވެސް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

އިސްލާމިކް މިނިސްޓްރީން މި އަހަރުގެ ޖޫން މަހު ހާމަކުރި ގޮތުގައި މިދިޔަ އަހަރު މާލެއިން ފަގީރުންގެ ގޮތުގައި 3142 މީހުން ރަޖިސްޓްރީކުރި އިރު، މިއަހަރު މާލެއިން ފަގީރުންގެ ގޮތުގައި 3299 މީހުން ވަނީ ރަޖިސްޓްރީކޮށްފައެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް