ކ. މާލެ
|
27 އޯގަސްޓް 2018 | ހޯމަ 10:56
ކުރީގެ ނާއިބު ރައީސް އަދީބު ޖަލަށް ގެންދަނީ
ކުރީގެ ނާއިބު ރައީސް އަދީބު ޖަލަށް ގެންދަނީ
މުހައްމަދު ޝަރުހާން
އެމްއެމްޕީއާރްސީ
އަދީބުގެ އަނބިކަނބަލުންގެ ވަރުގަދަ ރައްދެއް ރައީސް ޔާމީނަށް!
އެމްޑީޕީ އާއި ރައީސް ނަޝީދުގެ ބޮލުގައި އެމްއެމްޕީއާރުސީގެ ފައިސާގެ ކަންކަމެއް ނޭޅުވޭނެ
އެކަމަކުން ރައީސް ޔާމީނަކަށް ނުރެކެވޭނެ: ނަޝްވާ

މޯލްޑިވްސް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ގެއްލުނު ފައިސާތަކާ ގުޅޭ ގޮތުން ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބުގެ އަނބިކަނބަލުން މަރިޔަމް ނަޝްވާ، ރައީސް ޔާމީނަށް ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.

ނަޝްވާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ޔާމީންގެ އަމިއްލަ ކަމަކާ ހެދި ފްރޭމްކޮށް ކޯޓަށް ނުފޫޒު ފޯރުވައިގެން އަދީބު ޖަލުގައި ނުބޭއްވޭނެ ކަމަށެވެ. އަދި އެމްއެމްޕީއާރުސީގެ ލާރިތައް "ދިރުވާލައިގެން ހުރެ" އެމްޑީޕީ އަދި ރައީސް ނަޝީދުގެ ބޮލުގައި އަޅުވައިގެން "ރެކިއެއް ނުގަނެވޭނެ" ކަމަށް ވެސް ނަޝްވާ ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ހިއުމަން ރައިޓްސް ކޮމިޝަނާއި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް ހިސޯރުކޮށްގެން ހުރެ އިންސާނީ ހައްޤުތައް ނިގުޅައެއް ނުގަނެވޭނެ ކަމަށް ވެސް ނަޝްވާ ވަނީ ވިދާޅުވެފައެވެ.

ނަޝްވާ މިހެން ވިދާޅުވެފައި މިވަނީ އެމްއެމްޕީއާރުސީން ގެއްލިފައިވާ ފައިސާތަކާ ގުޅޭ ގޮތުން އަދީބާއި އެމްޑީޕީއާ ގުޅޭ ގޮތުން ރައީސް ޔާމީން ގިނަ ވާހަކަތަކެއް ދައްކަވާފައި ވަނިކޮށެވެ. އަދި އެފައިސާތައް ހޯދުމަށް ކުރަން ޖެހޭ ކަންކަން ތައްޔާރު ކުރުމަށް އެމްޑީޕީގެ ޗެއަރޕާސަން ހަސަން ލަތީފްއަށް އެޕާޓީގެ ޤައުމީ މަޖިލީހުން ހަވާލުކޮށްފައި ވަނިކޮށެވެ.

އަދީބުގެ އަނބިކަނބަލުން ރައީސް ޔާމިނަށް ރައްދު ދެއްވާފައިވާ އިރު މީގެ ކުރިން ޝަރީއަތުގެ އަޑުއެހުމެއްގައި އަދީބު ވިދާޅުވެފައި ވަނީ އެމްއެމްޕީއާރުސީ އަށް ލިބުނު ޑޮލަރު ޗެކްތައް ދިވެހި ފައިސާއަށް މާރުކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދެވީ ރައީސް ޔާމީން ކަމަށާއި އެ މަނިކުފާނު އެ ފައިސާ ގުނުއްވަމުން ގެންދެވީ ގ. ދޫވެހީގެ ކުޑަ ކޮޓަރިއެއްގެ ތެރޭގައި ބިދޭސީއަކާއެކުގައި ކަމަށެވެ. މި ވާހަކަ ރައީސް އާއި އަދި ރައީސް އޮފީހުން ވެސް ދޮގުކޮށްފައެއް ނުވެއެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
27 އޯގަސްޓް 2018 | ހޯމަ 06:57
ހައްވަ
ފައިސާތަ؟ ޔާމީނާ ފައިސާއާ ވަތްކެއް ނުކުރެވޭނެ