ކ. މާލެ
|
27 އޯގަސްޓް 2018 | ހޯމަ 07:22
ބްރިޖްގެ މަސައްކަތް ކުރިއަށް ގެންދަނީ: މިމަހުގެ 31 ގައި ހުޅުވާނެ ކަމަށް ވަނީ ބުނެފައި
ބްރިޖްގެ މަސައްކަތް ކުރިއަށް ގެންދަނީ: މިމަހުގެ 31 ގައި ހުޅުވާނެ ކަމަށް ވަނީ ބުނެފައި
އަޝްވާ ފަހީމް
ސިނަމާލެ ބްރިޖް
ބްރިޖްގައި ކެމެރާ ހަރުކުރަން ބޭނުންވާ ސާމާނު ފޯރުކޮށްދިނުމަށް އެދުމުގެ މުއްދަތު އިތުރުކޮށްފި
މިހާރު އެކަމަށް އެދުމުގެ މުއްދަތު ހަމަވާނީ މިމަހު 29 ގައި

ސިނަމާލެ ބްރިޖްގައި ކެމެރާ ހަރުކުރަން ބޭނުންވާ ސާމާނު ފޯރުކޮށްދިނުމަށް ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފިއެވެ.

ދިވެހި ސަރުކާރުގެ ގެޒެޓްގައި ހައުސިންގ މިނިސްޓްރީން އާދީއްތަ ދުވަހު ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ ސިނަމާލެ ބްރިޖްގެ ކެމެރާ ސިސްޓަމަށް ބޭނުންވާ ތަކެތި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް  މިމަހުގެ 12 ވަނަ ދުވަހު ކުރެވުނު އިޢުލާނާ ގުޅިގެން ބިޑް ހުށަހެޅުމަށް ހަމަޖެހިފައިވާ ތާރީޚް އިތުރުކުރެވިފައި ވާކަމަށެވެ.

ހައުސިންގ މިނިސްޓްރީން ބުނެފައި ވަނީ މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން މިމަހުގެ 29 ވާ ބުދަ ދުވަހުގެ 10:00 އަށް އަމީނީ މަގުގައި ހުންނަ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އަށް އަގު ހުށަހެޅުމަށް އެދޭ ކަމަށެވެ.

މީގެ އިތުރުން ބިޑް ހުށަހަޅާއިރު ބިޑް ސެކިއުރިޓީ ހުށަހެޅުމަށް ސަމާލުކަން ދިނުމަށް އެ އިއުލާނުގައި ވަނީ ހަނދާންކޮށްދީފައެވެ. އަދި އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ނަމަ 3004281 އަށް ގުޅުމަށް  ނުވަތަ[email protected] އަށް މެއިލް ކުރުމަށް ހައުސިންގ މިނިސްޓްރީގެ އިއުލާނުގައި ވަނީ ބުނެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް