ކ. މާލެ
|
27 އޯގަސްޓް 2018 | ހޯމަ 07:17
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ރަންވޭ
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ރަންވޭ
ޓްވިޓަރ
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު
ރަންވޭގައި ތާރު އަޅައި ނިންމައިފި
ރަންވޭގައި ދިގުމިނުގައި 3،400 މީޓަރު އަދި ފުޅާމިނުގައި 60 މީޓަރު ހުރޭ
ރަންވޭ ހަދަނީ ޗައިނާގެ އެގްޒިމް ބޭންކުން 400 މިލިއަން ޑޮލަރުގެ ލޯނެއް ނަގައިގެން

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ރަންވޭގެ ތާރު އަޅައި ނިންމާލައިފިއެވެ. 

އެއާޕޯޓު ހިންގާ އެމްއޭސީއެލް އިން ކޮށްފައިވާ ޓްވީޓުގައި ބުނެފައިވަނީ ވެލާނާ އެއާޕޯޓުގެ ރަންވޭގެ ތާރު އަލައި ނިމިފައިވާކަމަށެވެ. 

ދިގުމިނުގައި 3،400 މީޓަރު އަދި ފުޅާމިނުގައި 60 މީޓަރު ހުންނަ އާ ރަންވޭގެ  މަސައްކަތް ހަވާލުކޮށްފައި ވަނީ ޗައިނާގެ ބީޔޫސީޖީއާއި އެވެ. އާ ރަންވޭ ހަދާފައިވަނީ  ޗައިނާގެ އެގްޒިމް ބޭންކުން 400 މިލިއަން ޑޮލަރުގެ ލޯނެއް ނަގައިގެންނެވެ.

އާ ރަންވޭގެ މަޝްރޫޢު އެކުލަވާލާފައިވަނީ އެންމެ ބޮޑެތި މަތިންދާ ބޯޓު ކަމަށްވާ އެއާބަސް އޭ 380 މަރުކާގެ ބޯޓު ވެސް ޖެއްސޭ ގޮތަށެވެ.

އާ ރަންވޭ ހެދުމުގެ އިތުރަށް  މި މަޝްރޫއުގައި 45 މިލިއަން ލީޓަރުގެ ތެޔޮ ރައްކާކުރެވޭ ފިއުލް ފާމެއް ހެދުމާއި 120،000 ޓަނުގެ މުދާ ގުދަންކުރެވޭ ވަރުގެ ތަނެއް ހަދާނެ އެވެ. މި މަޝްރޫއުގެ ދަށުން ތަރައްގީކުރާ އާ ޕެސެންޖަރު ޓާމިނަލްގެ މަސައްކަތް ކުރަން ހަވާލުކޮށްފައިވަނީ ސައޫދީ ބިންލާދިން ގްރޫޕާ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް