ކ. މާލެ
|
26 އޯގަސްޓް 2018 | އާދީއްތަ 21:18
އަނިޔާ ލިބުނު ގދ.ތިނަދޫ / އާބާދުވާދީ، ނަޝްފާ ޙަސަން (15އ)
އަނިޔާ ލިބުނު ގދ.ތިނަދޫ / އާބާދުވާދީ، ނަޝްފާ ޙަސަން (15އ)
ޕޮލިސް
ބުލީގެ ޝިކާރައަކަށްވި ކުއްޖާ
ބުލީގެ ޝިކާރައަކަށްވި ކުއްޖާ އަމިއްލައަށް ފުލުހަށް ހާޒިރުވެއްޖެ!
ކުއްޖާ ފުލުހަށް ހާޒިރުވީ ހޯދަން އިއުލާނުކޮށްފައި ވަނިކޮށް އަމިއްލައަށް

ބުލީގެ ޝިކާރައަކަށްވި ކުއްޖާ ފުލުހުން ހޯދަމުން ދަނިކޮށް އަމިއްލައަށް ފުލުހަށް ހާޒިރުވެއްޖެއެވެ.

ފުލުހުން އާދިއްތަ ދުވަހު ބުނީ، އޮގަސްޓް 24 ވަނަ ދުވަހު މީސްމީޑިއާގައި ދައުރުވި އަންހެން ކުދިންތަކެއް ބައިވެރިވެގެން މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯގައި އަނިޔާ ލިބުނު ގދ.ތިނަދޫ / އާބާދުވާދީ، ނަޝްފާ ޙަސަން (15އ) މިއަދު ހަވީރު ފުލުހުންގެ އިދާރާއަށް ހާޒިރު ވެފައިވާ ކަމަށެވެ.

އެކުއްޖާ ފުލުހަށް ހާޒިރުވެފައި މިވަނީ، އެކުއްޖާ ގެއްލިގެން ހޯދަމުންދާކަމަށް ބުނެ ހޮނިހިރުދުވަހު އެކުއްޖާގެ ފޮޓޯ އާއްމުކޮށް އާއްމުންގެ އެހީތެރިކަމަށް އެދިފައި ވަނިކޮންނެވެ.

ސޯޝަލް މީޑިއާގައި ބުރާސްފަތި ދުވަހު އާންމުވި ވީޑިއޯގައި ފެންނަނީ ތިން އަންހެން ކުދިން ވެގެން އެއަންހެން ކުއްޖާ ގޮވައިގެން ވަކި ހިސާބަކަށްދާތަނެއެވެ. އެއަށްފަހު މޫނުމަތީ ޖަހައި، ކޮއްޕައި އަދި ހުތުރު ބަހުން އެއްޗެހި ކިޔާ ހަދާ އެކުއްޖާ އާއި ގަނާ ކުރާ މަންޒަރެވެ. ނަމަވެސް އެކުދިންގެ މެދުގައި މައްސަލަ ޖެހުނު ސަބަބު އަދިވެސް ވަނީ ސާފުވާ ގޮތް ނުވެފަ އެވެ.އަދި އެކުއްޖާއާއި ގަނާ ކުރި ކުދިންގެ މައުލޫމާތެއް ފުލުހުން ހާމައެއް ނުކުރެއެވެ. ނަމަވެސް މި މައްސަލަ ފުލުހުން އިތުރަށް ތަޙްޤީކުރަމުންދާ ކަމަށް ވަނީ ބުނެފައެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް