ކ. މާލެ
|
26 އޯގަސްޓް 2018 | އާދީއްތަ 18:57
އިބޫ ލަންކާއަށް ފުރާވަޑައިގަތުން
އިބޫ ލަންކާއަށް ފުރާވަޑައިގަތުން
ރާއްޖެއެމްވީ
ރިޔާސީ އިންތިޚާބު 2018
އިބޫ ސްރީ ލަންކާއަށް
ލަންކާގައި އުޅޭ ދިވެހިންނާ އެމަނިކުފާނު ހޯމަދުވަހު ބައްދަލުކުރައްވާނެ

ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އަވަށްޓެރި ސްރީ ލަންކާގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރެއްވުމަށް އެގައުމަށް ވަޑައިގެންފި އެވެ.

 

ގުޅިފައިވާ ޕާޓީތަކަށް ތާއީދު ކުރާ ގިނަ އަދަދެއްގެ މީހުންގެ އިތުރުން ދިވެހިރާއްޖޭގެ ގިނަ އަދަދެއްގެ ސިޔާސީ ބޭފުޅުން ދިރިއުޅުއްވާ ލަންކާއަށް އިބޫ، އާދިއްތަ ދުވަހު ވަޑައިގެންފައިވާއިރު، ދިވެހިންނާ ބައްދަލުކުރައްވާނީ ހޯމަ ދުވަހު ހަވީރު އެވެ. 
ހޯމަދުވަހު ހަވީރު ފަށާ އެ ހަރަކާތް އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް އިބޫއާއެކު ބައިވެރިވެވަޑައިގަންނަވާނެ އެވެ. 
ތިން ދުވަހުގެ ލަންކާ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އިބޫ މާލެ ވަޑައިގަންނަވާނީ އަންގާރަ ދުވަހު އެވެ.
އިބޫ އާއި އެމަނިކުފާނުގެ ރަނިންގމޭޓް ފައިސަލް ނަސީމް ވަނީ ރާއްޖޭގެ ވަރަށް ގިނަ ރަށްތަކަށް ޒިޔާރަތް ކުރައްވާފައެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް