ކ. މާލެ
|
26 އޯގަސްޓް 2018 | އާދީއްތަ 19:10
ފައިސަލް ގޮއިދޫގެ ރައްޔިތުންނާއެކު
ފައިސަލް ގޮއިދޫގެ ރައްޔިތުންނާއެކު
ރާއްޖެ އެމްވީ
ރިޔާސީ އިންތިހާބު 2018
ބާކީ މި އޮތް އެއް މަސްތެރޭގައި ވަޒީފާ ގެއްލިދާނެ ތީ ބިރުން ނުތިބޭ، ވަޒީފާ އަނބުރާ ދޭނަން: ފައިސަލް
ދަނޑުވެރިކަމުގެ ފައިދާ ހޯދަދޭނެ ކަމަށް ވިދާޅުވި

ކޯލިޝަނަށް ތާއިދުކޮށް މަސައްކަތް ކުރަން ފަށައިފި ނަމަ ވަޒީފާއިން ވަކި ކޮށްފާނެތީ ބިރުން ނުތިބުމަށް އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހްގެ ރަނިންމޭޓް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.

ށ. ގޮއިދުއަށް ވަޑައިގެން އެރަށުގައި ތިބި ކޯލިޝަނަށް ތާއިދު ކުރައްވާ ފަރާތްތަކާ ބައްދަލުކުރައްވައި ފައިސަލް ވިދާޅުވީ ރިޔާސީ އިންތިހާބާ ދެމެދު ބާކީ އޮތް އެއް މަސް ދުވަސް ތެރޭގައި ވަޒީފާއިން ވަކި ކޮށްފާނެ ކަމަށް ބިރު ގަންނަން ނުޖެހޭ ކަމަށެވެ. ފައިސަލް ވިދާޅުވީ ކޯލިޝަން ސަރުކާރުގެ އެންމެ ފުރަތަމަ ކުރާނެ އެއް ކަމަކީ ނުހައްގުން ވަޒީފާއިން ވަކިކޮށްފައިވާ މީހުންނަށް އަނބުރާ ވަޒީފާ ހޯދާ ދިނުން ކަމަށެވެ.

ފައިސަލް ނަސީމް ކޯލިޝަނުގެ ސަޕޯޓަރުންނާ އެކި ބޭއްވި ބައްދަލުކުރެއްވުމުގެ ތެރެއިން -- ފޮޓޯ: ރާއްޖެ.އެމްވީ

ފައިސަލް ވިދާޅުވީ މިހާރުގެ ސަރުކާރަށް ނުނޭކޭ ބުނަން ޖެހޭ އެތައް ސަތޭކަ ސަބަބެއް އެބަ އޮތް ކަމަށެވެ. އަދި ވިދާޅުވީ ދަނޑުވެރިކަމުން ކުރާ ބުރަ މަސައްކަތުން ރަނގަޅު އާމްދަނީއެއް ލިބޭނެ ގޮތެއް ނެތް ކަމަށެވެ. ހައްގު ގޮތުގައި އާއިލާ ބަލަހައްޓަން ކުރާ މަސައްކަތުން މިހާރު ރަނގަޅު އާމްދަނީއެއް ނުލިބޭ ކަމަށް ވިދާޅުވެ ދަނޑުވެރިންނަށް 8000 ރުފިޔާދޭން ސަރުކާރުން ވައުދުވިކަން ފައިސަލް ފާހަގަކުރެއްވި އެވެ.

ފައިސަލް ވަނީ ކޯލިޝަން ސަރުކާރެއްގައި ދަނޑުވެރިންނަށް ރަނގަޅު މަންފާއެއް ހޯދާ ދެއްވާނެ ކަމަށް ވިދާޅުވެފައިއެވެ. މިހާރު ރާއްޖޭގައި އަނިޔާވެރިކަން އޮތީ ހައްދުންފަހަނާ އަޅާފައިވާ ކަމަށާއި ހަތަރު ލީޑަރުން އެކުވެ މަސައްކަތް ކުރަން ޖެހުނީ ރާއްޖޭގެ އިޖްތިމާއީ އަދާލަތު އެއްކޮށް ދިއުމުން، އެކަން ކަން ހަމައަކަށް އަޅުވަން ކަމަށްވެސް ފައިސަލް ވިދާޅުވި އެވެ.

ފައިސަލް ވިދާޅުވީ ކޯލިޝަން ސަރުކާރެއްގައި އެއްވެސް މީހަކަށް އަނިޔާވެރިނުވާނެ ކަމަށެވެ. ކޮންމެ ރައްޔިތަކަށްވެސް ދޮޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ބޭސްފަރުވާގެ ނިޒާމެއް ލިބިދޭން ޖެހޭ ކަމަށާއި ދައުލަތުގެ ފައިސާއިން އެކަން ކޮށްދެވޭނެ ކަމަށްވެސް ފައިސަލް ވިދާޅުވި އެވެ. އެ ބޭފުޅުން 24 ގަޑިއިރު މަސައްކަތްކުރާނީ ރައްޔިތުންނަށް ބޭނުންވާ ހިދުމަތްތައް ފޯރުކޮށްދިނުމަށް ކަމަށް ވެސް ފައިސަލް ވިދާޅުވި އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 ގަޑިއިރު ކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް
27 އޯގަސްޓް 2018 | ހޯމަ 03:31
ޙަމްދޫނު
ސިވިލް ސާވިސް މުވަޒިފުންގެ މުސާާރަ އުނިކިރި ހަދާން އެބަހުރި.