ކ. މާލެ
|
26 އޯގަސްޓް 2018 | އާދީއްތަ 14:41
ޕީޕީއެމްގެ އެ އަމަލަކީ ޖިނާޢީ ކުށެއް ކަމަށް އިބޫ ވިދާޅުވި
ޕީޕީއެމްގެ އެ އަމަލަކީ ޖިނާޢީ ކުށެއް ކަމަށް އިބޫ ވިދާޅުވި
މުހައްމަދު ޝަރުހާން
ނަޝީދާއި އިބޫ
ނަޝީދުގެ ކަރު ބުރިކޮށްލަން ދިން އިންޒާރު ފުލުހުން ތަހުޤީގުކުރަންޖެހޭ: އިބޫ
އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރެއްވި
އެ މައްސަލަ ބެލުމަށް ގޮވާލެއްވި

ރައީސް މުޙައްމަދު ނަޝީދުގެ ކަރު ބުރިކޮށްލާނެ ކަމަށް ބުނެ ޕީޕީއެމްގެ އެކްޓިވިސްޓަކު ދެއްކި ވާހަކަ އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށް އެމައްސަލަ ތަހުޤީގު ކުރުމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުޙައްމަދު ސޯލިހް ގޮވާލައްވައިފިއެވެ.

ރައީސް އަބުދުﷲ ޔާމީނަށް ތާއީދު ހޯދުމަށް ސަރުކާރު ހިންގާ މައި ޕާޓީ, ޕީޕީއެމްގެ އަންހެނުންތަކެއް އިސްވެތިބެ ހުޅުމާލޭގައި ކުރިއަށް ގެންދިޔަ ސިޔާސީ ޙަރަކާތެއްގައި، ވާހަކަ ދެއްކި އަންހެނަކު ވަނީ ރައީސް މުހައްމަދު ނަޝީދު ރާއްޖެ ވަޑައިގެންފިނަމަ ކަރު ބުރިކޮށްލާނެކަމަށް ބުނެ އިންޒާރު ދީފައެވެ.

"މިތިބަ ޒުވާނުންނައި މިތިބަ އަންހެން އަދި ފިރިހެން ކަލުން އެ ބުނަނީ، ނިކަން ދިވެހިރާއްޖެއަށް އަރައިބަލާށޭ.މި ދިވެހި ފަސްގަނޑުގެ ލޭ ދައްކާލާނަމޭ ކުޅި. ނިކަން އާދެބަލަ. ދިވެހިރާއްޖެެއަށް އަރާ ތި އިދިކޮޅު ފާރާތްތައް އިންޑިއާ ކީއްކުރަން. ކޮންމެ ތާކުން އަޔަސް އަންނި އަޔަސް ދެން ކަރު ބުރިކޮށްލާނީ" އެ އަންހެން މީހާ މި ރެލީގައި ވާހަކަ ދައްކަމުން ބުނެއެވެ.

އެ ވާހަކަތަކަށް ރައްދު ދެއްވައި އިބޫ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ "ރައީސް މުހައްމަދު ނަޝީދުގެ ކަރު ބުރިކޮށްލާނެ ކަމަށްބުނެ ޕީޕީއެމްގެ ކެމްޕޭން ހަރަކާތެއްގައި ދެއްކި ވާހަކަ އެންމެ ހަރުކަށިކޮށް ކުށްވެރިކުރަން" ކަމަށެވެ.

އިބޫ ވިދާޅުވީ އެ ކަމަކީ ސިޔާސީ ވާދަވެރިކަން އަނިޔާވެރިކަމަށް ބަދަލުވުން ކަމަށާއި އެ ވާހަތަކަކީ ޖިނާއީ ކުށެއް ކަމަށެވެ. އަދި އެކަން   ފުލުހުން ތަހުގީގުކޮށް ފިޔަވަޅު އަޅަންޖެހޭ ކަމަށެވެ.

"ރައީސް މުޙައްމަދު ނަޝީދުގެ ކަރު ބުރިކޮށްލާނެ ކަމަށް ބުނެ ޕީޕީއެމްގެ ކެމްޕެއިން ހަރަކާތެއްގައި ވާހަކަ ދައްކާފައިވާތީ، ހަރުކަށިކޮށް ކުށްވެރިކުރަން، މިއީ ސިޔާސީ ވާދަވެރިކަން އަނިޔާވެރިކަމަށް ބަދަލުކުރަން، މިއީ ޖިނާޢީ ކުށެއް، މިކަން ތަހުގީގުކޮށް ފުލުހުންގެ މުއައްސަސާއިން ފިޔަވަޅު އަޅަންޖެހޭ: އިބޫ ވިދާޅުވެފައިވެއެވެ.

ޕީޕީއެމްގެ އެއްވުމުގައި އަންހެން މީހާ އެހެން ބުނެފައިވަނީ ރިޔާސީ އިންތިހާބުގެ ނަތީޖާ އޮޅުވާލައިފިނަމަ އިންޑިއާއިން ރާއްޖެ ހިފަން ޖެހޭ ކަމަށް އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ މަތިގޭގެ މެމްބަރު ސުބްރަމާނިއަން ސްވާމީ ކުރެއްވި ޓްވީޓަށް އިޝާރާތްކޮށް ވާހަކަ ދައްކަމުންނެވެ.

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް