ކ. މާލެ
|
26 އޯގަސްޓް 2018 | އާދީއްތަ 14:36
ރައީސް ނަޝީދާއި އިބޫ
ރައީސް ނަޝީދާއި އިބޫ
ރާއްޖެ އެމްވީ
ރިޔާސީ އިންތިޚާބު 2018
އިބޫ އާއި ރައީސް ނަޝީދު ލަންކާގައި ދިރިއުޅޭ ދިވެހިންނާ މާދަމާ ބައްދަލުކުރަނީ
ހޯމަ ދުވަހުގެ ހަވީރު 05:00 އިން ފެށިގެން އެރޭ 08:00 އަށް ބަރްޖާޔާ ހޮޓެލްގައި ބައްދަލު ކުރައްވާނެ
ބައްދަލު ކުރެއްވުމަކީ ހުޅުވާލެވިގެން ބާއްވާ ބައްދަލުކުރެއްވުމެއް

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު ލަންކާގައި ތިބި ދިވެހިންނާއި ބައްދަލުކުރަން ހަމަޖެހިއްޖެއެވެ. 

ކޯލިޝަންގެ ފަރާތުން ސްރީ ލަންކާގައި ހަރަކާތްތެރިވާ ކެމްޕޭން ކޯޑިނޭޓަރ މުހައްމަދު ތޯރިގު ވިދާޅުވީ ހޯމަ ދުވަހުގެ ހަވީރު 05:00 އިން ފެށިގެން އެރޭ 08:00 އަށް ބަރްޖާޔާ ހޮޓެލްގައި އިބޫ އާއި ނަޝީދު، ލަންކާގައި ދިރިއުޅޭ ރައްޔިތުންނާއި ބައްދަލު ކުރަން ހަމަޖެހިފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ އެ ބައްދަލު ކުރެއްވުމަކީ ހުޅުވާލެވިގެން ބާއްވާ ބައްދަލުކުރެއްވުމެއް ކަމަށާއި ކޮންމެ މީހަކަށްވެސް ވަދެވޭނެ ކަމަށެވެ.

އެ ބައްދަލު ކުރުމުގައި ރައީސް ނަޝީދާއި އިބޫ އަދި ގުޅިފައިވާ ޕާޓީތަކުގެ އިސް ފަރާތްތައް ވާހަކަ ދައްކަވާނެއެވެ.         

މިއީ ރިޔާސީ ކެންޑިޑޭޓަކަށް އިބޫ ވެވަޑައިގެންނެވި ފަހުން ރައީސް ނަޝީދާއިއެކީ ރައްޔިތުންނާ ބައްދަލުކުރައްވާ ފުރަތަމަ ފަހަރެވެ. 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް